12 އެޕްރީލް 2025 - 14:59
ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހުގެ އަޑުއެހުންތައް މާދަމާ އަށް ތާވަލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ އަޑުއެހުމަށް ހާޒިރުވާން ފަނޑިޔާރު މަހާޒަށް އަންގާފައިވަނީ ހެނދުނު ނުވައެއް ޖަހާއިރު އެވެ. ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރަނީ އޭގެ ގަޑިއެއްހާއިރު ފަހުން ހެނދުނު 10 ޖަހާއިރަށެވެ.
ޖޭއެސްސީ ގަވައިދުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަތަކާ ގުޅިގެން ތަހުގީގު ރިޕޯޓެއް އެކުލަވާލައި ފަނޑިޔާރުންނަށް ހިއްސާކުރަން ޖެހެ އެވެ.
އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ހަތް ދުވަސް ދިނުމަށް ފަހު، ޖަވާބުދާރީވުމަށް ފަހުގެ އަޑުއެހުމެއް ބާއްވަން ޖެހެ އެވެ.
މިއީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ދެ ބޭފުޅުން ޖަވާބުދާރީވުމަށް ފަހު ބާއްވާ ފަހު އަޑުއެހުމެކެވެ.
އެ ދެ ފަނޑިޔާރުންނަށް ޖޭއެސްސީން ކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އެކަމަކު، ސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދުރުނިހާދު
13 April 2025
އިންސާފު ގަނެއް ވިއްކާ ފަޑިޔާރު ކޯޓް ތަކުން ބޭރު ކުރޭ
އަލްޖިބްރރާ
13 April 2025
އިންސާނާއަށް މަތީމަޤާމްތަކާއި ދަރަޖަތައް ދުނިޔޭގައި ލިބެނީ ހަމައެކަނި އޭނާގެ މޮޅުކަމަކުން އަދި ކިއެއްތަ އޭނާގެ އަތުގައި ހުރި ފައިސާގެ ގިނަކަމަކުން ނޫން. އެ އިންސާނާއަކީ އެހެން މީހުންނަށް މާ ރަނގަޅު މީހެއް ކަމަށް ހެދިގެން އުޅޭތީ އޭނާގެ އަސްލު ހަގީގަތް މީސްތަކުންނަށް ހާމަކޮށްދޭން އޭނާއަށް އެ މަޤާމް ދެއްވަނީ. އަހަރެމެންގެ ޕްލޭންތަކަށްވުރެ ހެއްދެވި ފަރާތުގެ ޕްލޭންތައް މާމޮޅުވެފައި މަތިވެރިވާނެ. ވިސްނާބަޔަކަށް އެނގިގެންދާނެ
އަލްޖިބްރރާ
13 April 2025
މައުމޫނު ދައުރުގައި އަހަރެމެންނަށް ފާހަގަވީ ކޮންމެވެސް މިންވަރަކަށް ޑިކްޓޭޓަރގެ އުސޫލުތައް. އޭގެފަހުން އައި ވެރިކަންތަކުން ފެނުނީ ކައިރީގައި އުޅޭ ބައެއް މީހުން ކަމުން ދިޔަތަން. މިހާރު ފެންނަނީ ހުރިހާކަމެއް އެއްކޮށް އޭރަށްވުރެވެސް މާ ނުބައިކޮށް. ދޮގު ހެދުމުގައިވެސް ހައްދެއް ނެތް.
ތެފައާސާ.
13 April 2025
ރައީސް މުއިއްޒުގެ މެންބަރުގެ ގޮތުގައި ޖޭއެސްސީއަށް މިފަހަކުން އައްޔަންކުރެއްވި އެކައުންޓެންޓު ޗެއާރކުރައްވާ ކުޑަ ކޮމިޓީއަކުން ބަލާ މި މައްސަލާގައި ފަނޑިޔާރުން ކުށްވެރިނުވާނޭގޮތަކަށް މައްސަލަ ނިންމައިފިނަމަ އެކައުންޓެންޓު އަނެއްކާވެސް ވަޒީފާއެއްގެ އިންތިޒާރުގައި އަނެއް ދޮޅު އަހަރު ހުންނަންޖެހުމުގެ ބިރު އެބައޮތެވެ. އ ހ
އަދާލަތު
12 April 2025
މި ޤައުމަށް ބޭނުނވަނީ ހަމައެކަނި ޢިއްޒަތްތެރި އެހެން އެއްވެސް މަޤާމަކަށް ބޭފުޅުން ބޭނުމެއްނުވޭ. ޚަރަދުވެސް ބޮޑުތަނުން ކުޑަވާނެކަމަށްފެނޭ.
ކުޑަ ވަކީލު
12 April 2025
މިއީ އަވަހަށް ކޮންމެވެސް އެއް ކޮޅެއްގައި ޖެހެންޖެހޭ ކަމެއް. ގައުމުގެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު މިގޮތަށް ހުއްޓިފައި އޮތުމަކީ ގައުމެއްގެ ދުސްތޫރީ ހަޔާތުގައި ވަރަށް ދެރަކަމެއް. ކުށެއްކުރިއްޔާ ފިޔަވަޅު އަޅައިގެން ނޫނީ ސާބިތުނުވާކަމަށްވިޔަސް އަވަހަށް ކަނޑައެޅި ނިމިގެން ދިޔުމަކީ ކުރިމަގަށް ބޭނުންތެރި ގޮތަކީ.
ކާފަގެބަފާ
12 April 2025
ދެ ފަނޑިޔާރުންނަށް ފުރިހަމަ ކާމިޔާބަށް އެދެން. ސުޕްރީމް ކޯޓު ކޯޓަކަށް ހެދުމުގައި މި ދެ ފަނޑިޔާރުންގެ ދައުރު ބޮޑު. މި ދެ ފަނޑިޔާރުން ލާރިނަގައޭ ނުކިޔާ. އަހުލާގު ގޯހޭ ބަޔަކު ނުކިޔާ. މައްސަލައަކަށް ނުފޫޒު ފޯރުވަން ސަރުކާރުން ތެޅުވި ތެޅުވުމެއް މީ
ހެޔޮނިޔަތް
13 April 2025
ޗެކެއްގެ 2 އަކުރު އިސްފަސްވުމުން މުޅި ދަޢުވާ ސޮއްސާލި ވާހަކަ އަޑުއެހިންތަ