ތައިލެންޑުގެ ސްޓޮކް އެކްސްޗޭންޖެއްގައި ހިއްސާގެ އަގުތައް ފެންނަ ބޯޑެއް: އެމެރިކާގެ ޓެރިފާ ހެދި ސިންގަޕޫރުގެ އިގްތިސާދަށް ވެސް ގެއްލުން ބޮޑުވާނެ ކަމުގެ އިންޒާރު ވަނީ ދީފައި. -- ފޮޓޯ: އޭއެފްޕީ
17 އެޕްރީލް 2025 - 06:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސިންގަޕޫރަށް މި އަހަރު ރިސެޝަނަކާ ކުރިމަތިނުވެ ސަލާމަތްވެވިދާނެ ކަމަށް ބުނެވެން ނެތް ކަމަށް ސިންގަޕޫރުގެ ޓްރޭޑް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަކީ ބައިނަލްއަގުވާމީ ވިޔަފާރި އާއި ދުނިޔޭގެ ޑިމާންޑުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދަކަށް ވާއިރު އެމެރިކާއިން އެކި ގައުމުތަކުގެ މުދަލުން ބޮޑެތި ޓެރިފްތަކެއް ނަގަން ނިންމުމުން މި ކަންކަމަށް ބުރޫއެރުމުގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފަ އެވެ.
ޓްރަމްޕު ވަނީ އެންމެ ބޮޑެތި ޓެރިފްތައް ނަގަން ފެށުން 90 ދުވަހަށް ފަސްކުރައްވައިފަ އެވެ. އެކަމަކު ވިދާޅުވެފައިވަނީ ޓެރިފުން އެއްވެސް ގައުމެއް އިސްތިސްނާ ނުވާނެ ކަމަށެވެ.
"މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކަށް ބަލާއިރު މި އަހަރު ރިސެޝަނަކަށް ނުދާނެ ކަމަށް ބުނެވޭކަށް ނެތް،" ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޓްރޭޑް މިނިސްޓަރު ގަން ކިމް ޔޮންގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ޓްރޭޑް މިނިސްޓްރީން ވަނީ ސިންގަޕޫރުގެ އިގްތިސާދީ ކުރިއެރުން މި އަހަރު 1.0-3.0 ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާކުރުމަށް ފަހު ސުމަކާއި 2.0 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްކޮށްފަ އެވެ.
ގަން ވިދާޅުވީ އެމެރިކާގެ ޓެރިފްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުތަނަވަސްކަމާއި ނުރަނގަޅު ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ޝޮކްތަކާއި ގޮންޖެހުންތަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ޓްރަމްޕް ސިންގަޕޫރަށް ކަނޑައެޅުއްވީ ބޭސްލައިން 10 ޕަސެންޓުގެ ޓެރިފް ނަމަވެސް، އެހެން ގައުމުތަކަށް މިއަށް ވުރެ ބޮޑުކޮށް ޓެކްސް ކަނޑައަޅާފައި ވާތީ އިގްތިސާދީ ހީނަރުކަމުގެ ނުރައްކާ ސިންގަޕޫރަށް ވެސް އެބަ އޮތެވެ.
ގަން ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އަހަރަކު 600 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުމުންނޭ
17 April 2025
ސިންގަޕޯރގެ އިގްތިސާދު އެމެރިކާ ނޯވޮރީސް އެމެރިކާ ހާސް ވާން ޖެހޭނީ އެމެރިކާ އަތުން ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމް ގެއްލި އެމަގާމް ކުރިއަށް އޮތް 30 އަހަރު ތެރޭ 3 ވަނަ އަށް ސޮއްސިގެން ގޮސް އޭޝިޔާގެ 2 ގައުމެއް އެއީ ދުނިޔޭގެ އެއްވަނަ އަދި ދެވަނަ އިގްތިސާދަށް ވާނެވުމޭ އެމެރިކާގެ އިގްތިސާދު އާރޯވާނީ އެމެރިކާ އަށް އެހެން ގައުމު ތަކުން އެތެރެކުރާ ތަކެތީގެ ޓެރިފް ބޮޑުކޮށް އެމެރިކާގެ އުފެއްދުންތެރިކަން އިތުރުކޮށް އަދި މައިގްރޭޝަން ޕޮލިސީ ހަރުކަށި
raajje
17 April 2025
ހާދައަވަހަށްބިރުންތެޅެންފެށީ، ތިފާހަގަކުރާވަރުގެ ދަތިކަމަކާގައުމުތަކުން ކުރިމަތިލާކަށްނުޖެހޭނެ، ޓުރަންޕުއެކުރާމޮޔަކަންކަމުގެ ސަބަބުން ވާނެހަމައެކަނިގޮތަކީ އެމެރިކާބާކީވެ ޗައިނާމިހާރަށްވުރެންވެސް ކުރިއަރައިގެންދިއުމާ އެމެރިކާޑޮލަރުގެ ބާރުކެނޑި ޗައިނާފައިސާއަށް އެމެރިކާޑޮލަރަށްއޮތް ޑިމާންޑުލިބުން، ބަލަންތިބެމާ
ކޮރަލް
17 April 2025
ރާއްޖެ އިން ކުރާ ކަމެއް ކޮބާ!!! އެންމެ ގިނައިން ރާއްޖެ އިން ފައިސާ ބޭރު ކުރާ ބިދޭސީ ވިޔަފާރި ތަކާ ހަށި ވިއްކާ ތަންތަން ބަންދެއް ނުކުރެ ވެ އެވެ. ދަނޑުވެރިކަމާ މަސްވެރިކަމަށް އައި ބަދަލެއް ނެތެވެ. މާލޭގަ ހިންގާ 90 ޕަސެންޓޤ ވިޔަފާރި ތަކުގަ ދިވެއްސަކު ފެންނާ ކަށް ނެތެވެ. ސިޔާސީ މަގާމް އިތުރު ވަނީ އެވެ. ހަރަދު ކުޑަ އެއް ނުވެ އެވެ.
އެމެންދޯ
17 April 2025
ޓްރަމްޕްގެ ޓެރިފް ޕޮލިސީ އަކީ އެމެރިކާގެ މަސްލަހަތު ދިފާއު ކުރުން ޓްރަމްޕްގެ ޓެރިފް ސްޓްރަކްޗަރ ގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހެޔޮވާނީ ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ ޕްރޮޑަކްޓްސް ގެ ޓެރިފް %150 ބޮޑުކުރުން އެއީ ރަނގަޅު ކަމެކޭ އޭގެ ސަބަބުން ދެން ޗައިނާ ޕްރޮޑަކްޓްސް ޑައިވާރޓް ކުރަން ޖެހޭނީ އޭޝިއާ އަދި އެފްރިކާ ބައްރަށް އެހެންވެއްޖެނަމަ ތަކެތީގެ އަގުހެޔޮވާނެއޭ ދުނިޔެ ރިސެޝަން އަކަށް ނުދާނެއޭ އެއީ މީޑިއާއިން ފަތުރާ ޕްރޮޕެގެންޑާ
ހޯދާށޭ
17 April 2025
އެމެރިކާ އުފެއްދުންތެރި ގައުމެއް އިންތިހާ އަށް އަމިއްލަ ކުންފުނި ތަކުން ކޯޕަރޭޓް ޓެކްސް ބޮޑުކޮށް ނަގާ ގައުމެއް އެކަމުގެ ސަބަބުން އެމެރިކާގެ ކުންފުނި ތައް އެމެރިކާ އިން ބޭރުގައި ކުންފުނި ތައް ހަދައިގެން ވިޔާފާރި ކުރުން އެއީ އެމެރިކާގެ ވިޔާފާރި ފުނޑާލުމޭ ބަދަލުގައި އެމެރިކާއިން ނަގާ ކޯޕަރޭޓް ޓެކްސް ކުޑަކޮށް އެމެރިކާ ކުންފުނިތައް އަނބުރާ އެމެރިކާ އަށް ގެންދިއުމަށް ޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ ޓެރިފް ބޮޑުކުރުން ސިންގަޕޯރ ވެސް އެހެންގޮތެެއް