ޚަބަރު / ސްކޫލް

ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ

ހިޔާ ޓަވަރުތައް -- މިހާރު ފޮޓޯ

06 މެއި 12:37

ގެއްލިގެން ހޯދަމުން އައި ކުއްޖާ ހުޅުމާލެ 1 އިން ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. ފުލުހުން ބުނީ، އެ ކުއްޖާ ފެނުނީ މެންދުރު 12:18 ހާއިރު ކަމަށާއި ހާލު ރަނގަޅު ކަމަށް. އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ކޮމެންޓެއް ފުލުހުން ނުދޭ.

ހުޅުމާލެ 2ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

އެ ދަރިވަރު ސްކޫލަށް ދާން ނުކުތީ ހިޔާ ޓަވަރު 8 އިން ކަމަށާއި އެކަމަކު އެ ކުއްޖާ ސްކޫލަށް ނުވަންނަކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގެއްލިގެން ހޯދާ ކުއްޖާގެ އުމުރުގެ ކުދިން ދާ ސްކޫލަކަށް ހުޅުމާލެ 2 ގައި ހުންނަނީ ސަލާހުއްދީން ސްކޫލެވެ.

އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިދިޔަ ހަފުތާގައި ވަނީ ހުޅުމާލެ ސްކޫލަކަށް ގެންދިޔަ ކުއްޖަކު ގޭޓުން ނުކުމެ ބޭރުގައި އުޅެނިކޮށް ވެސް ހޯދައިފަ އެވެ. އެ މައްސަލަ ވެސް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

21 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 71%
icon angry icon angry 0%
icon wow icon wow 24%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު ނިޒާމް

07 May 2025

މިކަމަށް ހައްލެއް ގެނެވޭނީ ފިރިހެނަކާއި އެކު ފިލާމީހާ ފިލުމަކީ ކުށެއް ކަމުގާ ބަލައިގެން ގާނޫނުގެ ތެރޭއިން އަދަބް ދެވިގެން

The name is already taken The name is available. Register?

ސުވާލުމާކް

06 May 2025

"ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ."............ ހެދުނު 7 ޖެހިއިރު ސްކޫލަށް ދިޔަ ކުއްޖަކު ގެއްލުނުކަމަށް 8:30 ގަ ރިޕޯޓްކުރުމަކީ ކިހިނެއްވީކަމެއްބާ!!!!!! މިހެން މިއަހާލީ ގެއްލިގެން ރިޕޯޓްކުރާ އެހެން ކޭސްތަކަށްވުރެ މާއަވަހަށް މިކަން ރިޕޯރޓް ކުރެވިފައޮތީމަ ހަމަ ސުވާލުތަކެއް އުފެދޭތީ

The name is already taken The name is available. Register?

ބދބޱބޱހ

07 May 2025

ވެދާނެދޯ ތަކުރާރުކޮށް ސްކޫލަށް ނާަނާތީ ޓީޗަރ ޕޭރެންޓަށް ގުޅީކަމަށްވެސް. ކޮންމެ ދުވަހަކު ސުކޫލު ޔުނީފޯމް ލައިގެން ސުކޫލަށޭ ކިޔާފަ ނިކުންނަނީ ކަމަށް. މިހާރު މި ބޮޑެތިވާކުދިން ހާދަ ބިރުބޮޑޭ. ބެލެނިވެރިން ރަނގަޅަށް ތަތުބިއްޔަތު ކުރަން މަސައްކަތް ކުރިޔަސް އެކުދިންނާ ޖެހޭ ރައްޓެހިންނާހެދިވެސް ކުދިން ގޯސްވޭ ކޫލްކޮށް އުޅެ ހިތުން

The name is already taken The name is available. Register?

ބަރަވެލި

06 May 2025

ހިޔާ ޓަވަރުތަކުގެ ވޯކްވޭތަކާއި ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ހަރުކޮށްފައި ހުރޭ، ސެކިއުރިޓީ ރޫމް ހުރޭ. ސުވާލަކީ މި ކެމެރާތައް މޮނިޓަރކޮށް ހަދާހޭ، ސައްކު އުފެދޭގޮތަށް ބަޔަކު އުޅޭނަމަ އެކަމާ އެޓެންޑްވޭހޭ. ސާލާހުއްދީން ސުކޫލްގައި ކިޔަވާދޭތާ 3 އަހަރު ވަނީއެވެ. އެތަނުގަ ސީސީޓީވީ ކެމެރާ އަދިވެސް ނުހުރެއެވެ. މިއީ ކޮންމެހެންވެސް އަވަސް ކުރަންޖެހޭ ދެތިން ހާސް ކުދިން އުޅޭ ސުކޫލެއްގައި ކުދިންގެ ހަރަކާތްތައް ބެލޭނެ މެކޭނިޒަމެއް ނެތުމަކީ ދެރަކަމެއް.

The name is already taken The name is available. Register?

މިތާ ޓަވަރުގިނަވެފައުހީ

06 May 2025

ކަލޭނޭ ސިންގަޕޫރުގަ ޓަވަރު މަދުކަމުން އެތާމީހުން ބަސްއަހަނީ. އަނެއްކާ މިނިވަންވީއްސުރެ ބޭއްވި 14 އިންތިޚާބުވެސް ކާމިޔާބުކޮށް އެއްޕާޓީ ވެރިންކާކުރާތާ ވީދުވަހެއްވީ.

The name is already taken The name is available. Register?

ނަޝާމާ

06 May 2025

އެޗްޑީސީ އިންވެސް ކޮންމެ މަހަކު ސެކިއުރިޓީ އަށް ލާރިނަގާ އެކަމަކު އެއްވެސް ކަމެއް ނުވޭ ސާފުތާހިރުކަންވެސް ފުލެޓް ތަކުގައި އެހާމެ ކުޑަ...ބުޅާތަކުގެ ގެތަކެއްހެން ހީވަނީ ކުނި ބަހައްޓަން ހަދާފައި ހުންނަތަނުގެ ބޭރުގައިވެސް ކުނި ފުލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކުންވެސް ވެއްޖެ ތަންކޮޅެއް ޒިންމާދާރުވާން ގޮތެއް ފޮތެއް ނެތިގެން އުޅޭ ބައެއްގެ އުޅުން ހުންނަ ގޮތަކަށް އުޅުން ހުރީ

The name is already taken The name is available. Register?

މުނާލު

06 May 2025

އެޑިއުކޭޝަން މިނިސްޓަރުކަންް މަޖީދުސޯއާ ހަވާލުކޮށް ކުދިން ތަރުބިއްޔަތުކުރަންވީއެވެ. ހީ އިޒް ދަ ބެސްޓު!

The name is already taken The name is available. Register?

ޝުވާދު

06 May 2025

ޒިންމާ ވާ ފަރާތްތަކުގެ ވާހަކަ ކޮމެންޓް ތަކުގައި ދެއްކުމުގެ ކުރިން ފޭސް 2 ހެދި ފަރާތުން ފޭސް 2 ޕްލޭން ބައްލަވާލައްވާ... އެއީ ދިރިއުޅޭ ފަރާތްތަކަށް އެންމެ އެކަށޭނެ ޕްލޭނެއް.. އެ ޕްލޭން ގެއްލުވާލާ އެ ޕްލޭން ބޭކާރު ކުރީ ކޮންބައެއްތޯ ކޮން ސަރުކާރަކުންތޯ ބައްލަވާ އޭގެ ފަހުން ވާހަކަ ދައްކަވާ ފުލެޓްތަކުގައި ހުރީ ސެކިއުރިޓީ ބެލޭނެ ކެމެރާތައްވެސް ހަރުކޮށްފައި އޭގެ ބޭނުން ނުކުރީ ކޮންސަރުކާރަކުންތޯ ބައްލަވާ! ކޮމެންޓް ކުރިއަސް އަދި ނުވާނެ.

The name is already taken The name is available. Register?

ވާސް

06 May 2025

ހިޔާ ފުލެޓްތަކުގެ އޯނަރުންނަށް ޖާގަ ތަނަވަސް ފުލެޓްތަކެއް އަޅައިދީ… އަދި ހިޔާފުލެޓްތަކަށް ސަރުކާރުގެ އޮފީސްތަށް ބަދަލުކޮށްފަ އެއީ ހައި ސިކިއުރިޓީ ޒޯނަކަށްހަދާ. އެތަނުގައި ޑިޕްލޮމެޓުންނާއި ފަޑިޔާރުންނާއި، މިނިވަން ކޮމިޝަންތަކުގެ މެމްބަރުން އެކޮމޮޑޭޓްކޮށް ސިކިއުރިޓީ ދޭންވީ. އޭރުން އިތުރު ލިފްޓްވެސް ބޭނުމެއް ނުވާނެ. އަދި ގޭންގް ތަށް ހާލިހަދާނެ ތަނެއް ނޯންނާނެ!!!

The name is already taken The name is available. Register?

ޖާގަ ތަނަވަސް ފްލެޓް އަޅައިދެވޭނީ ކިހިނެއް؟

06 May 2025

މިހާރުވެސް އެއުޅެނީ -/3،000ރ ވެސް ނުދައްކައިގެންނެވެ. ޖާގަ ތަނަވަސްވި ވަރަކަށް ކުލި ވެސް ބޮޑުވާނެ އެވެ.

The name is already taken The name is available. Register?

އަސްލީ

06 May 2025

މުޅި ގައުމު ބޮއްސުންލައިފި. ހުރިހައި ކަމެއްހެން ހަމައިން ނެއްޓެނީ.

The name is already taken The name is available. Register?

ގޮހޮޑާ

06 May 2025

ތި ހުޅުމާލެ 2ވަނަ ފޭސްއަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ގޮތަކަށް ތަރައްގީކޮށްފަ އޮތް ތަނެއް ނޫން. ހިޔާ ޓަވަރުތަކުގަވެސް އެއްވެސް ސެކިއުރިޓީއެއް ނޯވޭ. ބޭނުން މީހަކު ބޭނުން އިރަކު ވަދެ ނިކުމެ އުޅެންވީ. މަސްތުވާ ތަކެއްޗާއި ވައްކަމުގެ މައްސަލަތައް އިންތިހާއަށް ބޮޑު. މަގުތައް ހަނިކަމުން ޓްރެފިކްގެ މައްސަލަ އެހާ ބޮޑު. އެކަމަކުވެސް މީން ކަމެއް ހައްލުކުރަން އަޑުއުފުލާ ސިޔާސީ މީހަކުވެސް ނެތް

The name is already taken The name is available. Register?

މޮހޮޑާ

06 May 2025

ތަނެއް ހަދާއިރަށް ރަށް ދޫކޮއްލާފަ އައިސް ކޮފިގަންނާތި އަދިވެސް….

The name is already taken The name is available. Register?

ގޮހޮޑާ

06 May 2025

@މޮހޮޑާ، އަހަރެމެން ކަހަލަ މީހުން އައިސް ކޮފި ނުގަންނަ ނަމަ ކަލޭމެން ތިބޭނީ ނުކައި ނުބޮއިކަންނޭގެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454