ޒުވާނުން ރޭ ބޭއްވި މުޒާހަރާގައި މުހުޒޫމް ވާހަކަދައްކަވަނީ. އޭނައާއެކު އިތުރު ޒުވާނެއް ވަނީ ރޭ ހައްޔަރުކޮށްފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
02 މެއި 2025 - 12:18
އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިން މަޖީދީމަގު ބަންދުކޮށް، މުޒާހަރާގެ ނަމުގައި ޓޭބަލް ޓެނިހާއި ކެރަމް އަދި މިއުޒިކް ކުޅެމުން ދިޔަ އެއްވުން ރޫޅާލައި، އެކަމުގައި އިސްކޮށް އުޅުނު ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޑިމޮކްރެޓްސް ޕާޓީގައި ކުރިން ހަރަކާތްތެރިވި އައިޝަތު ޝިމަން އަހުމަދާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ.
ފުލުހުން ބުނީ އުމުރުން 28 އަހަރުގެ މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އުމުރުން 19 އަހަރުގެ ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.
ރޭގެ އަށެއް ޖެހިއިރުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާ 12 ޖަހަން އުޅެނުކޮށް ފުލުހުން ރޫޅާލިތާ މާ ގިނައިރުތަކެއް ނުވަނީސް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ދެ ޒުވާނުން ހައްޔަރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަ ސްޕްރޭ ޖަހާފައިވާތީ، އިދިކޮޅު ޕާޓީން ނެރުނު ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އެ ޕާޓީން ބުނީ އެއްވެއުޅުމުގެ މިނިވަންކަމަކީ އެ ޕާޓީން ކޮންމެ މީހަކަށް ގާނޫނު އަސާސީން ފަހިކޮށްދީފައިވާ ހައްގެއް ކަމަށެވެ. އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ކުރާ މުޒާހަރާތައް އަނިޔާވެރިކަމާއެކު ރޫޅާލުމަކީ ސަރުކާރުން ގޮތް ހުސްވެގެން ހެދި ބޮޑު ގޯހެއް ކަމަށް ބުންޏެވެ.
"ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދީ ފުލުހުން ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
މުޒާހަރާ ރޫޅާލުމަށް ފަހު ނެރުނު ބަޔާނުގައި ފުލުހުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަހުން އެކި ރޭރޭ މަތިން މަޖީދީ މަގުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ބަންދު ކޮށްގެން ތިބެ މުޒާހަރާ ކުރާތީ އޭގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާ ކަމުގެ ޝަކުވާ މެދުނުކެނޑި ލިބޭ ކަމަށެވެ.
އެހެންވެ، ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިއަދަކީ އޯ ލެވެލް އިމްތިހާނުގެ ޓެސްޓަކަށް ގިނަ ދަރިވަރުންތަކެއް ހާޒިރުވާން ޖެހޭ ދުވަހެކެވެ. އަދި ރޭގެ މުޒާހަރާ ރޫޅާލީ ގާނޫނީ އިންޒާރު ދިނުމަށް ފަހު ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާހިރު ދިރިއުޅުން
02 May 2025
އިނގިރޭސިން ބަޔާން ނެރެނީ ދޮގުތައް ވެސް ހަދާފަ އެބަހުރި. އެއީ ބޭރުގެ ތަންތަނައް ދައްކާ އޮޅުވާލާ އެމީހުން ރާއްޖެޔާ ދެކޮޅައް ބަޔާން ނެރޭތޯ
އަލިފްހާ
02 May 2025
ޢެމްޑީޕީ ވެރިކަމުގަ 2 ނުވަތަ 3 އަންހެނުން މުޒާހިރާ ކުރީމަ އެމީހުން ފަހަތުން ސީދާ ސިފައިން ފޮނުވާ އަނިޔާ ކުރިތަން ވެސް ފެނުނު. އެއީތޯ ގާނޫނާ ގަވައިދަކީ އަދި އިނގިރޭސި ބަހުން ނެރުނު މިބަޔާނުގަ ސީދާ ދޮގުވެސް އެބަހުރި އެއީތޯ އަސްލު ޑިމޮކްރޮސީއަކީ
މިނިވަންކަން
02 May 2025
ވަރައްވެސް ރަނގަޅު ވާހަކައެއް. އަޅުގަނޑަކީ ޖެންޒީއަށް ނިސްބާތްވާ ކުއްޖެެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މުޒާހަރާ ކުރުމަކީ ހުރިހާ އެންމެންގެ ވެސް ހައްގެކޭ. އަޅުގަނޑުމެން ވެސް ވެރިކަމަށް އަންނާނެ ދުވަހެއް އަދި އާންނާނޭ. އެދުވަހު އެންމެންނަށްވެސް އުފަލުގަ ސުލްހަވެރިކަމާއިއެކު ބިރަކާ ނުލާ މުޒާހަރާ ކުރެވެނެއޭ. ބޯދާ ވިސްނުންތައް ދިވެހިން ދޫކޮއްލާފާ ތަހުޒީބުވަންވީ އޭ! "ޓޮލަރަންސް"، އަދި "ފްރީ ސްޕީޗް" މިބަސްތަކާ ހަމަތައް ދިވެހި ބަހަށް ގެންނަންވީއޭ
ބައިރަހާ
02 May 2025
ޢަދާލަތު ޕާޓީއަކީ މިދިޔަ އިންތިޚާބުގައި މުއިއްޒާ ދެކޮޅަށް މަސައްކަތްކުރި ޕާޓީއެއް. އެޕާޓީގެ ސްޓޭންޑް ބަދަލެއް ނުވޭ. ދެން ކީއްވެ ދައުލަތުގެ މިނިސްޓަރަކު އެޕާޓީއަށް ސޮއިކުރަން ޖެހުނީ؟
ރެކިފުތާ
02 May 2025
މިދިޔަ 8 އަހަރު އަދާލަތު ޕާޓީއޮތްތަ؟، މަށައް ފެނުނީ އަދާލަތޭ ކިޔައިގެން ޕާޓީގެ ނަން ހިސޯރުކޮއްގެން ސޭ އިމްރާނާ، އަލީޒާހިރު ކިޔާމީހަކާ، ދެތިންމީހުންވެގެން އުޅުންތަން. ލިބުނު ފައިދާ ބޮޑުކަމުން އެލާރީގަ މިހާރު ސޭ އުޅެނީ ތައިލޭންޑްޑައް ދިރިއުޅުން ބަދަލުކޮއްގެން
ޥަސަެށް
02 May 2025
ގާނޫނާ ގަވާއިދާ ހިލާފުވާ މީހުންގެ ހޢްގު މާބޮޑު އެމްޑީޕީއަކީ ގާނޫނެއްނޫ ދުކޮށްލާކަށްނުޖެހޭ
އޮނަރަބްލް އަފީފު ދީދީ
02 May 2025
ފުރާޅުމައްޗަށް ވެއްޓުނު ނުވަތަ "ވައްޓާލި" ގ.ރަނައުރާގެއާގެ، ޔުމްނު އާއެކު މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށްއުޅުނު ގ.އެރިއަދޫ ރައުދު އަހުމަދު ޒިލާލް ފިޔަވާ އެރޭ ޕާޓީކުރުމުގައި އުޅުނު އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް، އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ، ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު ނޫންތޯ ހިފާ ހައްޔަރުކޮށް ބަންދު ކުރަންވީ.
އައިމިނާ
02 May 2025
ވަކިވައްތަރެއްގެ ވަކި ބަޔަކަށްތޯ އިންސާފު ހޯދަދޭން ޖެހެނީ.
ނުޖެހޭ
02 May 2025
އެމްޑީޕީ އަކީ ޒުވާނުންނަަށް ހެޔޮއެދޭ ބައެއް ނޫން. އެކަމަކު ޒުވާންކަމުގެ މަސއތުގައި ޒުވާނުން ޖައްސުވައި، ޒުވާނުންގެ ސްލޫކާއި އަހްލާގާއި، ލަދާއި ހަޔާތް ނައްތުވާލައި، އޭގެ ފައިދާ ނަގައިގެން ޒުވާނުންގެ ތާއީދު ސިޔާސީ ގޮތުން ހޯދާ ބައެއް. ޒުވާނުންނަަށް ތެދުމަގު ފެނިދާނެތީ ވަރަށް ޖެހިލުންވާ ބައެއް. ބިރަކާނުލައި މަޖާކުރަން ގޮވާ ބައެއް. މިނިވަންކަމާއި ހައްގުގެ ނަމުގައި ދިވެހި އަހްލަަގީ އިޖްތިމާއީ ފޭރާން، ސިޔާސީ މަންފާއަށް ވީދާލި މީހުން.
އަހްމަދު ސަލާމް
02 May 2025
މީގެ 20 އަހަރު ކުރިން ވެސް އެމްޑީޕީއިން ޖެއްސީ މިގޭމް. އޭރުގެ ޒުވާނުން ބޭނުންކޮށް ގައުމު ހަލަބޮލިކޮށް، އަހްލާގީ މިންގަނޑު އެކީ ވައްޓާލީ ބަޔަކު ވެރިކަމާއި މުއްސަނދިކަން ބޭނުންވެގެން. މިހާރު ބަލާލަބަލަ އޭރު ހަޅޭއްލެވި މީހުން ކޮބާތޯ؟ ބިލިއަނަރރުން! ރައްޔިތުންގެ ހާލު؟ ނުވި ކަމެއް. އަނެއްކާ އެ ކުޅިގަނޑު ފެށީ މި. ސިކުނޑިތައް ގުނބޯ ހެއްދުން. ވެލްކަމް ޓު 'ކިޔާ ކޮންމެ އެއްޗެއް ގަބޫލުކުރާ މީހުން އުޅޭ' މޯލްޑިވްސް.
ހީހީ ސުލީހް
02 May 2025
ޏުޖެހޭ ދޫކުރާކަށް.
ގެދާނޯމޮސް
02 May 2025
އަމިއްލަ ގެދޮރުގައި ހުންނަ ސީސީ ޓީވީ ފްޓޭޖް ތަކުން ބައިތަށް އުނިކޮށް ކޭސްތަށް ސިޔާސީ ކުރާއިރު އެޑިޓް ކޮށް ސިޔާސީ މަންފާ އަށް ގައުމު ގެންދަންޏާ ޖެހޭނީ ދޫކުރާށެވެ. އިޚްލާސްތެރި މިވަނީ ސިޔާސީ ބޮޑުންނަށް ކަމަށް ވާތީ ޑރ މުއިއްޒު އަށް ވެރިކަން ހަވާލު ކުރި ރައްޔިތުންނަށް މިވެވެނީ ވަރައްބޮޑު ބޭއިންސާފެކެވެ.