ސްޕެއިންގައި ކިޔަވާ ބައެއް ދަރިވަރުންނާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު، އޮންލައިންކޮށް ބައްދަލު ކުރައްވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
08 މެއި 2025 - 11:09
ސްޕެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އޮންލައިންކޮށް ބައްދަލު ކުރައްވައި، ދަރިވަރުންގެ ކަންބޮޑުވުންތައް ބައްލަވައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ސަރުކާރުގެ ލޯނު އެހީގައި ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ.
"މިނިސްޓަރު ވަނީ ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވާފައި. އަދި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި،" މިނިސްޓްރީން ބުންޏެވެ.
ސްޕެއިންގައި ކިޔަވާ ބައެއް ދަރިވަރުންނާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު، އޮންލައިންކޮށް ބައްދަލު ކުރައްވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ސްޕެއިންގައި ވެސް ދިވެހި ގިނަ ދަރިވަރުން ކިޔަވަނީ ޕައިލެޓް ކަމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 500 އެއްހާ މީހުންނަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ވަނީ ދީފަ އެވެ. އަދި ކިޔަވައި ނިމިފައިވާ ދަރިވަރުންގެ ތެރޭގައި މިވަގުތު 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބިފައި ތިބި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
08 May 2025
ހަފްތާ ނިމޭ ދުވަހު!
ސްޕެއިން ޕައިލެޓުން
08 May 2025
ތިޔައީއެމިނިސްޓްރީއިން ކުރާ ވިޔަފާރިއެއް.
އަފްލާތޫން
08 May 2025
ތިގޮތަށް އޮންލައިންކޮށް ބައްދަލުކުރާކަށް ނުފެނޭ، ދަތުރެއްވެސް އަޅާލެވޭނީ ސްޕެއިންނަށް ޖިސްމާނީގޮތުންގޮސް 5ތަރި ހޮޓަލެއްގަހުރެ ރަނގަޅު ޑިނާއެއްގަދޯ
އޮނަރަބްލް އަފީފު ދީދީ
08 May 2025
ސްޕެއިން ގައި ކިޔަވަމުންދާ ދިވެހިންގެ %95 އަކީ ޕައިލެޓްކަން ކިޔަވަންގޮސްތިބި ދަރިވަރުން. ދައުލަތުންނާއި އަމިއްލަޙަރަދުގައި ކިޔަވާކުދިން ކޯސް ނިންމުމަށްފަހު ރާއްޖެއައިސް ވަޒީފާއެއްނުލިބިގެން އެތައް މިލިޔަންރުފިޔާ ޙަރަދުކޮށްގެން ކިޔެވިދާއިރާއިން ކުރިއަށްދާނެ ފުރުސަތު އަމިއްލަ ޤައުމުން ލިބެންނެތިގެން ރިސޯޓެއްގެ ފުރަންޓް އޮފީހުގައި ނުވަތަ ލަގޭޖް ބޯއިއަކަށް މަސައްކަތްކުރާން ޖެހޭއިރު ބޭރުގެ 800 ސަތޭކަ އެއްހާ މީހުނަށް މިދާއިރާއިން ވާކްވިސާ ދޫކޮށްފައިވޭ!
ކަނޑޫމާ
09 May 2025
ދިވެހިންތިއްބާ ބޭރުޕައިލެޓުންނަގަނީ އެކްޕީރިއަނސަށް ބަލާފަބާ؟ ނޫނީ ކުޑަމުސާރައަކަށް ލިބޭތީބާ؟
އޮނަރަބްލް އަފީފު ދީދީ
08 May 2025
ރާއްޖޭގައި ކުދިބޯޓްތައް އޮޕަރޭޓްކުރާ އެއަރލައިން ތަކުގެތެރެއިން ޑޮމެސްޓިކް އެއަރޕޯޓްތަކަށް ދަތުރު ކުރާ މޯލްޑިވިއަން، މަންޓާ އަދި ވިލާގައިވެސް ބިދޭސި ޕައިލެޓުން ގެންގުޅޭ. އަދި ކަޑަށް ޖައްސާ ބޯޓު ދުއްވާ ކުންފުނި ތަކުގެ ތެތެއިން TMA ގައި 72 ބޯޓް، MANTA ގައި 35 ބޯޓް، މޯލްޑިވިއަން ގައި 14 ބޯޓް އަދި ވިލާގައި 6 ބޯޓް އޮތް އިރު މީގެ ތެރެއިން %80 ޕައިލެޓުން ނަކީ ބިދޭސިން. ކީއްވެ ދިވެހި ޕައިލެޓުން ވަޒީފާ ނެތިފައި ބޭކާރު ވެފައި ތިބޭއިރު މިކަން މިހެންވާންވީ؟!
ކައްޕިތާނު.
08 May 2025
ރަނގަޅު ވާހަކަ އެއް. އެކަމަކު ތިތަނުގައި ހުރި ބައެއް އަދަދުތައް ހުރީ ނުބައިކޮށް. ރަނގަޅު ކޮށްލާނެ ކަމަށް ހީކުރަން.
ޗޫޤީ
08 May 2025
އެކަމަކު އަދިވެސް ހަފްތާ ފެށޭ ދުވަހާއި ނިމޭ ދުވަސް އަހަރެމެންނަކަށް ސާފެއްނުކޮށްދޭ. ދެން ސުޕެއިންގައި ތިބި ރާއްޖޭގެ ދަރިވަރުންނާ ބައްދަލުކުރި ދުވަހަކީ ހަފްތާ ފެށޭ ދުވަސްކަމަށް ބަލަންވީތޯ؟
ހަނީބް
08 May 2025
ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ދަތިތަައް މިނިސްޓަރއަށް ނޭންގި ނޯންނާނެ..ކަންކަން ރަނގަޅުކުރަން ބޭނުންނަމަ ކޮށްފަ ހުންނާނީ..ދެން ތިހެންގޮސް ހުރިހާ ގައުމުތަކެއްގައި ތިބި ކުދިންނާއި ބައްދަލުކޮށްފަ ކަންކަން ކޮށްދޭން ބަލާއިރު ދައުރު ހަމަވެފަ އޮންނާނީ..ތީހަމަަ ގޭމް ޖައްސަނީ.. ދިގުދަންމަން.