ތޯރިގް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުމެއް ނެތް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
23 އެޕްރީލް 2025 - 17:43
ރާއްޖެއިން އިޒްރޭލްގެ ފާސްޕޯޓް މަނާކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އެއްވެސް ކެމްޕެއިނެއް ކުރިއަށްދާ ތަން ނުފެންނަ ކަމަށާއި އަދި އެކަން ގާތުން މޮނިޓާ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސައިޑުން މިކަން ކުރި ސަބަބު ތިއްބެވި ޑިޕްލޮމެޓިކް މިޝަންތަކާއި ރާއްޖެއިން ބޭރުގައި ތިއްބެވި ޑިޕްލޮމެޓިކް މިޝަންތަކާއި އީޔޫ އާއި އެބޭފުޅުންނާ ރެގިއުލާކޮށް އެބަ ކޮމިއުނިކޭޓް ކުރަން،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލުގެ މަގްސަދު ކަމަށް ބުނެފައިވަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލްގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމެވެ.
މިދިޔަ އަހަރު އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމުގެ ވާހަކަ ދެކެވެން ފެށީއްސުރެ، ރާއްޖެއަށް އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް އިޒްރޭލުން އައީ 1،400 ޓޫރިސްޓުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ ގައުމުން 10،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރަފަ
24 April 2025
އިސްރޭލުން މިކަމުގެ ދުއްތރާ ދުވެހިންނަށް ޖައްސާނެ.
ސިޓިޒަނެ އޮފް މާލެ
24 April 2025
ވަޒީރު ތެދު ބަހުން ވާހަކަ ދެއްކެވުން ރަނގަޅުވާނެ! ރެސޯޓް ތަކަށް އަސަރު ކުރާނެ! ނަމަވެސް މުސްލިމް ގައުމަކުން މި ފިޔަވަޅު އަޅަން ޖެހޭނެކަމަށް އަޅުގަންޑު ދެކެނީ!
މުރާދް
24 April 2025
މުޅި އިސްލާމީ އުއްމަތައް ނަމޫނާ އެއް ދިވެހިރާއްޖެއިން މިދެއްކީ. ﷲ ރިޒުގް ދެއްވާނީ
މުޝައްރަފް
24 April 2025
މިއަދު އިދިކޮޅުގަ ތިބި މީހުންނަށް ހަޖަމްއެއް ނުވާނެ މިވަރުގެ ނިންމެވުމެއް ނިންމެވީމަ... އެމީހުންގެ ސަރުކާރުން މިކަމުގަ އޮޅުވާލީ
މަހިޒާން
24 April 2025
ސަރުކާރުން މިކަމުގަ ނެގި ސްޓޭންޑަށް ސެލިއުޓް ހައްގު. މީ ފަހުގެ ތާރީހެއްގަ މިގައުމުގެ ވެރިޔަކު ނިންމެވި އެންމެ ހިތްވަރުގަދަ ނިންމެވުން
ަކަަޑަ
24 April 2025
ހެދި ދިރާސާއެއް ނެތް. ފެކްޓެއް ނެތް ތޯތޯ ވާހަކަ ދެއްކުމުގަ
ފަވަކީޓޯ އަކީނޯ
24 April 2025
ޓޫރިސްޓުން އައުން މަދުވެއްޖެޔާ އެވާނީ މީނާގެ ދުލުވިހައިގެ ސަބަބުން. އެނޫނީ އެހެން ކަމެއް ނެތީމަ.
އިސްތިއުފާ
24 April 2025
މި ސަރުކާރުން ހަދަނީ ރޯ ބުހުތާނު ދޮގު ހުރިހާ ވަޒީރުން ވެސް ހަދަނީ ދޮގު ބުޅާ ކޮޅެއް ކޮށްޓަށް ނުލެވުނު ބަޔަކަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެއޭ މާރިޔާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ކަތްދައްތަ
23 April 2025
ކަމެއްގެ އަސަރު ކުރިވަރު ދެނެގަންނަން އަދި މާއަވަސް. ކިހިނެތް ތަ ތިދިރާސާ ހަދަނީ
ދިވެހިންނާ ފަތުރުވެރިން
23 April 2025
އެމީހުން ނޫޅޭނެ ދޯ މިގައުމުން ކުރާ ކަމަކާ ހުރެ އެމީހުންގެ ހޮޓެލިން ކޮމްޕެނީތަކުގެ ބިޒިނަސް ހުއްޓުވާކަށެއް އަދި އަހަރެމެނެއް ނޫން ހަމަ އެމީހުންގެ މި ހިތްގައިމު ސުވަރުގެ ބޮއިކަޓް ކުރާކަށެއްވެސް!