މާލޭގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއް ފުލުހުން ރޫޅާލަނީ.-- ފޮޓޯ: މިހާރު
02 މެއި 2025 - 18:53
މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފި އެވެ.
އެއްވެ އުޅުމާބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގެ ދަށުން ހޯމް މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ގޮތުން މީގެކުރިން މާލޭގައި ހުއްދަ ނެތި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އަދި އެހެން ތަންތަނުގައި މުޒާހަރާ ކުރުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއްގައި ކަމަށް ވާތީ، މާލޭގައި އެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި، އެ ބަދަލާ އެކު ކާނިވާ ސަރަހައްދުން އިތުރު ތިން ތަނެއްގައި، ފުލުހުންގެ ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.
ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަފައި އޮތަސް، އެ ހުއްދަ ނެތި މިދިޔަ އަހަރުތަކުގައި މާލޭގެ އެކިއެކި ތަންތަނުގައި މުޒާހަރާތައް ބާއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
03 May 2025
މުޒާހަރާކޮށް ޤައުމު ހަލަބޮލިކުރަން ފުރުސަތު ދެންޏާއި ވާނީ ހަމަ ދޭހާވަރެވެ. ސަރުކާރުން މާ ނައިސްވާން ވެގެން ކޮންމެހެން މުޒަހަރާކޮށް ޤައުމުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ދީގެން ނުވާނެއެވެ. ދެފަހަރަށް ކުރަން ލިބުނީމައިވެސް ޤައުމު ދަވާލައިގެން ފިލި ޕާޓީ މީހުން އަނެއްކާވެސް ވެރކަން ލިބޭތޯ މަރުފަލި ޖަހަން އޮތް ތަނަކީ މަގިމަތި ކަމަށް ހަދަން އެއް ގޮތަކަށްވެސް ފުރުސަތު ދީގެން ނުވާނެއެވެ.
ކަމާލް
03 May 2025
މުރާސިލް ހަނދުމަފުޅު ނެތުނީތޯ މި ސަރުކާރުން ވަރުބަލި ކަމެއް ނެތި ކޮންމެ ރެއަކު އުމުރުން ދުވަސްވީ އަންހެން ވެރިން ނެރެގެން އިންޑިއާ އައުޓޭ ކިޔާ ވަގު ދޮލަނގުތައް އޮއްސައިގެން ކުރި މުޒާހަރާތައް.
ހިބަތުﷲ
03 May 2025
މުޒާހަރާ ތައް އަސްލު ކުރަނީ ސިގިރޭޓް ލިބުން ދަތި ވީމަ! 15 ރ އަށް ސިގިރޭޓެއް
ޓިނު
03 May 2025
ރަސްމާލޭގައި ހިއްކި ބިންކޮޅުގައި މުޒާހަރާ ކުރާގޮތައް ހަދަ. އެއިރުން ސިފައން، އަދި ޕޮލިހުން ނެރޭކައްނުޖެހޭނެ
ވެންގަބޯ
03 May 2025
މިސަރުކާރު މިއޮތީ މިހާރު ވަރައް ބަލިކަށިވެފައި މިހާރު އިނީ އެންމެ ކައްތިރި އެއް އެކައްތިރި ވެއްޓިދާނެތީ ތިން ތަނެއްގައި މުޒާހަރާ ކުރެވޭގޮތަށް ބިރުން އެހެދީ މަޖިދީމަގަކީ ރައްޔިތުން ސަރުކާރުތައް އަޒުލް ކުރުމަށް ބޭނުން ކުރާ މައިޒާން ވީމާ ދެން ނުކުންނާނީ ބައި ގިނަކޮށް ލައިގެން ދިހަހާސް މީހުން ހަމަކޮށްގެން ނޫނީ ދެން މަޖީދީމަގަށް ނެރޭނެ އެވެ
ކިޔާހުއާ
03 May 2025
މުޒަހަރާ ކުރުމުގެ ނަމުގައި ހުރިހާ ގެއްލުމެއް އަހަރެމެން ވިޔަފާރިއް މިކުރަނީ، ކުލި ބަރާބަރަށް ދައްކަންޖެހޭ،
ޔޫނުސް22
03 May 2025
ތިޔަ މުޒާހަރާތައް ރޭގަނޑު ނިދާގަޑީގަތަ ކުރަންޖެހެނީ؟ އިހުލާސްތެރިކަމެއް ވަންޏާ ކުރަން ހުރިހުރިހާކަމެއް ހުއްޓާލާފަ ގޮސް ތިބެބަލަ ދުވާލު ހަތަރުދަމު މުޒާހަރާކުރަން. މިއޮތީވާ ޤައުމެއް!
ލޮލްް
03 May 2025
މި ދާ ރޭޓުގަ ދެން މުޒާހަރާ ކުރެވޭނީ ދިރިއުޅޭ ކޮޓަރި ތެރޭގަ ތިބެގެން އެކަނި.
އަދާލަތު
03 May 2025
ބަހާއި ޢަމަލާދިމާނުވާތީ ހިތާމަކުރަން. ކަމެއް ނިންމައި ޢާއްމުކޮށްހާމަކުރާއިރު، އެއްވެސްރޭވުމެއްނެތްކަން ފާހަގަކުރެވޭ. ރަސްފަންނަކީ، އެކި ޢުމުރުފުރާގެ ދަރީންނާއެކު، ގިނަރައްޔިތުން އެކިގަޑިތަކުގައި ޒިޔާރަތްކުރާ ސަރަޙައްދެއް.
ހޮޓްކިންގ
02 May 2025
ތި ލިސްޓުން ރަސްފަންނު އުނިކުރޭ. އަހަރެމެންގެ ޅަދަރިންގެ ހައްގެއްވެސް އޮންނަންޖެހޭ. ނޫނީ އެހައްގު ހޯދަން މުޒާހަރާކުރަން މަޖުބޫރުވެދާނެ.
އެލް ސަރުކާރު
02 May 2025
ސަލާމަތެއް ނެތް. ރާއްޖެއިން އެހެން ގައުމަކަށް ހިޖުރަ ކުރަންވީ. އެ ނޫން ގޮތަކަށް ނެތް ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭކަށް.