މުސާރައަށް ކުރި ހޭދަ ބޮޑަސް، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މިހާތަނަށް ދައުލަތް ހިންގަމުން އައިސްފައިވަނީ އަރަނީގައި ކަން ހިސާބުތަކުން އެނގޭ.
01 މެއި 2025 - 12:50
މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 6.9 ޕަސެންޓު އިތުރުވެ، 12.4 ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ މި ފަހަރު ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 617.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިއަން ރުފިޔާ އެވެ.
މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް މުސާރަ އަދި ޕެންޝަން ދިނުމަށް ކުރި 3.7 ބިލިއަން ރުފިޔާގެ ހަރަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
އެކަމަކު، ރިކަރަންޓު ހަރަދުތަކުގެ ތެރޭގައި ހިމެނޭ މުސާރައަށް ކުރޭ ހޭދަ އަހަރުގެ މިހާތަނަށް އައިއިރު ކުޑައެއް ނުވެ އެވެ. މި އަހަރުގެ މިހާތަނަށް މުސާރަ އަދި ޕެންޝަން ދިނުމަށް ކުރި 3.7 ބިލިއަން ރުފިޔާގެ ހަރަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މުސާރައަށް ކުރި ހޭދަ ބޮޑަސް، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މިހާތަނަށް ދައުލަތް ހިންގަމުން އައިސްފައިވަނީ އަރަނީގަ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފަ އެވެ.
ބަޖެޓު އަރަނިވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެފައިވުން ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހުރި ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާގެ ހޭދަ، މި އަހަރުގެ މިހާތަނަށް ވަނީ 804 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބު އަލީ
02 May 2025
ކާކުބާ މި ރާއްޖޭގައި ބަނޑަށް ޖެހިގެން އުޅެނީ، ކޮއްމެ މީހަކުވެސް އެމީހަކަށް ލިބޭ ފައިސާ ދެގުނަ ނުކުރެވިގެން ނޫނީ ޖެހުނުގޮތަކަށް ޖީބަށް ޖަހާލެވޭތޯ އުޅެނީ،
ހާލަތު
01 May 2025
ސްކޫލްތަކުގެ ޕުރޮޖެކްޓްތައް ހުއްޓުވަފި...
މިއަދުގެ ހާލަތު
01 May 2025
އެތައް ފަށާފަހުރި އަސާސީ ޕުރޮޖެކްޓެއް ހުއްޓުވައިފި. ނަތީޖާ : ކުރީ ސަރުކާރުން އަތޮޅުތަކުގެ ސިއްޙީމަރުކަޒުތައް ހާލަތު ރަގަޅު ކުރުމަށް ފަށާފަ ހުރި އިމާރާތްތައް ހުއްޓުވައިފި- ކުންފުނިތަކަށް ލާރި ނުދޭތާ އަހަރުވެގެންދަނީ.. އަތޮޅުތަކުގައި އަޅަން ފަށާފަ ހުރި ހޮސްޕިޓަލްތައް ހުއްޓުވައިފި. ޢަތޮޅުތަކުގެ ޙޮސްޕިޓަލުގެ ޑޮކްޓަރުންގެ އަދަދު މަދުކޮށްފި - ރީޖަނަލް ހޮސްޕިލުގައި ސްކޭން ކުރަން އެންމެ ޑޮކްޓަރެއް...
ހާލަތު މީ
01 May 2025
އާރުޓީއެލް : ގެ 07 އުޅަނދު ސާރވިސްނުކޮށް 1.5 އަހަރު ނަތީޖާ އިބޫވެރިކަމުގަ ކޮންމެ ދުވަހަކު ބޭއްވި އާރުޓީއެލް އަތޮޅުފެރީ 3 ދުވަހުން އެއްދިވަހަށް މީގެ ނަތީޖާ: ރީޖަނަލް އަދި އަތޮޅު ހޮސްޕޮޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުން ޚާއްސަކޮން ހަފްތާ މަންތްލީ ރޫޓިންގަ ދާ ބަލިމީހުން އަދި މާބަނޑު މީހުން 6000-8000 ރުފިޔާ އަމިއްލައަށް ޚަރަދު ކުރަންޖެހުން. ސްކޫލް: އަތޮޅުތަކުގެ ސްކޫލްތަކަށް އަހަރަކު ރަންކުރަން ދޭ ބަޖެޓުން 100000-600000 ދެމެދު އަދަދެއް ކަނޑައިލައި.
ނަޓްސް
01 May 2025
ބޮޑެތި ދަރަނި ނުދައްކާ ސަރޕްލަސް ވާނެތަ؟ މަގޭ ބީތާ ކަމާއެ!
އެމްސް
01 May 2025
ޤައުމުގެ %90 ތިބީ ބަނޑަށް!
ފުތާ
01 May 2025
ނޫނޭ ކާނެ އެއްޗެއް ނުލިބިގެން %90 މީހުން މަރު ވެއްޖެ މިހާރު.
ވަސަ
01 May 2025
އިދާރީ ޚަރަދު ކުޑަވި މިންވަރެއް ނުބުނެ މުޅި ޚަބަރު އޮއޮތީ އިދާރީ ޚަރަދު ކުޑަކޮށްލި ކަމަށްބުނެ. ޕްރޮޖެކް ނުހިންގަންޏާ ލާރި ބާކީވާން ޖެހޭނެތާ؟
ޢާމިލު1
01 May 2025
ތަރައްގީ އާއި އެހެނިހެން ހަރަދުތައް ކޮޑަކޮއްފާ، މިއުފައްދަނީ މުސާރަދޭގޮތައް ވޯޓލާނޭކަމަށް ވަޒީފާދީފާ އަޅުންބާ !؟ ތަރައްގީ ހުއްޓުވާފަ މުސާރަދޭ ނަތީޖާ ނެރެންނުޖެހޭ ވޯޓުލާނޭ އަޅުން :|
ކުރިން
01 May 2025
ކުރިންހެން ރިޝްވަތާ އެއްޗެހިން ގައުމު ދަރުވާ ނުލަންޏާ ރަނގަޅު
ސްކެމް
01 May 2025
ވަޓް އަ ސްކެމް!
ކކޖކޖ
01 May 2025
ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ކުދިކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދީ 4 އަހަރު ދާއިރު އެވިޔަފާރިތަކަށް ވާނެ ގޮތް ބައްލަވާ.... ވިޔަފާރިތަކަށް ފައިސާ ނުދީ ސަރުކާރު ޕްރޮމޯޓް ކުރަން ސީއެސްއާރަށް ބޮޑު ހޭދައެއް ކުރީމަވާގޮތަކީ، ރައްޔިތުން ދަތިވެ މަގު ގެއްލި އިންތިހާއަށް ކޮރަޕްޓްވާން މަޖުބޫރު ވަނީ. ކުންފުނީގެ މުވައްޒަފުންނަށް ރިޝްވަތު ދީގެން ނޫންގޮތަކަށް އެކުންފުނިން ލިބޭ ލާރިކޮޅުވެސް ލިބެނީކީ ނޫން.
އެމެޑީޕީ
01 May 2025
ތިޔަބުމާ ބަޔެއްވެސް ނުދީ ދިޔަ ބަޔަކީ ވެސް އެމްޑީޕީން. އަދި ވަނީ ބޮޑުބައި ދީފަ. ދޮގު ހަދައިގެން އޮޅުވާލިޔަސް ހަގީގަތް ވެސް އޮންނާނެ