"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
23 އެޕްރީލް 2025 - 12:04
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިންނާ ގުޅުވައި ދޮގު ވާހަކަތައް ދައްކައި އަބުރަށް އަރައިގަންނާތީ، ހިތްދަތިވާ ކަމަށާއި އެކަމަކު އެކަންކަމުގައި އިސްކުރައްވަނީ ކެތްތެރިކަން ކަން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ރައީސް ދެއްވި އިންޓަވިއުއެއްގައި، ޕްރެޒެންޓަރު ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ އެމަނިކުފާނުގެ އާއިލާއާ ގުޅޭ މައްސަލައެއްގައި ކަމަށް ކުރާ ތުހުމަތާއި އެކަންކަމާ ކުރިމަތިލެއްވި ގޮތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
ރައީސް ވިދާޅުވީ ވޭޕް މަނާކުރުމާ އެމަނިކުފާނުގެ އާއިލާއާ ގުޅުވައި ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބޭފުޅުންނަކީ ވަރަށް އަހުލާގު ރަނގަޅު ބޭފުޅުންތަކެކެވެ. މިހާތަނަށް އެއިން އެއްވެސް ބޭފުޅަކު ގޯސްކަމެއް ކުރައްވާފައިނުވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ވެސް އިންސާނެއް. އަޅުގަނޑު ވެސް އާއިލާ ދެކެ ވަރަށް ލޯބިވޭ. ކުދިން ދެކެ ލޯބިވޭ. އެ ކުދިންނަކީ ވަރަށް ރަނގަޅު ކުދިން ހަމަ އަސްލު ވެސް. ވަރަށް ވަރަށް ރަނގަޅުވާނެ. ނަމާދުކުރާނެ. އަހުލާގު ރަނގަޅުވާނެ. ދުވަހަކު ވެސް ގޯސްކަމެއް މިހާތަނަށް ކޮށްފައި ނެތް. ނުވެސް ކުރާނެ. ޔަގީން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަރިންނާ ގުޅުވައި ފެތުރި ވާހަކަތަކުގެ ސަބަބުން ވަރަށް އުނދަގޫވި ކަމަށެވެ.
"ދެން ހިތްދަތިވާނެ. ދެރަވާނެ. އެކަމަކު ކެތްތެރިވާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭޕް މަނާކުރުމުގެ ވާހަކަތައް މި ވެރިކަމުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ.
"ވޭޕްގެ ވާހަކަ ދައްކައިފިން ވަރަށް ކުރިން ބޭންކުރަން ވެގެން. އެއީ މިފަހުން ރާއްޖެއަށް އައި ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވި ގޮތުގައި ސިއްހަތަށް ނުރައްކާ އޮތް، ދުންފަތުގެ އިސްތިއުމާލްކުރުމާ އަބަދުވެސް އެމަނިކުފާނު ވަރަށް ދެކޮޅެވެ. ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަން އަމިއްލަފުޅަށް ގަބޫލުކުރައްވާތީ، ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕް އާއްމުވެ، ބައެއް ބެލެނިވެރިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައި ކަމަށެވެ. އުމުރުން 8-9 އަހަރުގެ ކުދިން ގުރުއާން ކުލާހަށް ދާއިރު ދަބަހުން ވޭޕް ފެނިގެން ޓީޗަރުން އެ ވާހަކަ ދައްކައިގެން ބެލެނިވެރިންގެ ޝަކުވާތައް އެމަނިކުފާނާ ހިސާބަށް އައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުންފަތުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސްކޫލުތަކުންނާއި ޖަމިއްޔާތަކުގެ ޕެޓިޝަން ވެސް ރައީސް އޮފީހަށް ލިބުނެވެ. އެހެންވެ، ކެބިނެޓްގެ މަޝްވަރާއަށް ފަހު ނިންމެވި އެ ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމެވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިގޮތަށް ގޮސް މިކަން މާބޮޑަށް މުޖުތަމައުގެ ތެރެއަށް ދާން ފެށީ. އަދި ވަރަށް ބައިވަރު ޕެޓިޝަން ވެސް ލިބުނު. ސްކޫލުތަކުންނާއި އެކި ކަހަލަ ޖަމިއްޔާތަކުންނާއި ދެން ކެބިނެޓްގައި މަޝްވަރާކޮށްފައި ނިންމީ އެކަން މާބޮޑަސް ނުފެތުރެނީސް އަދި ވަގުތު ފާއިތުނުވަނީސް ހިނގާށޭ ޓޯޓަލް ބޭންްއަކަށް ދާން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކުނީ [ވޭޕް ބޭންކުރުން] އެއީ މި ގައުމާއި ގައުމުގެ މުސްތަގުބަލަށް ވެސް އެންމެ ރަނގަޅު ނިންމުން ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަހަލަ ދޮގުތައް ހުރިހާ އާއިލާއެއްގައި އެޅުވުމާއި އަބުރު ނަގާލަން މަސައްކަތްކުރާ ނަމަ، ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެކަންކަން ކުރަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެމްޑީޕީން މިފަހުން ސިލްސިލާކޮށް މާލޭގައި ބޭއްވި މުޒާހަރާތަކުގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ، މަރިޔަމް ޒުބައިރު (މަންދީ) ވަނީ ރާއްޖޭގައި ވޭޕް ބޭންކުރީ ރައީސްގެ ދަރިކަލަކާ ހެދި ކަމަށް ވާހަކަ ދައްކައިފަ އެވެ.
އެ މައްސަލާގައި ރައީސްގެ އާއިލާ އިން ވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ދައުވާކޮށްފަ އެވެ.
ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ދަރިކަލުންގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާޑުވާ
24 April 2025
އަމީންވެސް ބުނަނީ ކޮއްކޮމެންނާ ގުޅުވައިގެން ދޮގުވާހަކަ ފަތުރާތީ ހިތާމަ ކުރާ ކަމަށް.
ތޫބާ ނާޒިމް
24 April 2025
އަސްލު ދަރިންގެ ނަން ބޭނުންކޮށްގެން ނުވާނެ ކިތަންމެ ސިޔާސީ ވިޔަސް. އެކުދިންގެ ކަރާމަތަށް އަރައިގެން ނުވާނެ. ރައީސް ހަމަ އެމީހުންނަށް ދައުވާ ކުރަން ޖެހޭ. އެކަންކަން ހުއްޓުވަން ޖެހޭ
ސިނާން މުހައްމަދު
24 April 2025
ސިޔާސީ ވިޔަސް ކުރަން ނުޖެހޭ ކަމެއް އެމްޑީޕީއިން ކުރީ. ކުއްވެރިކުރަން.
ނައުޝޫދް
24 April 2025
ކޮންމެ މީހެއްގެ ދަރިޔަކާ ބެހުނަސް ހިތްދަތިވާނެ. ބައެއް މީހުންނަށް ހީވާ ކަހަލަ ވެރިއެއްގެ ދަރިންނާ ބެހުނަސް އެމީހުން ދެރައެއް ނުވާނޭ. މަގޭ ނަޒަރުގަ މިފަދަ ކަންތައް ކުރާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ
އިޖުތިމާއީ ނަޒަރަކުން
24 April 2025
މީހަކަށް ރަނގަޅަށް ވެސް ކަމެއް ނުކުރެވޭނެ މިގައުމުގަ. ވޭޕް ގޯސް. އެމަނާ ކުރަންޖެހޭ، ކުރިން އެކަން ނުކުރީ އޭރުގެބޮޑުން އެވިޔަފާރި ކުރާތީ. އޭރުވެސް ދުންފަތްބޯޑުން އެތެރެކުރުން މަނާކުރަން ނިންމި. މިގައުމު ރަނގަޅުވާނީ ހައްދެތްނެތި މިއޮންނަ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލައިގެން. އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާ ކުރެވޭނީ ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް ކަންތައްތައް ކުރާގޮތް ބަލައިގެން، ސިޔާސީ ވީވީނުން ގައުމު ފުޑިއްޖެ. ރައީސް ދޫނުދެއްވާތި.
ތެފައާސާ.
24 April 2025
ދަރިންގެ ބޭސްކޮޅު ނުލިބި އާސަންދަ ހަމަނުޖެހި ގަނަތެޅެންޖެހުމުން ހިތްދަތިވޭ، އެކަމަކު ކެތްތެރިވާނަން: ރައްޔިތުމީހާ
އައްޓަމަސް
24 April 2025
ސިޔާސީ މައިދާނަށް ނުކުންނައިރު އެނގެންވާނެ އެމީހާގެ އާއިލާގެ ވާހަކަވެސް ދައްކާނެކަން. މިއީ އާކަމެއްހެން ހީވެގެން ނޫނީ ވާންޖެހޭ ކަމެއް ނޫނޭ ބުނެ ވާހަކަ ދައްކާތަަން ފެނުނީމަ ހައިރާން އެބަވޭ!
ދީދީފުޅު
24 April 2025
ރައީސްމެން ވެރިކަމަށް އައީވެސް ދޮގުހަދައިގެން ނޫންތޯ، ވެރިކަމަށް އައިސްވެސް ރައްޔިތުންނަށް އެތަކެއް ދޮގެއް ހަދައިފީމުނޫންތޯ. މިކަންކަމާއި މަނިކުފާނު ވެރިކަމަށްގެންނަން މަސައްކަތްކުރި ރައްޔިތުންވެސް ހަމަ އެބަ ދެރަވެޔޭ އިނގޭތޯ، އެރައްޔިތުންވެސް ކެތްތެރިވާނެ. އެހެން ގޮތެއްވެސް ނުއޮންނާނެ ނޫންތޯ.
ޖުމްހޫރީޖުމްހޫރީ ދުވަސް ދުވަސް
24 April 2025
މިނާގެ އެކަނި ދަރިން ތިބެނީ
ޙޤލީ
23 April 2025
ރާއްޔިތުންނަށް ކުރީ ސަރުކާރުން ދިން ފުލެޓްއަތުލިމަ ތިބާއަށް ހިތްދަތިކަން ޖައްސަވާނެ. ޙެޔޮނުވާނެ އިބޫގެ ފުލްޓް ލިސްޓް އެ އޮތްގޮތަށް ދީފަ ތިކަމުން ސަލާމަތްވުން ހިތަށް ފިނިކަން ލިބޭނީ