މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި --- ފޮޓޯ/މަޖިލިސް
04 މެއި 2025 - 21:08
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު މަގާމުން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމީ އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދާއިމީ ކޮމެޓީއަށް ފޮނުވަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑު ކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
05 May 2025
555 ވަނަ އިއްތިފާގު!
މަރުހަބާ
04 May 2025
މަރުހަބާ ސުޕްރީމް ކޯޓު ފަނޑިޔާރުން ފައިސަލް އަދި އައްބާސް. މަރުހަބާ ހައިކޯޓު ފަނޑިޔާރުން އަޒްފާ އަދި ހާފިޒާ. މަރުހަބާ ސިވިލް ކޯޓު ގާޒީން ޝިފާއު އަދި އައިޝާ. މަރުހަބާ މަރުހަބާ
އޮނަރަބްލް އަފީފު ދީދީ
04 May 2025
ދައުލަތުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ 3 ބާރުގެތެރެއިން ޤާނޫނީ ނަޒަރިއްޔާއިން ބަލާ ކަޑައަޅާނަމަ އެންމެޙާއްސަ ބާރުގެގޮތުގައި ބަލާންޖެހޭ ބާރަކީ ދައުލަތުގެ އުއްތަމަ ފަނޑިޔާރު ނުވަތަ ދައުލަތުގެ ސުޕްރީމްކޯޓް ނޫންނަމަ އެކޯޓްގެ އިސް ފަނޑިޔާރުކަމަށް ޤަބޫލުކުރާންޖެހޭ. އަވަށްޓެރި އިންޑިޔާ، ސިލޯނު، ބަންގާޅުގައިވެސް މިކަންއޮތީ މިހެން. އަދި މިފަދަކަންކަމުގައި ރިޢާއަތް ކުރަންޖެހޭނެކަމަށް ޤއ ގައި ބުނާ ޑިމޮކްރަޓިކް ދައުލަތްތަކުގައިވެސް ބަލާއުޅެނީ މިގޮތަށް.
އޮނަރަބްލް އަފީފު ދީދީ
04 May 2025
މަޖިލިސް ނައިބް ރައީސް "ނަމީރާ ނާޒިމްގެފަރާތުން އަޑު އިވިގެންދިޔަ ސުޕްރީމްކޯޓް ބެންޗް ފަހަކަށް ތިރިކުރުމުގެ އަޑާއިއެކު" މިކަންތައް ބާރުމިނުގައި ކުރިއަށް ދާންޖެހުނީ ޤއ އަށް އިސްލާޙްގެނެސް ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ޤާނޫނުއަސާސީން ލިބިދޭ ބާރާއިޙައްޤަށް އުނިކަންލިބޭ ފަދަގޮތަކަށް "ސިޔާސީ ޕާޓީއެއްގެ ކޮމަޓީއަކުން ނިންމާ ނިމްމުމެއްގެމައްޗަށް ބިނާކޮށް" ގޮނޑި ގެއްލޭނެކަމަށް ކަޑައަޅާން އުޅުނުމައްސަލަ ކޯޓާއިހަމައަށް ދިއުމުންކަން އެންމެނަށްއިގޭ.
އޮނަރަބްލް އަފީފު ދީދީ
04 May 2025
ޤާނޫނީ ވަކީލު އަލީ ހުސޭނު ސުޕްރީމްކޯޓަށް ހުށަހެޅި މިމައްސަލަ އެކޯޓަށް ނުބެލޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބް ބުނިކަމަށްވިޔަސް "ދައުލަތުގެ އެންމެޙާއްސަ ބާރު އަދި ޤާނޫނުއަސާސީގެ ބަލަދުވެރިފަރާތް ކަމުގައިވާ ސުޕްރީމްކޯޓް ބެންޗުން ނިންމީ" މިމައްސަލަ ސުޕްރީމްކޯޓަށް ބެލޭނެކަމަށާއި، "ދައުލަތުގެ ޤާނޫނުއަސާސީގެ ހަމަތަކާއި އުސޫލުތަކާއި ފުށުއަރާ ޤާނޫނެއް މަޖިލީހުން ހަދާނަމަ، އެކަންހުއްޓުވުމަށް ސުޕްރީމްކޯޓަށް ބާރުލިބޭތީ" މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް.
ސަސި
04 May 2025
ހަމަ ޔަގީން މިއީ އިއްތިފާގެއްކަން