ކާޑު ބަރުކޮށްގެން އުތުރަށް ދިޔަ "އިނާ" ދޯނި ފަރަށް އަރާފައި. - ފޮޓޯ: އެމްއެންޑީއެފް
17 މާޗް 2017 - 12:17
ކާޑު ބަރުކޮށްގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި "އިނާ" ނަމަކަށް ކިޔާ ދޯންޏެއް ރޭ ފަތިހު ފަރަށް އަރައި، ދޯނީގައި ހުރި ބައެއް ކާޑުތައް މޫދަށް ވެއްޓިއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެސްޓީއޯ އިން ކާޑު ބަރުކޮށްގެން އުތުރުގެ ރަށްތަކަށް ދަތުރު ކުރަނިކޮށް، މަކުނޫދޫ އައިލެންޑް ރިސޯޓްގެ ހުޅަނގު ދެކުނު ފަރާތު ފަރަށް އެރި ދޯނީގައި 1،800 ބަސްތާ ކާޑު ހުއްޓެވެ. ނަމަވެސް މޫދަށް ވެއްޓުނީ އޭގެ ތެރެއިން ބައެއް ކާޑު ބަސްތާ އެވެ.
ފަރަށް އެރުމުގެ ސަބަބުން، ދޯނި ވަރަށް ބޮޑަށް ދިޔަވެފައިވާ ކަމަށާއި ދޯނީގެ ވެރިފަރާތާ ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީ އެކެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑުހަނޑޫ
17 March 2017
ވަރަށްފަހުން ކާޑުގެ ބާވަތްތައް ވަނީ ދެގުނަ ބޮޑުކުރެވިފަ ކާޑު އުފުލުމުގަ ފަރުވާ ބަހައްޓަމާ
މަރީ
17 March 2017
ވަރަށްހާލުގައި ތިބި މީހުންނަށް ބަލާއިރު ގޭގައި އެއަރކޯން އަތުގައި ފަހުގެ އައިފޯން ، ލޮލުގައި ރެއިބެން އައިނެއް ރޮލެކްސް ގަޑިއެއް 500 ރ ޖިންސް 300 ރ ގަމީހެއް ، މިކަހަލަ ފަގީރު ނިކަމަތިން ރާއްޖޭގައި ތިބެނީ
ފާލިހް
17 March 2017
ތީ ރައީސްޔާމިން ވަގުތުން އިސްތިއުފާދޭންޖެހޭވަރުގެ ކަމެއް. އެމްޑީޕީ މީހާ
ޢަލީ
17 March 2017
ރައްޔިތުންނައް ހަރާމްކޯރުނުވެ މިކަމުން އިބުރަތްހާސިލު ކުރުމައް ގޮވާލަން ވަރައްނިކަމެތި ހާލުގަ އެތައްބަޔަކު ރާއްޖޭގަ އެބަތިބި
ޢަލިބެ
17 March 2017
ހުސް ދޮގު
ދޫނި ރާއްޖެ
17 March 2017
ވަރަށް ދެރަ ޚަބަރެއް. ދަތުރުފަތުރު ކުރުމުގައި ބަލާއިގެން އުޅުން އެދެން.