އިނގިރޭސި ވިލާތުގައި އަންހެނުންނަކީ ކޮބައިކަން ކަނޑައެޅުމުގައި އޮތް މައްސަލަ ބޮޑުވެ އެކަމުގައި އަޑު އުފުލާ ޖަމާއަތަކުން "އަންހެނުންނަކީ ކޮބައިކަން އެނގޭ" ކަމަސް ބުނާ ލިޔުންތަކެއް ހިފައިގެން.
16 އެޕްރީލް 2025 - 15:27
އަންހެނުންނަކީ ކޮބައިކަން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ ޖިންސީ ހަމަހަމަކަމާ ބެހޭ ގާނޫނުގެ ދަށުން އަންހެނުންނަކީ ކޮބައިކަން ކަނޑައެޅުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ސްކޮޓްލޭންޑުގައި ނިންމާފައި އޮތީ ޖިންސު ބަދަލުކޮށް، "އަންހެނުންނަށް ބަދަލުވާ" މީހުންނާއި ޓްރާންސް ޖެންޑާ މީހުންގެ ތެރެއިން ގާނޫނުގައި ބުނާ އިޖުރައާތުތައް ފުރިހަމަކޮށް، އަންހެނެއް ކަމަށް ނިންމާ މީހުންނަކީ ވެސް އަންހެނުން ކަމަށް އެ ގާނޫނުގެ ދަށުން ބެލެވޭނެ ކަމަށެވެ.
އެކަމާ ދެކޮޅަށް އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސްކޮޓްލޭންޑްގެ އެކްޓިވިސްޓުންތަކެކެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އަންހެނުން ކަމަށް ބެލެވޭނީ އުފަންވާއިރު ވެސް އަންހެނުންގެ ގޮތުގައި ތިބި މީހުން ކަމަށެވެ.
އެެހެންވެ، ޖިންސު ބަދަލުކޮށް އަންހެނުންނަށް ބަދަލުވާ މީހުންނަކީ އަންހެނުން ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
އަންހެނުންނަކީ ކޮބައިކަން ކަނޑައެޅުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ސްކޮޓްލޭންޑްގައި އެކި މަގާމުތަކަށް އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅަން ޖެހޭ ގޮތަށް 2018 ވަނަ އަހަރު ގާނޫނެއް ފާސް ކުރުމުންނެވެ. އަދި އެ ގާނޫނުގެ ދަށުން، ޖިންސު ބަދަލުކުރާ މީހުންނަކީ ވެސް އަންހެނުން ކަމަށް މިހާތަނަށް ބަލަމުން އަންނާތީ، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ސްކޮޓްލޭންޑްގެ ބައެއް ޖަމާއަތްތަކުން އެކަމާ ދެކޮޅަށް ދިޔައީ އަޑު އުފުލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންޔޫނޮޓް
16 April 2025
ޖިންސު ބަދަލުކޮށް އަންހެނުންނަކަށް ބަދަލެއް ނުވެވޭނެ. އާނ. ފިރިހެން ގުނަވަން ބުރިކުރެވިދާނެ. ޕުލާސްޓިކު އުރަމައްޗެއްވެސް ލެވިދާނެ. އޭރުންވެސް ހަމަ އެއީ ފިރިހެނުން. ކަލޭމެން ޚަބަރު ލިޔާއިރު ތަންކޮޅެއް ވިސްނުން ތޫނުވެބަލަ ހުޅަނގުގެ މީދާތައް ކިޔާހާ ލަވައެއް ނުކިޔާ!
ޖޭމްސް ކުކީ
16 April 2025
މޮޔަ ގޮލައިންތަކެއް. ހުވާ މިބުނީ. އަޅެ، ދަރިން ވިހެއުމުގެ ގާބިލުކަން ލިބިފައިވާ އެންމެނަކީ އަންހެނުންކަމަށް ކަނޑައެޅީމަ ނިމުނީ. ސިމްޕްލް އޭޒްދެޓް.
ޚުމެން
16 April 2025
ދެން ދަރިން ނުލިބޭ އަންހެނުންނޯ؟
ދެރަ
18 April 2025
ޢުފަންވިއިރު އަންހެނެއްގެ ގޮތުގައި އުފަންވި ކޮންމެ މީހެއް