ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ: ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލަން ފަށާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
07 މެއި 2025 - 11:41
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒްއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބަލަން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެއީ ޝަރީއަތެއް ނުހިންގައި، ލަސްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއްގެ ޝަރީއަތެއް ކަމެއް ސާފެއް ނުވެ އެވެ.
ފަނޑިޔާރުންނާ ގުޅޭގޮތުން ބަލާ މައްސަލަތަކުގެ ތަފްސީލް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އެހެންވެ، މިކަމާ ގުޅޭގޮތުން ކޮމިޝަނެއްގެ ބަހެއް ނުލިބެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވިއިރު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ.
ފަނޑިޔާރު ދީބާނާޒަކީ ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ އައްޔަންކުރި އަންހެން ގާޒީ އެވެ. އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދީބާނާޒް ފަހުމީ އައްޔަން ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީން
07 May 2025
ވަރަށް ދެރަކޮށް މިދަނީ! ހުރިހާ ކިޔަވައިގެން ތިބި މީހުން ބޭރުކޮށް ހުރިހާ ތަނަކަށް އެކްޓިވިސްޓުން ލަިއގެން މިއޮތް ގައުމުގެ ދުވަސް ދަނީ! ޖުޑީޝަރީއަށް ވެސް ލާން މިއިޅެނީ ޕާޓީ ކުދިން! ޣައުމުގެ ދުވަސް މިދަނީ!
ޕޮޓޭޓޯ
07 May 2025
މޮޅު މީހުން ދުއްވާލުމުގެ ސީޒަނެއް. ޢެއީ މިވެގެން އުޅޭ ގޮތަކީ.
ދީބާ
07 May 2025
މައްސަލަ ނުބަލާ ލަސްކުރަން މޮޅު މީހެއް.
ރާމެން ނޫޑްލްސް
07 May 2025
ދީބާ ފަނޑިޔާޜާއި ނުބެހޭ. އެއީ ވަރަށް މޮޅު ބޭފުޅެއް. ވަރަށް ރަނގަޅަށް ލިޔުއްވާ. ދިރާސާވެސް ކުރައްވާނެ. ޢަންހެނަކަށްވީމާ ހަދާލާގޮތް. މިވަނީ ޕަރސަނަލް.
ނަހަމަހުކުމް
07 May 2025
ތިޔަހެން ނަލަންޖެހޭ ކިތައް މައްސަލަ ހައިކޯޓުގައިވޭތޯ ބަލަން ވަރަށް ކޮމެންޓް ކޮށްފިން. އެކަމަކު ވަކި މައްސަލައަކާ ގުޅިގެން ވަކިބފަނޑިޔާރަކާ ދިމާކުރުމަކީ ވަކިމީހަކަށް ޖޭއެސްސީން ކޮށްދޭ ފައިދާއެއް. ކޮރަޕްޝަން ތިޔަ ހިންގެނީވެސް. އެންމެ ފުރަތަމަ ބަލާބަލަ ކިތައް އަހަރު ވެފައިހުރި ކިތައް މައްސަލަ ނުނިމި ތިޔަ ކޯޓުތަކުގައި ހުރިތޯ. ހުވައި މިބުނީ ކޮންމެ ފަނޑިޔާރަކުވެސް ޖެހޭނީ އިސްލާހީ ފިޔަވަޅެއްގެ ތެރޭ. ނޫނީ ވަކިކުރަންޖެހޭ ހިސާބުގައި.
ފަހި
07 May 2025
ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުތެރޭގައި ފަޑިޔާރުންގެ އިޙްލާސްތެރިކަމެއް ނެތުން ސިޔާސީއޮއިވަރާ އެކު ފަޑިޔާރުން ބަދަލުކުތުން
ލޯޔަލް ސްޓާފް
07 May 2025
ދީބާ ފަނޑިޔާރަކީ މީހުންނަަށް ވަރަށް ހިތްހެޔޮ، އަހްލާޤު ރަނގަޅު، ބަރާބަރަށް ނަމާދު ކުރާ، ވަރަށް ހެނދުނާ އޮފީހަށް ވަޑައިގެން މައްސަލަތައް ދިރާސާކުރާ ފަނޑިޔާރެއް. އެންމެ ކުޑަ މިނުން ފަތިގަނޑު ޖައްސައގެން، ފަންސޫރުން މާކްކޮށްގެން ދަޢުވާގައި ނަންބަރެއް އޮންނަނަމަ ނަންބަރުތައް ދިމާވޭތޯ ބަލާ ފަނޑިޔާރެއް. މީހަކަށް ދެރައެއް ނުދޭނެ. އަބަދުވެސް އެހެން މީހުންގެ ކުރިއެރުމަށް ހިތްވަރުދޭ މީހެއް. ސިސްޓަމް ތެރޭގައި ހުރި ޢިލްމީ މޮޅު މީހެއް. ޖަވާހިރެއް.
ކުޑަ ވަކީލު
07 May 2025
ފަތިގަނޑު ޖައްސައިގެން ބަލަން ހަދައިގެން އަހަރަކު 5 މައްސަލަ ނިންމެންޏާ ވާވު އަތޮޅު މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓްކަން ރަނގަޅުވާނެ
ދީބާ
07 May 2025
އާނ. އެހެންވެ ދޯ މަށަށް ކްރިމިނަލް ކޯޓުގަ ދެ އަހަރުން 5 މައްސަލަ ނިންމުނީ
ހައްހައްހަާ
07 May 2025
ވަރަށް ސާކާސްޓިކް.
އެކޮއި
08 May 2025
ނޫނޭ އެކޮޔަށް ނިންމުނީ 1 މައްސަލަ. ދެން ހަވަރަކަށް އަވަސްނިޔާ.
ޢެހެން
07 May 2025
ދިވެހިރާއްޖަެގައި ޤާުނުނު އެނގޭ ތިބެނީ 04. މިޙުން އެއީ.ކުރީޖެ އޭޖީ ކުރީގެ ޕީޖީ ކުރީގެ ޖޭއެސްއީގެ ރަޢީސް ދެން މިބޭފުޅާ އެހެން މީހުންނަކަށް އެވަރަކަށް ޤާނޫނު ނޭނގޭނެ ކަމަށް މިމީހުން ބުނަނީ
ކުޑު
07 May 2025
އެންމެ ފުރަތަމަވެސް ބަލަންވީ މިކަހަލަ މީހުންގެ. މައްސަލަތައް ނުނިންމާ މީހުންގެ. އޭރުން ގައިމު ރައްޔިތުންގެ ނުރުހުމެއްވެސް ނުލިބުނީސް. އެންމެންދަނޭ މިކަހަލަ އެތައް ބަޔަކު މެޖިސްޓްރޭޓް ކޯޓުތަކުގަވެސް ތިބިކަން. އަދި ސިވިލް ކޯޓާ ކްރިމިނަލް ކޯޓުވެސް. އެހެންވީމަ އެމީހުންގެ މައްސަލަ ބަލަންޏާ ރައްޔިތުންނަަށްވެސް ގަބޫލުކުރެވޭނެ ހަގީގީ އިސްލާހީ މަސައްކަތެއްކަން ކުރަނީ
ވަކަރުގެ
07 May 2025
ވަގުތު ނަގައިގެން މައްސަލަ ރަގަޅަށް ބަލާ ނިންމުން މާ ރަގަޅު އަވަސްއަރުވާލާފަ އަމާބުނީތީ ފަރަށްދާ ގޮތަށް މައްސަލަ ނިންމުމަށްވުރެ ނޫނީ އެއްޗެއްކިޔާ މައްސަލަ ބޭރުކުރުމަށްވުރެ.
ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިސް ޑިނައިޑް
07 May 2025
އަވަސް އަރުވާލުމާ ބޭކާރުގޮތުގައި މައްސަލަ ދިގު ދެއްމުމަކީ ދެކަމެއް.
ހުނަރު
08 May 2025
ތިމާ ނުބެދޭގޮތަށް އަދި އަނެކާ ކުށްވެރިވާގޮތަށް، ބޭކާރު ގޮތުގަ މައްސަލަ ދިގު ދެންމުމަކީވެސް ވާ ހާދަ މޮޅު އުކުޅެކޭ. އަނެއްކާ ސަބަބުތައް ލިޔެ ފަހަށް ރައްކާކޮށްފަ އެ ހުންނަނީވެސް. މި ހުންނަނީ އާދައާދައިގެން ކަންކަމެއް ނުމެނޫނިއްޔާ.
ގގފ
07 May 2025
ބަލާފަ ނުބަލާނެ ފަނޑިޔާރެއް ނެތް
ކޮރަލް
07 May 2025
ކޯޓް ތަކުގަ މައްސަލަ ތައް ދަނީ ވ ލަހުންނެވެ. މައްސަލަ ކުރިއަށް ދާނީ ރަސްމީ ގަޑީގަ ކޯޓް ގަ ހުރެގެންނެވެ. ސަރުކާރުން ރަސްމީގަޑީގަ ސޯސަލް މީޑީޔާ އާ ބާޒާރަށް އަދި ކޮފީ އަށް ދިއުން މަނާ ކުރަން ވީ އެވެ. ކޮފީ އެއް ބޯލަން ވެސް 1 ގަޑި އިރެވެ.