ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ އަށް ނިސްބަތްވާ ތަލަޕަތީ ޕުގަޒެންދީ 27، އާއި ރާޖަގޯޕާލް ސެލްވަގަނަޕަތީ 47---
09 މެއި 2025 - 11:32
ބޯފެން ހުސްކުރި 40 ފުޅިއަށް ބަނގުރާ އަޅައިގެން ދަނިކޮށް ހުޅުމާލެއިން ރޭ ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ 1 ގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނުނު ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.
ބަނގުރާ އަޅާފައި ހުރި ފުޅިތައް. -- ފޮޓޯ: ޕޮލިސް
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުންނެވެ. އެއީ ތަލަޕަތީ ޕުގަޒެންދީ، 27، އަދި، ރާޖަގޯޕާލް ސެލްވަގަނަޕަތީ، 47، އެވެ.
ބަނގުރާ ގެންދަނިކޮށް ފެނުނު ވޭނާއި ފެނުނު ފުޅިތައް
މި މީހުން ބަނގުރާ އުފުލި ވޭނުގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ ވެހިކަލް ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެއްތަނުން އަނެއްތަނަށް ބަނގުރާ އުފުލުމުގައި އުޅެނިކޮށް ހައްޔަރުކުރާ ބިދޭސީންގެ އަދަދު ވަރަށް ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
11 May 2025
ސީ ބޮޑެއް މާނައަކީ ކޮންމެވެސް ކޮމާޝަލް ކަމަށް ރަޖިސްޓރީކޮށްފަ އޮތް ވެހިކަލް އަކޭ. މީގައި ދުއްވަންތިބޭ ބިދޭސީ ކުށްވެރިކޮށްލައިގެން ނުފުދޭ. މިފަދަ ކަންކަމުގައި ހަފަހެއްޓޭ ވެހިކަލް ގިނަ މުއްދަތަަކށް ޓޯކޮށްފައި އަދި ބޮޑު ޖޫރިމަނާއެއް ދައްކާގެން ނޫނީ ނުނެރެވޭގޮތް ހަދަންޖަހޭ. ވެހިކަލްގެ ވެރިފަރާތުން ވެހިަކލް ބޭނުން ކުރެވޭގޮތްވެސް ބަލަހައްޓަންޖަހޭ.
އަހައްމަދޫ
10 May 2025
ތިމީހުން އަނެއްކާ ފައްޔާޒުގެ ޕްރޮގްރާމަށް ވައްދާނީކީނޫން. ވަގުތުން ވަގުތަށް ފޮނުވާލަބަލަ
ސިޑު
09 May 2025
ތިކަހަލަ ކަންތަށް ކުރާމީހުން ވަގުތުން ވަގުތައް ޑީޕޯޓު ކޮއްބަލަ އޭރުން މައްސަލަ މަދުވާނެ..
ބޮޑޭސް
10 May 2025
ބޮޑެތި ޑީލަރުންނަށް އިއްޒަތްތެރީނަށް ހަދާފަ އެމީހުންގެ ޑުރަގް ފައިސާއިން މިސްކިތްވެސް އަޅާފަ ދޯ!!!!!
އަނަރަބްލް ކުރުސީ ބެއްޔާ ގެ ކާފަ
09 May 2025
މިކަމުގެ އަޑީގައި ތިބީ ކޮންބައެއް ؟ މި މީހުނަކީ މިތަކެތި އުފުލިމީހުން . މިތަކެތި ހޯދި ތަނެއް ޕާޓީކުރަން ރޭވި މަރުކަޒެއްގެ މައުލޫމާތެއް ހާމަނުކުރީ ފަޅާ އަރާފާނެތިޥެ ، މި ހުރީހާކަމެއް ވެސް މިހިންގަނީ ގުޅިގެން
ޖުހާ އައުޓް އޮފް ޓައުން
10 May 2025
މިވަރުގެ ކަންކަމުގަ މިހާރު ކޮންމެހެން އަޑީގައި ބަޔަކު ތިބޭކަަށް ނުޖެހޭ، މިއީ ވަރަށް އާަދައިގެ ކަންކަން، ކަންމަތީ ބޮންދުން ހިންގާ ލެވެލް، ތިއަށްވުރެ މާ ބޮޑުކޮށް އެހެނިހެން ވަގު ވިޔަފާރިކުރާ ބިދޭސީންވެސް ރާއްޖޭގައި އެބަތިބި، ކުށްކުރާ ބިދޭސީންނަށް ރާއްޖެއަކީ ސުވަރުގެއެއްފަދަ ތަނެއް، އެއްވެސް ޖެހިލުމެއް ބިރެއްނެތް، ބަސްޓުވިޔަސް ރެގިއުލަރައިޒް ކުރަން ފުރުސަތުދޭނީ، ތިމީހުންނަށްވެސް ބަގުރާ ވިއްކުމުގެ ހުއްދަނަގަން ފުރުސަތު ނުދީފިއްޔާ ރަގަޅު
ވަހީދޔ
09 May 2025
ކޮންތާކުން ކޮންތާކަށް ގެންދިޔަ އެއްޗެއްކަން ހާމަ ކުރާނަމަ ދޯ؟
ތާކިހާ
09 May 2025
ހުސްވާ އާސަންދަ އާއި ހުސްނުވާ ރަލާއި ޑުރަގު.
ޑރ ވާންޗޯ
09 May 2025
ތިޔަފުޅިތަކުން ތިތަނުންކޮންމެ މީހަކަށް 20 ފުޅި ވަގުތުން ބޯންދިންނަމަ ހުންނާނީ އަލާފިލާފަ. އަލުން ތިކަމާ ދުވަހަކުވެސް ނޫޅޭނެ.
ހަކީމ
09 May 2025
ކީއްވެ ހާމަ ނުކުރީ ވޭން އެއީ ކޮން ކުންފުންޏެއްގެ އެއްޗެއް ކަން
ގާސިމް
09 May 2025
ތިޔަ ވޭންގެ ވެރިފަރާތަކީ ކޮބާބާ. ގިނަފަހަރު ތިކަހަލަ ވިޔަފާރިމި ކުރަށް ވަނީ މަޖިލިސް މެންބަރުން ނޫނީ ސިޔާސީ ބޭފުޅުން. އެބޭފުޅުން ނުފޫޒުފޯރުވާގެން މައުލޫމާތު ފޮރުވާ އޮޅުވާލާ ތަން އެބަފެނޭ. ބިދޭސީ ދެމީހުން ގެ ބޮލައް އެކަނި ކަނޑާނުލާ ތީގާ ހިމެނޭ އެންމެން ގެނަން އާންމުކުރޭ.
ބުރުގާ
09 May 2025
ތީ ބާ ހަބަރެއް ނޫންތަ؟؟