ޚަބަރު / އެޗްޑީސީ

ހުޅުމާލެ އަށް 21: ހޮނިހިރު ދުވަހު ފެމިލީ ކާނިވަލެއް ބާއްވަނީ!

ހުޅުމާލޭގައި މީގެ ކުރިން ބޭއްވި ކުޑަކުދިންގެ އިވެންޓެއް: ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައި.-- ފޮޓޯ: އެޗްޑީސީ

07 މެއި 2025 - 14:15

2 comments

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން "ފެމިލީ ކާނިވަލެއް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އަވަށުގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދިބޮޑު އެންމެން ވެގެން ހިތްގައިމު، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އެ ކާނިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައި ކަމަށް ބަޔާނުގައި ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމަކާއި އެކި ކަހަލަ އެކްޓިވިޓީތަކާއި ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ކާނިވަލުގައި ބަހައްޓާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އާއިލާގެ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯ އާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ވެސް ހުންނާނެ ކަމަށާއި ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތު ވެސް އެ ހަރަކާތުގައި ބައިވެރިވާ އެންމެންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކާނިވަލުގައި ކުރިއަށް ގެންދާނެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ފޯމް ޕާޓީ އާއި ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް) އަދި ޓްރެފިކް ޕާކް ހިމެނެ އެވެ.

ހުޅުމާލޭގައި މީގެ ކުރިން ބޭއްވި ކުޑަކުދިންގެ އިވެންޓެއް: ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައި.-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނިގޮތުގައި، ކާނިވަލް ކުރިއަށް ގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގަ އެވެ. ކާނިވަލުގައި ފޯމް ޕާޓީ ބާއްވާނީ އުރީދޫން ކަމަށާއި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ފުލުހުންނާއި އެމްއެންޑީއެފާއި އެޗްޕީއޭ އާއި ޓްރީޓޮޕް ހޮސްޕިޓަލާއި ތެލެސީމިއާ ސޮސައިޓީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި މަމްސް އެންޖީއޯ އާއި ކިޑްސް ޒޯން އާއި ޑޫ ގުޑް އެންޖީއޯ އަދި އެޗްއާރުސީއެމްގެ ވަރަށް ބޮޑު އެހީތެރިކަމެއް މި އިވެންޓަށް ލިބޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާ އެކު، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ކުރިއަށް ގެންދާ އެ ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.

ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އޮކްޓޯބަރު 16، 1997 ގައި ފައްޓަވައި ދެއްވީ އޭރުގެ ރައީސް މައުމޫނެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލޭ ރައްޔިތުން މާލޭގައި ބިކަކޮށްލައިފި!

08 May 2025

ހުޚުމާލެ އަކީ މާލޭގެ ރައްޔިތުންނަށް ރައީސް މައުމޫން ހިއްކެވި ތަނެކެވެ. އެކަމަކު މަޤްޞަދު ގެއްލުވާލައްވައި ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ޔާމީން އާއި މުޢިއްޒު އާއި ދެބޭފުޅުން ވެގެން، ރާއްޖެތެރޭ މީހުން ގެނެސް ހުޅުމާލެ ވެސް ތޮއްޖައްސައިފި އެވެ. އެވަރުން ވެސް ރ. މުޢިއްޒު އެއުޅުއްވަނީ ރައީސް ޞޯލިޙް މާލޭ ރައްޔިތުންނަށް ދެއްވި ފްލެޓް ތަކާއި، ގޯތިތައް ޙަވާލު ނުކުރައްވައި ބަގުޑިބައްދަވައިގެންނެވެ.

The name is already taken The name is available. Register?

މަރިޔަން މަލާ

07 May 2025

ހުޅުމާލެއަކީ ރައްޔިތުންނަށް ދިމާވެފަވާ ގޯތިގެދޮރުގެ ކަންތަށް ހައްލުކުރުމަށް ހިއްކިތަނެއްނޫން. އޮޅުވާލަންނޫޅޭ އޮޅުވާލެވޭނީ މައުމޫމް ދައުރުގެ ޖީލު ނެތިދިޔަ ދުވަހަކުން. މައުމޫން އެތަން ހިއްކަން އެޅި ފުރަތަމަ ވެލިކޮޅުވެސް އެޅީ މާލޭ މީހުންނަށް ދިމާވެފަވާ ގެދޮރުގެ ދަތިކަން ފިލުވާދޭން. މި ކޮމެންޓް ހީވަނީ ނުޖަހާނެހެން އެހެނަސް މީ ހަގީގަތަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454