މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާއެއްގައި މީހަކު ލިޔުމެއް ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
09 މެއި 2025 - 16:50
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދާ ސުވާލު ކުރުމުގެ ފުރުސަތެއް އަދި ނުލިބޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ. ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ރޭ މީޑިއާގައި ބުނެފައިވަނީ ޔުމްނު އަމިއްލައަށް ވެއްޓުނީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދުމުން އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުންނާއި ފުލުހުން ވެސް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ ރޭ ފާޑުކިޔެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.
"އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެ އެވެ،" ފުލުހުންގެ މެސެޖުގައިވެ އެވެ. ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މެލޭޝިއާގައި މި ވަގުތު ވެސް ދެ ފުލުހަކު ޔުމްނުއާ އެކު ގޮސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކީ ޑޮކްޓަރެކެވެ.
ޔުމްނުއާ ހަވާލާދީ ދައްތަ ރޭ ބުނެފައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނުގެ ދައްތަ ބުނީ ފެންޓެނޯއީގެ އަކީ ޔުމްނު ގޮސް އުޅޭ ގެއެއް ނޫން ކަމަށް ފުލުހުން ބުނާ ބުނުމަކީ ދޮގެއް ކަމަށާއި އެ ގެއަށް ދާ ކަމަށް ޔުމްނު ބުނި ކަމަށެވެ.
ފެންޓެނޯއީގެ އަށް ދިޔައީ އެ ރޭ ޔުމްނުއާ އެކު އުޅުނު ގުރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށާއި އެ ގްރޫޕްގައި އަދި އިތުރު ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރި އެވެ.
ޔުމްނު އާއި އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލްގެ ފެންޓެނޯއީގެ އަށް ދަނީ މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ދިއުމަށް ފަހު އެ ގޭގައި ވަގުތުތަކެއް ހޭދަކުރުމަށް ފަހުގަ އެވެ. ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ. އެ ރޭ އެއްކޮށް އުޅުނު ކަމަށް ބުނާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި - އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
ފެންޓެނޯއީގެއާ އިންވެހެން ހުންނަ ހ. މިޓާޒްގޭގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލުހުން ސަކްސް
10 May 2025
ފުރުޞަތު ވެސް ނުވެސް ލިބެނީސް، އެ ކުއްޖާ އަމިއްލައަށް ފުންމާލީއޭ ކިޔަން ފުލުހުންނަށް އެނގުނީ ކިހިނެއް؟ ފުލުހުންނަކީ ޔޯލަ ވާހަކަ ދައްކާ ބައެއްކަން ތިހާމަކުރީ އަމިއްލައަށް. ތަހްޤީޤު ކުރަންޖެހޭ ކަމެއް ތަހްޤީޤުނުކޮށް ތިބެ، ހަމައެކަނި ލޮލަށް ފެންނަ ފެނުމަކަށް ބުރަވެ، ދުނިޔޭގެ އެންމެން ކުރިމަތީ ނޫސް ކޮންފަރެންސެއް ބޭއްވީ ކޮންކަމެއް ފޮރުވަންތަ؟
އަލި
10 May 2025
އާއިލާއިން ކަންތައް ތިކުރަނީ ރަނގަޅަކަށް ނޫން. މީޑިއާއަށް އާއިލާއިން މައުލޫމާތު ދޭކަށް ނުޖެހޭ. ޢާއިލާއިންވެސް ކުއްޖާ ތިޔަކުރަނީ ފަޟީހަތް. ތަހުގީގު މަރުހަލާގެ މައްސަލައަކަށް އާއިލާއިން ނުފޫޒު ފޯރުވުނަކީ މައްސަލައިގައި ހިމެނޭ އެހެން މީހުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއް. އިންސާފު ލިބެން އޮންނަނީ އެކަކަށް ނޫން.
އެރެސްޓް ޔައްސާރު!!!
10 May 2025
ޔައްސާރޭ ބުނި ހިސާބުން ކޮމެންޓު ސެކުޝަނަށް ހުރިހާ ވަރެއް. އެކަކު ފުލުފުލުން އެކި ނަންނަމުގައި ކޮމެންޓުކޮށް ލައިކު ދީފަ. ތިހެން އުޅޭތީ މާބޮޑަށް ވެސް ޝައްކު ވޭ އެބަ އެސޮރުގެ ދައުރު ޔުމްނުގެ ކަންތަކުގައި އޮތް ހިސާބާ މެދު.
ހިތާމަހުރިކަމެއް
10 May 2025
ޔުމްނުއާ ކޮންމެހެން ސުވާލުކުރާކަށް ފުލުހުން ބޭނުމެއް ނުވެސް ވޭނޫންތޯ. އެހެންވީމަ ނޫންތޯ ފުލުހުން ވިދާޅުވީ އަމިއްލައަށް ވެއްޓުނީއޭ. އޭރު އެމަންޖެ އޮތީ ޚަބަރު ހުސްވެފަ ހޮސްޕިޓަލްގަ ނޫންތޯ. އެކުއްޖާ ހޭވެރިކަންވެގެން އެކަމާގުޅޭގޮތުން ވާހަކަ ދައްކަފާނެކަން ފުލުހުންގެ ވިސްނުމުގައި އޭރު ނުވެސް ނެތެއްނޫންތޯ. މިއަދު މުޅި މަންޒަރު އެވަނީ ބަދަލުވެފައި. ފުލުހުންގެ އިހުމާލު ނުވަތަ ނުފޫޒު އިންތިހާއަށް އޮތްކަން މިއެނގެނީ.
ޝްޝް
10 May 2025
ދެން ނުލިބޭނެ. ފުރުވާލީނުން ތޯ ދައުލަތުގެ ޚަރަދުގަ. އަދީބު ވިޔަސް ޔުމުނު ވިޔަސް ކުށެއް ކުރީމާ ފިޔަވަޅުއެޅުމުގެ ކެރިފޯރުންތެރިކަން ދައުލަތުގެ ޝަރުއީ ދާއިރާގަ ނެތީތޯ؟
ބޮއު ހަލާކު
10 May 2025
ތީ ޗަރުކޭހެއްނު. ސްޓޭޓްމަންޓް ނެތިއްޔާ ޕީޖީއަށް ކޭސް ނުކުރެވޭނެ. ތިޔަ ކޮމިޝަން އުވާލާ. ކުޑަކުދިންގެވެސް ބަޔާން މިހާރު ނަގާ އެކުދިންގެ އުމުރާ ގުޅޭ ގޮތުން. މީގެ މާނައަކީ އާއިލާވެސް ބަލާކަށް ބޭނުމެއް ނޫނޭ .ސަރުކަރުން އެމީހުންގެ މައްޗަށް އިންސާފަށް ހުރަސްއެޅުމު ދައުވާ ކުރޭ.
ދާލު
10 May 2025
އޭނަޔާ ބައްދަލުވުމުގެ ކުރިން އޭނަ އަމިއްލައަށް ވެއްޓުނީ ކަމަށް ފުލުން ބުނީ ކާކާ ސުވާލުކޮށްގެން ބާ! އަދި ވެސް މިކަން މާބޮޑު ކަމަކަށް ނަހަދައި ބަޔަކު ސަލާމަތްކުރަން އުޅޭހެން ހީވާކަހަލަ. މީހަކު ބަންދު ކުރީ ވެސް ޒުވާނުން އަޑު އުފުލަން ފެށުމުން، ޔުމްނުއަކީ އެންމެ މީހެއް، ކޮބާ މި ޑްރާމާ ކުޅުނު އެހެން މީހުން. މިވަރުން މުޖުތަމަޢުގެ ރައްކާތެރިކަން ދަމަހައްޓާނީ ކިހިނެތް؟
ހފހފފހގ
10 May 2025
ގައިމު ވީޑިއޯ ތަކުން ނުފެނޭ ހަތަރު މީހުން އުޅެތަނެއް. ހިސާބައްވުރެ ބޮޑަށްބޮއެގެން ހުރީމަ ފެނިދާނެ ސަތޭކަ މީހުންވެސް. އަހާބަލަ ބޭލި ހެދުން އެއްލާލެވުނުތަން އެނގޭހޭ
ފާގަދިޔަ
10 May 2025
ތިބޭޅާ އަށް އެޑިޓް ނުކޮށް އޮތް މުޅި ވީޑިއޯ ފެނުނީތޯ?
ރުސްކީ
10 May 2025
ހަސަންކުރުސީ ފޮރިން މިނިސްޓަރަކަށް ހުރިއިރު ހުސެން ސޮލާހުގެ މަރުގެ ސަރުކާރުން މައްސަލާގަވަނީ އިހުމާލުވެފަ... މިކަންކަން އަލުންބަލާނެ ފަރާތެއް ނެތްތޯ؟
ފުލުހުން ހަދަނީ ހުސް ދޮގު
10 May 2025
ޔުމްނުގެ ހާދިސާ ހިނގާ ދިޔަގޮތް، ޔުމްނުގެ ދުލުން ސޯސަލް މީޑިއާގައި ނުވަތަ ވީޑިއޯ ކޮށް ފުރަތަމަ، ކިޔާނުދީ ފުލުހުންނަށް ބަޔާން ދޭނެކަމެއްނެތް.! ފުލުހުންނަކީ މީހުން ދޭ ބަޔާން އޮޅުވާ، ފުލުހުން ޢަމިއްލަ އަށް ބުނާ އެތިވެސް ނުބުނާ ކަމަށް ހަދާ ބައެއް.