ޖަޕާނުން ރާއްޖޭގެ ކޯސްޓް ގާޑަށް ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
07 މެއި 2025 - 14:57
ޖަޕާނު ސަރުކާރުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހަދިޔާކުރަން ނިންމާފައިވާ "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް"ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ކަނޑައަޅާފައި ހުންނަ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ޖަޕާނު ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 400 މިލިއަން ޖަޕާނީސް ޔެން (2.8 ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރާ އުޅަނދުތައް އިތުރުވުމުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށާއި ކަނޑުގެ ގާނޫނުތައް ތަންފީޒު ކުރުމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރިއެެރުންތައް ލިބޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
Maldives and Japan Sign Exchange of Notes for the Provision of two Harbour Crafts to MNDF Coast Guard
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 7, 2025
📃 Press Release | https://t.co/nZzoRiqdOH pic.twitter.com/m93KrdLBnZ
ޖަޕާން ސަރުކާރުން ގެންގުޅޭ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ހަލީލް ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ޖަޕާންއާ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގައި ޖަޕާނުން އަދާކުރަމުން އަންނަ މުހިންމު ދައުރު ފާހަގަކޮށް، އެކަމަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ފިނޭންސް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެކުރިން ވެސް ޖަޕާނުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އުޅަނދެއް ހަދިޔާކޮށްފަ އެވެ. އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ވެސް ޖަޕާނުން ކުރިން ވެހިކަލްތަކެއް ހަދިޔާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައުދު
08 May 2025
ޑރ.ވެރިޔާ ނުބުނޭތަ މީ މަ ގެނައި އިންވެސްޓްމެންޓް އެކޭ.
ޗައިނާ
08 May 2025
ޖަޕާން ސަރުކާރަކީ ޒަމާނުއްސުރެ އެއްވެސް އަމިއްލަ އެދުމެއްނެތި ރާއްޖޭގެ ތަރައްގީއަށް އެހީވަމުން އަންނަ ގައުމެއް..ފާހަގަ ކޮއްލަންޖެހެނީ މިހާތަނަަށް ކޮއްދިން އެއްވެސްކަމެއްގެ ބަދަލު ދޭން ޖެހިފައިނުވުން..ކުރާމަސައްކަތެއްވިޔަސް ދޭހަދިޔާއެއްވިޔަސް ހާދަ ދިގުމުއްދަތަކަށް ބޭނުންކުރެވެއޭ..ކޮންމެ ވެރިޔަކު ހުއްޓަސް ރާއްޖެ މިހިސާބަށް އައުމުގަ ޖަޕާން ސަރުކާރުގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް.. ޝުކުރިއްޔާ ޖަޕާން
މަގެ އުދުހޭ
07 May 2025
ޖަޕާން އިޒް ދަ ބެސްޓް
ޔަމަޔާ
07 May 2025
ކޮންމެ ސަރުކާރެއް އޮތަސް ޖަޕާނަކީ ފެށުނީއްސުރެ ހިލޭއެހީ ދިވެހި ރައްޔިތުން އަށް ދޭ ގައުމެއް.
މޮހިތު
07 May 2025
އުޅަނދު ތޯ ނޫނީ މަނަވަރު ތޯ...