އިތުރު ފަރުވާ އަށް ޔުމްނު ގެންދަން އާއިލާ އިން ބޭނުންވަނީ މެލޭޝިއާ އަށް.
ޔުމްނު ވެއްޓުނުކަމަށް ފުލުހުން ބުނާ ފެންލައިޓު.
25 އެޕްރީލް 2025 - 21:10
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން މިރޭ ބުނެފި އެވެ.
އާއިލާގެ ފަރާތުން، ވާހަކަ ދެއްކި މުހައްމަދު މުއުމިން "މިހާރު" އަށް ބުނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށެވެ.
މެލޭޝިއާ އަށް ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މުއުމިން ބުންޏެވެ.
"އެކަމަކު ވީހާ ވެސް އަވަހަކަށް ބޭރަށް ގެންދަން ބޭނުންވާތީ، އާދީއްތައިގެ ކުރިން ވެސް ޗާޓަރު ފްލައިޓެއް ހަމަޖެހޭތޯ އެންސްޕާ މެދުވެރިކޮށް ދަނީ ބަލަމުން. އެންސްޕާގެ އެއްބާރުލުން އަޅުގަނޑުމެންނަށް ދަނީ ލިބެމުން،" އާއިލާ އިން ވާހަކަ ދެއްކި މުއުމިން ބުންޏެވެ.
ބޭސްފަރުވާއަށް ބަލި މީހުން ގެންދިޔުމަށް ޗާޓަރު ފްލައިޓު ހަމަޖައްސައިދިނުމަކީ އެންސްޕާއިން އަމަލުކުރާ އުސޫލެއް ނޫނެވެ.
"މެލޭޝިއާގެ ހޮސްޕިޓަލެއް އަދި ނުނިންމާ،" މުއުމިން ބުންޏެވެ.
ގ. ރަނައުރާގޭއާގެ ޔުމްނު އަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށް ވާއިރު، އޭނާގެ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއުމިން ބުނީ ބޭނުންވަނީ އެންމެންގެ ހެޔޮދުއާ ކަމަށެވެ. ނަމަވެސް، ޔުމްނު ފްލައިޓަށް އެރުމުގެ ހުއްދަ ޑޮކްޓަރުން ދީފައިވާ ކަމަށް މުއުމިން ބުންޏެވެ.
މުއުމިންއަކީ ޔުމްނު ރާއްޖެ އިން ބޭރަށް ގެންދިއުމާ ގުޅޭ ކަންކަމުގައި ވާހަކަ ދެއްކުމަށް އާއިލާގެ ފަރާތުން ޕަވާ އޮފް އެޓާނީ ދީފައިވާ ފަރާތެވެ. އެއީ ޔުމްނުގެ އެއްބަނޑުއެއްބަފާ ދައްތަގެ ފިރިމީހާ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ.
ޔުމްނު ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާ ވެސް ހިމެނޭ ގޮތަށް ނުވަ މީހަކު ވަނީ މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅެފަ އެވެ.
އެ ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.
އެކަމަކު، އެ މައްސަލާގައި ފުލުހުން ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
އޭގެ ތެރެއިން މިހާރު ވަނީ ފެންޓެނޯއީގެ އަށް ޔުމްނުއާ އެކު ވަތް ރައުދު ހައްޔަރުކޮށްފަ އެވެ. ރައުދު ހައްޔަރު ކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވެ އެވެ.
ރައުދުގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ ފަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
27 April 2025
ހަމައެކަނި ޚަރަދުތަ ދައުލަތުންއެދިނީ؟. ތިޖޫރީ ބަންޑުންދޯއެޖަހާލީ،!!!. ދެކޮޅުޓިކެޓްވެސް 12 މީހުނަށް.
ދީނާ ގައުމަށްޓަކާ
26 April 2025
ޔުމްނުއާއެކު އުޅުނު މީހުންގެ ތެރެއިން ނުވަތަ ރައީސް ވިދާޅުވާހެން ބިރަކާ ނުލައި މަޖާ ކުރި މީހުންގެ ތެރެއިން ޔޫސުފް ޔައްސާރު އާއި ޔޫސުފް އަހުމަދު އަކްރަމް އާއި އިޒުދިޔާން މުހައްމަދު މައުމޫންއަކީ މުއިއްޒު ކެމްޕެއިން ޓީމުގެ މީހުންނެވެ. އަނެއް ބަޔަކު ތިބީ ރައީސް އޮފީހާ ސަރުކާރު ބޯޑުތަކުގައެވެ ތާހިރުދޯ؟؟؟
ހީހީ މުއީތް
26 April 2025
މީގެންވެސް މިފެންނަނީ މިގައުމުގަ އޮތް ނާއިންސާފު
ކާކު
26 April 2025
ކޮންމެހެން އަހަރެމެންގެ ޓެކްސް ފައިސާއިން ތިކަންކުރާނެ ކަމެއްނެތް, އަމީން އަދި އިހްސާން އަތުން ތިފައިސާ ނަގާ
އިނިބިރާ
26 April 2025
ކޮންމެ ސަރުކާރެއްގައި ވެސް އާދޭ މިކަހަލަ އެތިކަލީ މޯރަނީ އަދި އިންސާފްވެރިކޮށް ކަންކަން ކުރަންޖޭހެ ބޮޑެތި ޗެލެންޖްސްތައް. މިފަހަރު މިއޮތީ މިސަރުކާރަށް އެކަން ލައިގަނެފައި. މިކަމުގައި އެމީހުންގެ ބަސްމަގާ ކަންތައް ދާގޮތުން މީހުންނަށް އެގޭނެ ދެންފަހަރަކު ވޯޓް ދޭންވީިގޮތް. މިހާރު ފެންނަގޮތުން އަދި މިދަނީ ރަގަޅަށް ކަމަށް ނުބުނެވޭނެ. ފުރަތަމަކަމަކަށް ޕޮލިހުން އެކިދުވަހު އެކިޔަނީ އެކި ލަވަ، އެކަމުންވެސް މީޙުން ސާރުކާރާ މެދު މާޔޫސްވެއްޖެ!
ބާބާ
26 April 2025
އެންސްޕާއިން އެހީދިނީ މެލޭޝިއާއަށް ދާންތައް؟ ކާކު ޑިސައިޑް ކުރީ ދާންޖެހޭނީ މޭލޭޝިއާއަށް ކަމަށް، ސަރުކާރުންތައް؟ ނޫނީ ސަރުކާރު ކޮންމެވެސްކަމަކާ ފިތޭތީ އާއިލާއިން އެދޭ ހުރިހާކަމަކަށް އާއެކޭ ބުނަނީތަ؟ ކުއްވެރިއެއްވިޔަސް ނުވިޔަސް ކޮންމެ މީހަކަށް ފުރިހަމަ ޝިފާ ލިބޭތަނަކަށް ގެންދަންޖެހޭނެ، އައިޖީއެމްއެޗުން ނުވަންޏާ ދެން އެހެންތަނަކަށްވެސް ނަމަވެސް އެހެނެކޭ ކިޔާ ބޭނުންހާ ޚަރަދެއް ކުރެވޭނެތަ
ދަލޭކަ ދައިތަ
26 April 2025
ޒުވާން ކުދިންކޮޅު މަގުމަށްޗަށް ނުނިކުއްނަމަ ސޯޝަލް މީޑިއާ ކެކިއަރައިނުގަތްނަމަ ތިއަންހެންކުއްޖާގެ އާއިލާއަށް ތިފުރުސަތެއްނުލިބުނީސް. އައިޖީއެމްއެޗްގައި އޮވެ އަހަރުވިޔަސް ސަރުކާރަކަށްވެސް ނޭގުނީސް. . ދެނެއް އެހެންމީހަކު ކުއްވެރިވާނެހެންވެސް ހިއެއްނުވޭ!!
އަލީ123
26 April 2025
އެހެންބަލިމީހުންނަށް ނެތްކަމެއް ދޭންޖެހެނީ ކީއްވެ؟
ދަލޭކަ ދައިތަ
26 April 2025
އައްޔާ!! ދީގެން ނުވާނޭ މިބުނީ އެނގިއްޖޭ!! ދޭކަށް ނުޖެހެއޭ މިބުނަނީ!! ސަރުކާރަށް ޕްރެޝަރ އައީމަ އެމަންޖެގެ ފަރާތުން އަޑު ކަނޑުވާލަންވެގެންނޭ، އެމީހުން ރުއްސަން އެކުރާކަމެއް އެކުރަނީ. އެހެންނޫންނަމަ ނުކުރާނޭ. ޙާދަހާ އެއްޗެއް ގެޓް ނުވާ ބައެކޭ!!
ދޮންބެެ
26 April 2025
ބާރު ހުރިއްޔާ ކަންކަންވާނެ.. ސުވާލަކީ މީ ރާއްޖެތެރޭ ކުއްޖެއްނަމަ މި ހުރިހާ ޕްރިވިލެޖެއް ލިބުނީސް ބާވައޭ؟ ދިވެއްސެއްގެ ފުރާނަ ސަލާމަތްކޮށްދޭން (އެއީ ފާހިޝް އަމަލުތަކުން ފުރިފައިވާ މީހެއްނަމަވެސް) ދައުލަތުން ހުރިހާ ކަމެއްވެސް ކޮށްދޭންޖެހޭނެ. އެކަމަކު އެކަން އޮންނަންވާނީ އެންމެނަށް ހަމަހަމަކޮށް. އަދި ތިކަން ނިމުމުން ތިކުއްޖާކޮށްފައިވާ(ނަމަ) ކުށްތަކަށް އަދަބުވެސް ދެވެންޖެހޭނެ.
ޕީ އެން ސީ އެކްާޓިވިސްޓް
26 April 2025
އިންސާފު ބޭނުން. އެކަމަކު އުސޫލުން ބޭރުން ކުރާ ކަން ކަމަކީ ބޭއިންސާފެއް
މުހައްމަދު 22
26 April 2025
މެލޭޝިޔާއަށް ގެންދަން ސަރުކާރުން ހަރަދު ކުރާ ސަބަބު ބަޔާން ކޮއްދީ، އޭޑީކޭ، ޓްރީޓޮޕްއިން ވާން ނެތީ؟ އިންޑިޔާ އަދި ލަންކާވެސް އެބަ އޮތް