މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު: ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް އިންސްޕެކްޝަނުން ވަނީ އެނގިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 މެއި 2025 - 21:02
ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ވަރަށް "ބަރާބަރު" ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހު މިއަދު ވިދާޅުވެއްޖެ އެވެ.
ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ރަމްޒެއް ކަމުގައިވާ ސިނަމާލެ ބްރިޖުގެ އިންސްޕެކްޝަންގެ މަސައްކަތުގައި އުޅޭ ޒުވާން ޓީމާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
"އުފާވެރި ޚަބަރެއް: އެމީހުންގެ ފުރިހަމަ އިންސްޕެކްޝަނަށް ފަހު، މި ރީތި ބްރިޖު، ހަތް އަހަރު ބޭނުންކުރުމަށް ފަހު ވެސް، ވަރަށް ރަނގަޅު ހާލަތެއްގައި އޮތްކަން އެނގިއްޖެ،" ސަފީރު ވިދާޅުވި އެވެ.
Just held a meeting with the young team of China-Maldives Friendship Bridge inspection work.
— Ambassador Kong Xianhua (@China_Amb_Mdv) May 7, 2025
GOOD NEWS: according to their thorough inspection, the condition of this beautiful bridge, after 7 years in use, is terrifically good! pic.twitter.com/83GBnyuPCq
ސަފީރު ވިދާޅުވީ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ރަނގަޅީ އެތަން އިންސްޕެކްޓުކޮށް، ބެލެހެއްޓުމުގައި ޗައިނާގެ ޕްރޮފެޝަނަލް ޓީމެއް މަސައްކަތްކުރާތީ ކަމަށެވެ. އެ ޓީމުގައި ޗައިނާގެ ޒުވާން އިންޖީނިއަރުންގެ އިތުރުން ބައެއް ދިވެހި ޒުވާނުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ އިތުރު ގިނަ ދިވެހި ޒުވާނުން ގާބިލު އިންޖީނިއަރުންގެ ގޮތުގައި ކުރިއަރައި، ބްރިޖް މެއިންޓަނަންސްގެ މަސައްކަތާ ހަވާލުވާނެ ކަމަށް،" ސަފީރު ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު: ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް އިންސްޕެކްޝަނުން ވަނީ އެނގިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާ ސަފީރު ކޮންގް ޝިއަންހު އެ މަގާމާ ހަވާލުވެ، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވީ މިދިޔަ ހޯމަ ދުވަހު އެވެ.
އޮގަސްޓް 30، 2018 ގައި ބޭނުންކުރަން ފެށި ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލައި، މި ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ދަތުރު ކުރެ އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު: ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް އިންސްޕެކްޝަނުން ވަނީ އެނގިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ ފުރަތަމަ، އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ވެސް މެ އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަކަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އެ ބްރިޖު ބޭނުންކުރަން ފެށީރުއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަނީ ބްރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ހިލޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
08 May 2025
މިހާރުވެސް 100 އަހަރައްވުރެ މަތިވެފަ ހުރި އެތައް ބުރިޖުތައް ދުނިއޭގެ އެކި ކަންކޮޅުތަކުގަ ބޭނުން ކުރާއިރު 5 އަހަރުވީ ބުރިޖެއްގަ ކޮންމައްސަލަ ތަކެއްތޯ ހުންނައްވީ! ތިބުރިޖުތައް ބަލަހައްޓަން ބުރައަކައް ވާނީ މިހާރު އުފަންވާ ކުދިންނައް ލިބޭ ދަރިންނައް
ބުރުގާ
08 May 2025
ރައީސް ޔާމީނުގެ ހުރިހާ މަސައްކަތެއްވެސް ބަރާބަރުވާނެ.
ޑިވެހިން
08 May 2025
ޗައިނާ މީހުން ތި އިންސްޕެކްޝަން ކަމަށް ބޭނުންވާ އިކުޕްމެންޓް ތަކާ އެއްކޮށް ވަރަށް ކަމާވެގެން ކުރިތަން ފެނޭ. އަދި ތިޔަށް އިތުބާރުވެސް ކުރެވޭ ނަމަވެސް ދިވެހި މީހާ ތި ކިޔަވައިގެން އައިސް އޯކޭ ކަމަށް ސޮއިކޮށް ނިންމާލާނެ. ކަމެއް ވެގެނެއް ނު އެހެރަ އަނދާ ހުލިވި އިމާރާތްތަކާ ވެއްޓި ވެއްޓި ހުންނަ ތަން ތަންވެސް އެސެސްމަންޓް އިން ފާސްވަނީ
ޢަަޔސ
08 May 2025
ބުރިޖް ރަނގަޅަކަސް މިރާއްޖޭގަ އެބަޖެހޭ ގަވައިދާ ހިލާފަށް ދުއްވާ މީހުންނަށް ހަރިކަށި ފިޔަވަރުއަޅަން
އަސަރަފަ
08 May 2025
ޝުކުރިއްޔާ ޗައިނާ. ޝުކުރިއްޔާ ރައީސް ޔާމީން. އަހަރެމެން އަދި އެއްފަހަރު ބޭނުން ރައީސް ޔާމިންއަށް ވެރިކަން ދޭން
ކިރުސައި
08 May 2025
ބޭނުންކުރަން ފެށިތާ އެންމެ 7 އަހަރުވީ ތަނަކަށް އަދިވެސް ބާރާބަރޭ ބުނީމަ ވަރަށް ސުވާލު އުފެދޭ. ކިތައް އަހަރުތޯ ތީގެ ލައިފްސްޕޭން އަކީ؟ 5 އަހަރުގެ ދައުރަކަށް ވާވަރަށްތޯ ހެދީ. އާންމް އެންމެ ދަށް މިންގަނޑުން ބެލިޔަސް މަދުވެގެން 50-70 އަހަރު ބޭނުންކުރެވެން ޖެހޭނެ.
ވޯލް
08 May 2025
ތި ދިވެހި ސަރުކާރާ ހަވާލު ކުރާއިރަށް ތިތަންވެސް ވީރާނާ ވާނީ. ސަރުކާރަށް އެނގޭ ހަމަ އެކަނި ކަމަކީ ސިޔާސީ ބޭކަރު މަޤާމުތައް ބެހުން.
ލޮލްްް
08 May 2025
އަދިވެސް އޭ؟ އަދި 10 އަހަރޭވީ. ސްޓްތަކްޗަރަލް އިންޖނިއަރިން ޓާމުންނަމަ އެއީ 2 ދުވަސް
ދަގަތްފާނު
07 May 2025
ޗައިނާ އިންޑިއާފަދަ ގައުމުތަކުން ބުރިޖާއި ހަސްފަތާލާއި މަގުތަކާއި އެކިއެކި އުމްރާނީ ބޮޑެތި ކަންކަންކޮށްދޭއިރު އިނގިރޭސިން އަޅާދޭ އިމާރާތެއް އެބަހުރިތޯ. ކޮންމެވެސްމީހެއްގެ ހައްގު ނުހޯދިގެން ނޫނީ އަނެއްބަޔަކު ބާރުވެރިނުވެގެން އާވިކޮޅެއްއަރުވާފަ ނޫހުގަ ޖަހާލީމާ އެނިމުނީތޯ.
ރަދީފް އެންޑް ކޯ
08 May 2025
އެމީހުންދެނީ ފަންނީ އެހީ.
ހުސަ
08 May 2025
ރަގަނޅު ވާހަކައެއް! ހުޅަނގުގެ ގައުމުތަކުން އެއްކަމެއް ކޮށް ނުދޭ! އެކަމަކު އެމީހުން ކުރާކަމެއް އޮވޭ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެކިއެކި ކުރުކޯސްތައް އަބަދު ހިންގަން އަންނާނެ! އަދި ރާއްޖޭގެ މުހިންމު ވުޒާރާތަކަށް މިދެންނެވިހެން ހިންގާނެ! ބޭނުމަކީ ޖާސޫސުކުރުމާއި މަޢުލޫމާތު އެއްކުރުން! ކޮންމެ ވެރިކަމެއް ބަދަލުވާއިރަށް ޓެރަރިސްޓް ހަމަލާއިން ރައްކާތެރިވުމަށް ޕްލޭން ހަދަން ހުރިހާ މުއައްސަސާއެއް ބޭނުންކޮށްގެން އެޕްލޭން ހަދަން އާދޭ!
ލުބްލާ2025
07 May 2025
ސުކުރިއްޔާ ޗައިނާ. ސުކުރިއްޔާ ރައީސް ޔާމީން. ޔާމީނު ވަރު ވެރިއެއް ނުލިބޭ މިގައުމަށް އޭނަ ކިތަންމެ ވ ކުރިޔަަސް. އެހެން މީހުން ވެސް ވައްކަންކުރޭ ބަރާބަރަށް، އެކަމު ދައްކާނެ ތަރައްގީއެއް ނެތް ޔާމީނު ގެނެސްދިން ފަދަ. (ބްރިޖު، ހޮސްޕިޓަލް، އާ ރަންވޭއާއި ޓާމިނަލް)