ފުލުހުންގެ ކާރެއް: 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލާތާ ހަތަރު މަސް، މީހަކު ހައްޔަރެއް ނުކުރޭ
05 މެއި 2025 - 19:59
އުތުރުގެ އަތޮޅުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރާތާ ހަތަރު މަސްވީއިރު ވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ބުނެފި އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ އަދި ޅ އަތޮޅު) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓު މިދިޔަ ޖެނުއަރީ މަހު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ގުޅުން ހުރި އިދާރާތަކާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، މައްސަލަ ތަހުގީގު ކުރަމުންދާތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
އެހެންވެ، އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
06 May 2025
މިފަދަތަހުގީގުތައް ޑިލޭވެނަތީޖާނުނެރެވި، ވިކުޓިމަށްރައްކާތެރިކަނުނުލިބި އިތުރަށްވިކުޓިމައިޒްވާ އެއްސަބަބަކީ މާގިނައިދާރާތަށްގުޅިގެން މިމައްސަލަތައްބަލާ ގޮތްނިންމަންއުޅޭތީ، އަނެއްކަމަކީ ފުލުހުންގެތެރޭގައިވެސް އަދި ޖެންޑާގައިވެސް މިފަދަތަހުގީގުތައްހިންގޭވަރުގެ ތައުލީމީގާބިލުމީހުންނެތުން، ތިބެނީ މީހަކުރޯލާއިރަށް އިމޯޝަނަލްވާމީހުން، މިފަދަތަހުގީގުތަކުން ނަތީޖާނެރެވޭނީ ސިކުނޑީގެލޮލުންބަލަންއެނގޭމީހުނަށް ބޭރަށްމިއިންނަ ދެލޮލަކުންހަގީގަތެއްނުފެންނާނެ
ޗިމަނަ ކިލަން
06 May 2025
ހެކި ނުހުންނަ މީހުން ފްރޭމްކުރާ މައްސަލަތައްވެސް ގިނަ މިޒަމާނުގައި
މުލޭ
06 May 2025
ބައެއްފަހަރު ވާގޮތަކީ ކުދިންނޭ ކިޔާފައި މިތިބޭ ބޮޑެތި އަންހެނުން މީހުން ފްރޭމް ކުރަން ވެސް މަސައްކަތް ކުރަނީ ކޮންމެ ވެސް ސަބަބަކާހުރެ. މިކަންކަން ދެނެގަނެވޭ ވަރަށް ފުލުހުން ވެސް ގާބިލުވާން އެބަޖެހޭ. އަނެއްކޮޅުން ސިޔާސީ ބާރުވެރިން ފުލުހުސް އޮފީހަށްް އަތްބާބައިގެން އޭނާގެ ގާތް މީހާ ސަލާމަތްވެސް ކުރަނީ. ސިޔާސީ މީހާގެ ގާތްމީހާ ސަލާމަތްވާތީ ފުލުސް މީހާގެ ގާތް މީހާ ވެސް ސަލާމަތް ކޮށްދެނީ ފުލުހުން. ކުށްވެެރިން ސަލާމަތް ކުރުން ސަގާފަތަކަށް ހަދައިފި.
ހަލީމަ މެން
06 May 2025
ފިޒާމެން ދެން ކޮންބައެއް ހިމާޔަތް ކުރަން ބާ ކިޔެވީ؟
ޒިންދަގީ
06 May 2025
ނ މަނަދޫ ގައި ހުންނަ ތަނަކީ ވަރަށް ކަޑަ ތަނެއް. އަހަރެން ދަންނަ މީހެއްގެ ކަމެއްގައި ރޯ ނުބައިކޮއް ވިޒިޓު ރިޕޯޓު ހަދާލީ. އެކަމާ މިނިސްޓުރީން ވެސް އަޅާ ނުލި މައްސަލަ ޖެއްސީމަ.
ރިފޯމް މަނަދޫ ޖެންޑާ އޮފީސް ނައު!!
05 May 2025
ނ މަނަދޫ ޖެންޑާ ގައި ތިބެނީ ވަރަށް ފަރުވާ ކުޑަ ވެލިއުސް އެތް ނެތް ބައެއް.
ތެދެއް ހަމަ
06 May 2025
ފެނިފަ ތިބޭ ބައެއް އުޅޭ ތަނެއް.
ބުރުގާ
05 May 2025
17 އަހަރުވީމަ ކުއްޖެކޭ ނުކިޔޭނެ. އެވާނީ ބޮޑު އަންހެނަކައް.
ލީގަލް އޭޖް އިޒް 18
05 May 2025
ގާނޫނުގައި އޮތީ އެހެން. ހާދަ ވާނުވާ ނޭގެެޢޭ ދޯ؟
ހަރާމް
06 May 2025
ބޮޑަސް ކުޑަޔަސް ރޭޕާ ޖިންސީ އަނިޔާ ކުރާ ކަށް ނުޖެހޭނެ.
ވަކީލް ނަންބަރު އޮނަހައްޓި
06 May 2025
ޤާނޫނީ ގޮތުން ބަލާނަމަ ކުޑަކުއްޖެއް. އެޔެއްނޫން މައްސަލައަކި. ބޮޑުވިޔަސް ކުޑަވިޔަސް އިޒުނަނުލާ ޖިންސީ އަމަލު ހިންގީމަ މައްސަލައަކީ
މަހާ
06 May 2025
އާރޓިކަލްގައި ލިޔެފައިވަނީ އެކުއްޖާއަށް ޖިންސީ އަނިޔާއެއް ބައެއްގެ ފަރާތުން ލިބުނު ވާހަކަ. ޢެކަމަކު ތިޔަބޭފުޅާއަށް އެ އާރޓިކަލްއިން ފެނުނީ ހަމައެކަނި ކުއްޖެކޭ ޖަހާފަ އިނީމަ އެތަންކޮޅު. މީ ދިވެހިންގެ ވިސްނުން ހުންނ ގޮތް.
ޒުވާން ޖީލު
05 May 2025
މެދުރާޖެތެރެ ސްކޫލެއްގެ ގްރޭޑް 10ގައި އުޅު ދަރިވަރަކު 2022 ގައި މާބަނޑުވެގެން އެމައްސަލަ ރަށުން ބަލަން ނުކެރުނުތާ ޕޮލިސްއައް ވެސް އަންގާނުލާ. ވިހާ ގަދަވި އިރުވެސް ސްކޫލުގައި ކިޔަވަމުން ދިޔައީ. މި މައްސަލަވެސް އޭރު އޮތީ ސިޔާސީވެފަ
ކޮރަލް
05 May 2025
އެކަމަކު، މައްސަލަ ތަހުގީގު ކުރަމުންދާތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ކޮންމެ ފަހަރަކު މުޒާހަރާ ނުކުރަނީސް ހައްލު ކޮށްދީ ބަލާށެވެ.
އިރަމި
06 May 2025
ހައްޔަރު ނުކޮށްވެސް ދައުވާ ކުރާ މައްސަލަހުރޭ
މރ.ރެޑްކާޕެޓް
06 May 2025
ކޮންމެ މައްސަލައެއް ތަހުގީގު ކުރަނީ އެމީހަކު ހައްޔަރުކޮށްގެންނެއްނޫން ދޮންކަލޯ! ތިހާ މުޒާހަރާ ކުރާ ހިތްވަންޏާ ބޯޅަދަނޑަށް ބޯޑެއް ހިފައިގެން ނިކުމޭ ކޮރަލްވެސް. ނިކުމެ ހުރެ ދެތިން އިނގިލި މައްޗަށް ދައްކާފަ ހައްގޭ ހައްގޭ ގޮވާފަ މިޔުޒިކެއް ޖަހާފަ ނަށާފަ ޓީތީ ކުޅޭ. އޭރުން އެ ނިމުނީ. ހައްގުތައް ހަމަ އޮހެމުންދާނެ