20 އެޕްރީލް 2025 - 11:11
މި އަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ފަށައިފި އެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 8،364 ދަރިވަރުން މި އަހަރުގެ އިމްތިހާނުގައި ބައިވެރިވެ އެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާނީ އިސްލާމް މާއްދާގެ އިމްތިހާނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރުގައި ކުރިއަށް ދާނެ އެވެ.
މިއަދު އިމްތިހާނު ފަށާފައިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑު 10 ގައި ކިޔެވި ދަރިވަރުންނަށެވެ.
މި މަހުގެ 7 ގައި ފެށި ދިރާސީ އާ އަހަރާ އެކު މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގަ އެވެ. އަދި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ.
މިނިސްޓްރީން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ ނޮވެމްބަރުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
20 April 2025
ރައީސް ހަނު
ބެލެނިވެރިން
20 April 2025
މަރްޙަބާ ހުރިހާ ކުދިން ގުޑްލަކް
މޮހޮދޭ ކޯޗް ޒަން ކޯޗް
20 April 2025
އޯލެވެލް އައް ހިރިޔާ ސްކޫލް ބިޡިވީމް ސްޓާޓް އެކެޑެމީ ނުރުހުން ވެފަ ތިބެނީ
ކޮރަލް
20 April 2025
ކިޔަވާ ނިންމާ ކުދީންނަށް ފުރުސަތު ހޯދަ ދެއްވާށެވެ. ރާއްޖޭގައި ހުރި 8 ހާހަށް ވުރެ ގިނަ ވިޔަފާރި ތަކުގަ ހުސްބިދޭސީންނެވެ. ހޮޓަލަކުން ކެފޭ އަކުން ރެސްޓޮރަންޓް އަކުން ދިވެއްސަކަށް ވަޒީފާ ބިދޭސީން ނުދެއެވެ. ބިދޭސީ މީހާ ދިވެއްސެއްގެ ނަމުގަ ވިަޔފާރި ކުރާތީ ދެނީ 5 ވަރަކަށް ހާސް ރުފިޔާ އެވެ. ދެން ހުރިހާ ފައިސާ އެއް ބޭރަށެވެ.
ހުވޭ
20 April 2025
ހުރިހާ ދަރިވަރުންނަށް ކާމިޔާބު މިންވަރުކޮށްދެއްވާށި!
އަބްޑޫޅް +
20 April 2025
މުޅިދުނިޔޭން އެއްވަނަޔަށް ގޮސްގެން، ކިޔެވުމުގެ ރޮނގުން، އޮލިންޕިކު ފެންވަރުގެ ރަން މެޑެލި ލިބޭނެ ކުދިން މިފެންނަނީ.
ރަދީފްއޮފިޝަލް / އިރާދަފުޅުން ފާސްވާނެ
20 April 2025
އަހަރެންގެ ދަރިފުޅު ހިމެނޭހެން ހުރިހާ ކުދިންނަށް ވެސް ކާމިޔާބީއަށް އެދެން.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
20 April 2025
8000 ކުދިން އޯ.ލެވެލް ހަދާއިރު އޭގެ ތެރެއިން %30 ކުދިން 3 މާއްދާ އިން ފާސް ނުވޭ! މިހެން މި ދިމާވަނީ ކީއްވެގެން ތޯ ބަލާ، ކުދިން ގިނަ މާއްދާ ތަކުން ފާސް ވާނީ ކޮންކަހަލަ ޙައްލެއް ގެނެސްގެން ކަން ހޯދާ ބަލަން ކޮންމެހެން އެބަ ޖެހޭ!
ރިބަން
20 April 2025
ބޭކާރު މާއްދާތަކަށް ކުދިންގެ ވަގުތު ބޭކާރުކުރަން މަޖްބޫރު ކުރުވާތީ.