17 އެޕްރީލް 2025 - 13:30
ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ބިދޭސީ ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ 40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ކަމަށެވެ.
އެ މަގާމުތަކަށް ހޯދަން ފުރަތަމަ އިއުލާންކުރީ ދިވެހިންނެވެ. އެކަމަކު، އެކަށީގެންވާ ވަރަށް ދިވެހިން ނުލިބިގެން ބިދޭސީން ހޯދަން އިއުލާންކުރީ އެވެ.
ސްޕެޝަލިސްޓުން ހޯދަނީ މައިގަނޑު ހަތް ދާއިރާއަކުންނެވެ. އެއިން ކޮންމެ ސްޕެޝަލިޓީއަކުން ފަސް ޑޮކްޓަރުން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ؛
- އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
- ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
- ހޭނައްތުމަށް ހާއްސަ ޑޮކްޓަރުން.
- ކަށީގެ އޮޕަރޭޝަން ޑޮކްޓަރުން.
- އާއްމު ސާޖަރީތަކަށް ހާއްސަ ޑޮކްޓަރުން.
- ރޭޑިއޮލޮޖިސްޓުން.
ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި 30،990ރ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 425ރ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 7،000ރ، އަދި ފުޑް އެލަވަންސްގެ ގޮތުގައި 2،400ރ. އާއެކު މަދުވެގެން 51،440ރ. ލިބެ އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ސްޕެޝަލައިޒޭޝަނަށް ފަހު މަދުވެގެން އެއް އަހަރު މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އުމުރުން 50 އަހަރުން ދަށް ނަމަ އިސްކަންދިނުމަކީ ޝަރުތެކެވެ.
ނަރުހުންގެ މުސާރަ އަށް 9،060ރ. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120ރ. އެކޮމޮޑޭޝަން އެލަވަންސަށް 3،000ރ. އަދި ފުޑް އެލަވަންސް އަށް 1،800ރ. އާ އެކު މަދުވެގެން 16،980ރ. ލިބޭނެ އެވެ.
އެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 150 ނުވަތަ އެ އަށް ވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގައި މިޑްވައިފް ނުވަތަ ސައިކޭޓްރީގެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ. އަދި އުމުރުން 35 އަހަރުން ދަށް ނަމަ އިސްކަންދޭނެ ކަމަށް ވެސް ބުންޏެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކި އަންނަ ބުރާސްފަތި ދުވަހެވެ.
ހެލްތު މިނިސްޓްރީން ބުނީ އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް ފަހު ރިޒާވްގައި ބައެއް ޑޮކްޓަރުން ބައިތިއްބާނެ ކަމަށެވެ. އޭރުން، އެހެން ތަނަކަށް ބޭނުންވުމުން ވަގުތުން ޑޮކްޓަރުންނާއި ނަރުހުން ފޮނުވާލެވޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭތަ1
17 April 2025
އިންޑިއާ ގަ ޑަކްޓަރުންނާއި ނަރުހުންގެ މުސާރަ ހޯދަ ބަލާލަބަލަ. އިންޑިއާގަ ލިބޭނެ ވަރަށްވުރެ ދެ ގުނަ އާ ގާތްކުރާވަރަށް އެހެރީ
ކޮބާ
17 April 2025
ކޮބާ ހިމަތޮލޮޖިސްޓް
ބަލާންމިތި
17 April 2025
ފިލިޕީންސުން މީހުން ގެންނަން ހެދި ޑީލް ތީ. މިކޮމެން ހިޔެއްނުވޭ އަރާނެހެން. ކުރިން ޖެހީމަވެސްނޭރި
ރާއްޖެ
17 April 2025
މުސާރަތައް މިއީ ޖޯކެއް. އެއްވެސް ކަމެއް ނުކޮށް މިއުޅޭ ކުންފުނި ތަކުން ވެސް ތި ވަރު މުސާރަ ދޭ.
އަބްޑޫޅް +
17 April 2025
ކަލޭމެން ކޮންކަހަލަ ދަހަކުތަރުންނެއް ތަ ހޯދަން ތިޔަ އުޅެނީ؟ އިނގިރޭސިބަހުން ވާހަކަދައްކާ، ހުޅަނގު ގެ ރަށްރަށުގަ، ތިޔަ ބުނާ ޖުމްލަ އަދަދަކީ، ކާތިބުންނަށް ލިބޭވަރަށްވުރެންވެސް މަދު އަދަދެއް. ކަލޭމެން ހޯދަން ތިޔަ އުޅެނީ، "ބަކުރު" ނަމަކަށް ކިޔާ ބަންގާޅު ދަހަކުތަރުންތަ؟
ކޮރަލް
17 April 2025
ދިވެހީން ނުލިބެނީ ކީ ނޫނެވެ. ނޫހުގަ ޖަހާފަ ދެން އިއުލާން ކޮށްލަ ބަލާށެވެ. ގިނަ ބަޔަކަށް ނޭނގެނީ އެވެ. ބިދޭސީ ޑޮކްޓަރުންނާ ނަރުހުން ނަށް ވަޒީފާ ދިނުމުގެ ކުރީން އެމީހުން އަތުން ނަގާ ފައިސާ ގެ އަދަދު އެނގިއްޖެނަމަ ފިތް ކަނޑައިގެން ދާނެ އެވެ. 40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން އެތެރެ ކޮށްލާއިރު ގެ އެއްގަނެ ހަދާ ހާ ފައިސާ ލިބޭނެ އެވެ. ނިކަން އިންޓަރ ވިއު ކޮށްލަ ބަލާށެވެ.
އދ ހދ
17 April 2025
ގެއްލިގެން ، ހޯދާ ނުފެނިގެން އުޅޭބެއްތަ ހޯދަނީ؟
އިބްރޭސް
17 April 2025
އެކޮމެޑޭޝަނާއި ފުޑް އެލަވަނަސް ނުލައި -/42،000 ރުފިޔާ ވީމާ ތިއީ ސްޕެޝަލިސްޓުންނަށް ވަރަށް ކުޑަ އަދަދެކެވެ. ލޯޔަރުންނާއި، ޗާޓަޑް އެކައުންޓަންޓުން ތެރޭވެސް ތިޔާ ކައިރިކުރާ ވަރުގެ އަދި ތިޔަށްވުރެ ގިނައިން މުސާރަ ލިބޭ މީހުން އުޅެއެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުން ލިބޭނީ ރަނގަޅު މުސާރަ ދީގެންނެވެ.
ޑރ ވާންޗޯ
17 April 2025
ތިޔަށްވުރެ މުސާރަރަނގަޅު ވެމްކޯގަވެސް، 10000 ރުފިޔާ.
ޑރ ވާންޗޯ
17 April 2025
ނަރުހުން ހޯދަން މުސާރަ 9000 ރުފިޔާ، އެލަވަންސާ ދެންވެސް ލިބޭނެހެން ހީވާހާއެެއްޗެއް އެއްކުރީމަވެސް 16000 ރުފިޔާ. ތީ ކަނޑައެޅިގެން އިންޑިޔާގަ ވަޒީފާނެތިފަތިބި ނަރުހުންނަށް ޓާގެޓްކޮށްފައޮތްކަމެއް.