ހުޅުމާލެ ހޮސްޕިޓަލްގެ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
15 އެޕްރީލް 2025 - 20:57
ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭ އިން ދިޔަ ސައިކަލެއް އެކްސިޑެންޓުވެގެން ކުޑަ ކުއްޖަކާއި މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓް ލިބުނީ ހަވީރު 5:53 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި މީހާ އާއި އޭގައި އިން ހަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އޭގެ ތެރެއިން ކުޑަ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާ ދެނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
އެކަމަކު އެކްސިޑެންޓުގައި އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހުމަދުއަލޯ
16 April 2025
ލޭނު ބަދަލުކުރަން ނޭގޭ 4 ފޮރުޅުލީ ދުއްވާއެއްޗެހި ދުއްވާ މީހުނަށް. ލައިސެންސް ޓެސްޓު އެއީ ނަމަކަށް ހަދާ އެެއްޗެއް. އަމަލީ ގޮތުން އާންމުކޮށް ކުރަންޖެހޭ އެއްވެސް ކަމެއް ނުބެލޭ މިހާރު ޓެސްކުރާގޮތުން. އޯވަރޓޭކް ކުރުން، އެމެޖެންސީ ބްރޭކިން، ލޭން ޗޭންޖު، ރަންޑުއެބައުޓު މިއީ ލައިސެންސް ޓެސްޓްގަ އަމަލީ ގޮތުން ކުރުވަން ޖެހޭ ކަންކަން. މާލެ މަގުމައްޗާއި ހައިވޭގައި ދުއްވުން ހާސް ތަފާތު.
އަލީބެ
16 April 2025
ސީޕްލޭން ޓާރމިނަލުން ނުކުންނަ ވެހިކަލް ހައިވޭގެ 4 ފުރޮޅު ޒޯނަށް ހުރިސީދަލަށް ވަންނަން ދިމާކުރުމަކީ އަބަދުވެސް ނުރައްކާވާކަމެއް. ވާތްފަރާތު އަރިމަތީ ލޭނުން ކުރިޔަށްގޮސް ސްޕީޑް އެއްވަރުކޮށް ފުރުސަތު ލިބިގެން ދެލޭން ހިސާބުން ކުރިޔަށްދާން ފުލުހުން ނަސޭހަތްތެރިވާތަނެއް ނުފެނޭ. ގައިމުތީ ބާރަށް ދުއްވާނެ މީހެއްނޫން. އެކަމަކު ހައިވޭއަށް ވަންނަގޮތަށް ކަނާތްަފަރާތު ލޭނަށް ދާންއުޅެއްޖެނަމަ އެއީ ހަމައެކްސިޑެންޓެއް. ފުލުހުން ހޭލާ.
މެންގްރޫވް
16 April 2025
އަލީބެއަށް ދަންނަވާލަން އޮތީ މަޑުމަޑުން އަރިމަތިން ދާން ފުލުހުން ނުބުނިއްޔާ ނޭގޭނެތަ. އެތާވެސް ފުލުހަކު ބަހައްޓަންވީ. އެހެންވިއްޔާ މަގުތައްމަތީގަ 10 ފޫޓުން 10 ފޫޓުން ފުލުހަކު ބަހައްޓަން ޖެހޭނީ، ރައްޔިތުންނަށް ބުނެދީ ފިރުމަން
ޚެކެ
16 April 2025
ކޮންބައެއްގެ ވޭން އެއް. ޓީއެމްއޭވޭންތަ. ނޫނީ ބޮޑު ކޮންޓްރެކްޓްރެއްގެ އެއްޗެއްތަ. މިވަރު ފޮރުވިފަ މިއޮތީ ކޮންމެސް ބޮޑުންހެ ބައެއްގެ އިހުމާލެއް އޮތީމަބާ
ކޮރަލް
16 April 2025
އެކްސިޑެންޓް ވީމަ ބަލި މީހާ މިގެންދަނީ ޕޮލިސް ކާރުގަ އެވެ. ނޫނީ ޖިޕް ގައެވެ. އެކްސިޑެންޓް ވި އިރު ހުރެވުނީ އެތާގަ އެވެ . މިއަދުވެސް ވީ އެހެންނެވެ .ހަދިޔާ ކުރި އެމްބިއުލެންސް ތައް މަސްވެރީންގެ ޕާކް ކައިރީ ޕާކް ކޮށްފަ އެވެ . ބްރިޖް ހައިވޭގެ މެދުގަ އޮންނަ ހުސް ތަނުގަ އަދި ވެސް އެމްބިއުލެންސް އެއް ބާއްވާ ކަށް ނުވޭ ހެއްޔެވެ؟ ނުރައްކާ އެކްސިޑެންޓް އެއް ލިބޭނީ ވ މަދު މިނިޓް ކޮޅެކެވެ .
22222
15 April 2025
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ވާހިދުބެ
16 April 2025
އަނެއްކާވެސް ބުނާނީ ބާރަށްދުއްވީޔޭ. މަގުތައް ތަރުތީބުކުރުމުން އެކްސިޑެންޓް މަދުވާކަން ހުޅުމާލެއިން މިހާރުވެސް އެހެރީ ފެންނަން. ޓްރެފިކް ފުލުހުންގެ ނާގާބިލުކަން.