މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން.
18 އެޕްރީލް 2025 - 12:21
ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އެއްމާބަނޑު ދެބެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ހުޅުމާލެ 1 ގެ އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އެއްމާބަނޑުދެބެއިން ކަމަށްވާ، މ. އަލިހަވާ، ރާއިފު ޔޫސުފާއި ރާއިގު ޔޫސުފެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރުމަށް ފަހު އެވެ.
އެތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެެވެ. އޭގެ ތެރޭގައި ފްލޭވާ ފުޅިތަކާއި ވީޑް ގްރައިންޑަރާއި ވޭޕްތަކާއި ކަޓަރާއި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތައް ފެނުނު ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަަވަރުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލޯ
20 April 2025
މަސްތުވާ ތަކެތި ވިއްކާމީނުނައް މަރުގެ އަދަބުދީ ތަންފީޒު ކޮއްބަލަ. މުއިޒައް މިކަން ވާނީ.
raajje
20 April 2025
ސަރުކާރުތަކުންމަސައްކަތްމިކުރަނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވަންތޯ ނުވަތަ އެތަކެތިބޭނުންކުރާމީހުން ގިނަކޮށް ފަތުރަންތޯ؟ މިސުވާލުއުފެދޭސަބަބަކީ މަސްތުވާތަކެތި ބޭނުންކުރާމީހުން ހައްތާވެސްމިދަނީ އިތުރުވަމުން، ބައެއްގޭގޭގައި މައިންބަފައިންނާ ދަރިން އެއްމޭޒެއްދޮށުގައި ތިބެ ސައިބޯއުސޫލުން ތިޔަކިޔާތަކެތިމިހާރު ގެންގުޅޭ! މިތަކެތި ކޮންޓުރޯލުކުރަންއުޅެމޭބުނާއިރު މީންލިބޭގެއްލުމެއް ބޭނުންނުކުރަންވީ ކީއްވެކަމެއް ބުނެދޭތަން އެއްގޮތަކަށްވެސްނުފެނޭ
ފަންކީނު
19 April 2025
ދެ ލޯވެސް ރަނގަޅަށް ނުހުޅުވޭނު
ސަރަންފީ
19 April 2025
މަޖްލިހަށް އަދި ސުޓޭޓް މިނިސްޓަރުކަމަށް ކުފޫ ހަމަވީމަ ދެ ކުދިން އަށް ވެސް މަރުހަބާ.
ކުލާސްމޭޓު
19 April 2025
ސުކޫލު ދައުރަގައި ވެސް ވަރަ ގައަޑާވެލާފަ އުޅުން ދެބެއިން މީ. ބައެއްމީހުން ކިތަންމެ ބޮޑިވިޔަސް އުޅުން އިސްލާހުނުކުރޭ.
ފެންތަށި
18 April 2025
ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ މަގާމެއް ލިބޭނެ މުސްތަގުބަލުގަ. މެންބަރުކަންވެސް ލިބިދާނެ. ހާސް ނުވޭ.
އަފްރާސިޔާބު
18 April 2025
ތިޔަކީ މާބޮޑު ކަމެއްނޫން. އިތުރަށް މަޝްހޫރުވީ. ނޫސްތަކުގެ ހެޑްލައިނަށް އަރާކަމެއްތީ. ދެ ބޭން ބަސް އަހައިގެން ބުނައްޗޭ އެތަނަށް އެހެން މީހުންވެސް ވަދެ ނުކުމެ އުޅޭތީ ތިޔަކަމަކީ ކޮންމެސް މީހަކު ދެ ބޭން ފްރޭމް ކުރަން ކުރިކަމެކޭ. އަދި ބުނާތި އެދެބޭންނަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ބެއްލުވުމާއި ދުރުވިސްނުންފުޅުގެ ދަށުން ވޭޕް ބުއިންވެސް މަނާވެގެންތިބި ބައެކޭ ތިޔަކަމަކީ އެމީހުން އުޅޭތަނުން ފެނުނަސް އެމީހުންނަށް ހުރިކަން އެގިފައިނުވާ ތަކެއްޗޭ.
ރަދީފްއޮފިޝަލް / ސ.ހިތަދޫ ސީދި ބިޑާ
18 April 2025
މިއީ ވަރަށް ތަނަވަސް އާއިލާއެއްގެ 2 ބޭކަލުން.މިޒަމާނުގަ ކަނބަލުންނަށް ވެސް ރީތިވަނީ މިކަހަލަ ފިރިހެނުން.ދެރަ ދޯ.ވ.ވެދުން
ކިމް
18 April 2025
ރީއްޗެއްނޫން
ސޭކް
19 April 2025
ރީތިވެގެން ނޫން. ގިނަ ފަހަރު އަންހެން ކުދިންގެ ހުންނަނީ "އައި ކޭން ފިކްސް ހިމް" މައިންޑްސެޓް ހަހަހަހަ
ސުމަން މިޔާ.
18 April 2025
މާރާ މާރީ، ވައްކަން، މަސްތުވާ ތަކެތީގެ ވަބާ، އެކުސިޑެންޓު މި ދެންނެވީ އެއްކަމެއް ވެސް ހުއްޓުވާކަށް ނޫޅޭ؟ ގުރޫޕު ނެރެގެން ފޮނުވާލި ބަންގާޅީންނަށް ވުރެ އެތެރެވި ބަންގާޅީން ޑަބަލް ޕުލަސް .. ވާއެއް ނުވާއެއް ނޭގޭ
ގެދާނޯމޮސް
18 April 2025
މީދެން ދިވެހިރައްޔިތުންގެ ހާލަތާމެދު ފިކުރެއްނުކުރާ ބަޔަކު ޒާތީވިޔަސް ދެރަކަމެކެވެ! ގާނޫނުން ހަމަހަމަ އުސޫލު ނުގެންގުޅެވޭ ގައުމެއްގައި ދެރަނިކަމެތި ރައްޔިތުން މިހެން ފަޟީހަތް ކުރުން ދޫކޮށް ލަން ޖެހެއެވެ.