"ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ" ގެ ފަރާތުން އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ނިކޮލަސް ހައިޑް އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ.އައިޝަތު ޝެހެނާޒް އާދަމް ސޮއި ކުރައްވަނީ.-- ފޮޓޯ: އެމްއެންޔޫ
08 މެއި 2025 - 12:59
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭރުގެ ދެ ޔުނިވާސިޓީއަކާ ގުޅިގެން ދިރާސާކުރުމާއި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސޮއިކުރީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ" އާއި މެލޭޝިއާގެ ޔުނިވާސިޓީ "ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ"އާ އެކުގަ އެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއާ އެކު އެއްބަސްވުން ހެދީ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމަށް ކަމަށެވެ.
މެލޭޝިޔާގެ ޔުނިވާސިޓީ "ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ"ގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ފަރީދު ރަވީ ބިން އަބްދުﷲ އާއި އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލާ ޑރ.އައިޝަތު ޝެހެނާޒް އާދަމް އެއްބަސްވުމުގައި ސޮއިކުރައްވަނީ. -- ފޮޓޯ: އެމްއެންޔޫ
އަދި އިސްލާމިކް ޔުނިވާސިޓީއާ އެކު ސޮއިކުރި އެއްބަސްވުމަކީ އެމްއެންޔޫއާ ގުޅިގެން ދިރާސާކުރުމާއި ދެ ގައުމުގެ ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހެދި އެއްބަސްވުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ.އައިޝަތު ޝެހެނާޒް އާދަމް އެވެ.
"ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ"ގެ ފަރާތުން އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ނިކޮލަސް ހައިޑް ސޮއި ކުރެއްވިއިރު "ސެލަންގޯ ޔުނިވާސިޓީން" ސޮއިކުރައްވާފައިވަނީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ފަރީދު ރަވީ ބިން އަބްދުﷲ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy