17 އެޕްރީލް 2025 - 11:58
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ 34 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ އަހުމަދު ރަޝްވާން އިސްމާއިލް ރަޝީދު ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އާއި ކުޑަކުއްޖެއް މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.
އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާގެ ކުށް ސާބިތުވެ، ރަޝްވާންގެ މައްޗަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަނެއް ދައުވާއާ ގުޅިގެން އިއްވީ 14 އަހަރުގެ ޖަލު ހުކުމެކެވެ.
މި މައްސަލައަކީ ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށް ވާތީ، ހުކުމްގެ ތަފްސީލު ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy