މީގެ ކުރިން ޔުމްނުއަށް އިންސާފު ހޯދަން ގޮވާލާ ބޭއްވި މުޒާހަރާއެއްގައި ޒުވާނުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 މެއި 2025 - 23:45
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އަޑުއުފުލަން ފަށައިފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި، އަނިޔާތަކެއް ލިބުނު އުމުރުން 21 އަހަރުގެ ޔުމްނުގެ މައްސަލާގައި ޒުވާނުން މުޒާހަރާ ފެށީ ފުލުހުންގެ ތަހުގީގުގައި ގޯސްތަކެއް ހެދި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި މާލޭގެ މަގުތަކުގައި ފެށި މުޒާހަރާތަކަށް ފުލުހުން ކުރިން ފުރުސަތު ދިން ނަމަވެސް މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ވަނީ އެއްވުން ރޫޅާލައި އެކަމުގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
އޭރު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އުޅެނިކޮށް އެ ތަނުގައި އެއްވުން މަނާކުރުމުން އެ މީހުން ދެން މުޒާހަރާކުރަން ފެށީ ކާނިވާ ސަރަހައްދުގަ އެވެ. އެކަމަކު އެ ތަނުގައި މުޒާހަރާކުރާތާ ހަފްތާއެއް ފަހުން އަލުން މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އަޑުއުފުލަން ފެށީ އެވެ.
"ދުލެއް ނުދޭނަން" ގެ ނަމުގައި ބާއްވަމުންދާ އެ މުޒާހަރާތަކުގައި އެމީހުން ގޮވަމުންދަނީ "ވެއްޓުނީކީ ނޫން، ވައްޓާލީ" ކަމަށެެވެ.
އެކަމަކު އެ ސަރަހައްދުގައި އެއްވެފައި އޮއްވައި ފުލުހުން ވަނީ މަގު ބަންދުވާނެ ގޮތަށް ނުތިބުމަށާއި ޕޭމަންޓު މައްޗަށް އެރުމަށް ގޮވާލައިފަ އެވެ. އެއީ މަގުމަތީގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށް ބުނެ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ރޭ ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުނެ އެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" އެ އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުންޏެވެ.
މިހާތަނަށް ފުލުހުން ޔުމްނުގެ ބަޔާނެއް ނުނަގަ އެވެ. ފުލުހުން ބުނީ ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.
އާއިލާގެ ފަރާތުން ޔުމްނު މެލޭޝިއާ އަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، އެ ގައުމުގައި ދިވެހި ފުލުހުންގެ ޑޮކްޓަރަކާއި އިތުރު އެހެން ފުލުހަކު މިހާރު ވެސް އެބަތިއްބެވެ. އެއީ ތަހުގީގުގެ ބޭނުމަށް ޔުމްނުއާ ސުވާލު ކުރުމަށް މެލޭޝިއާ އަށް ފޮނުވި ދެ ފުލުހުންނެވެ. އެކަމަކު، އެ ފުރުސަތު އަދި ނުލިބޭތީ ދެ ފުލުހުން އަދިވެސް ތިބީ އެ ގައުމުގަ އެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރި އެވެ.
ޔުމްނުގެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ ރޭ ފާޑުކިޔެވެ. އަދި ފުލުހުން ވެސް އާއިލާއާ ސުވާލު ނުކުރާތީ ޔުމްނުގެ ދައްތަ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. މިހާރު އޭނާއަށް ފަރުވާދެނީ މެލޭޝިއާގަ އެވެ.
އާއިލާ އިން ބުނާ ގޮތުގައި އޭނާގެ ހާލު ވެސް ދަނީ މަޑުމަޑުން ރަނގަޅުވަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ 1
10 May 2025
މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނާއި، އެތަކެތި ބޯ މީހުންނާއި ވޭޕް އެތެރެކޮށް ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން ހައްޔަރުކޮށް އެމީހުންނަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ވެސް، ތިކުރާ މުޒާހަރާ ތެރޭގައި އަޑުހަރުކޮށް ގޮވާބަލަ.
ގާސިމް
10 May 2025
މީހުން އެއްވެތިބޭ ތަންތާގަ، މުޒާހަރާ ކުރާ އިރު ދުންފަތު ގެއިސްތިއުމާލް ކުރުމާއި ސިނގިރެޓް، އައިކޮސް ފަދަ އެއް ޗެހި ގެންގުޅުން މަނާކުރަން ގޮވާލަން.
އަފުން
10 May 2025
އިންސާފު ހޯދަން ނުކުމެ އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުން އޯކޭ ދޯ. ތި އެއްވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ތިކަމުގެ ސަބަބުން ކިހާ ތުރާލަކާއި ގެއްލުމެއް އެބަ ލިބޭ. ގާނޫނު އަސާސީ އިން ލިބިދީފަ އޮތް ހަމައެކަނި ހައްގަކީ ޚިޔާލުފާޅުކުރުމުގެ ހައްގެއް ނޫން. އެހެން ބައިވަރު ހައްގުތައް އެބަހުރި، އެ ހައްގުތަކަށް ތި ސަކަރާތުން ހުރަސްއެޅޭ.
ބރދހހދގ
10 May 2025
ޔުމްނު އަށް އިންސާފު ހޯދަދޭން ނުކުމެ އުޅެނީ ވޭޕް ނުކުރެވޭތީ ހާޑުވެފަ ތިބި ގައްޑާވެގެން އުޅޭ ޒުވާނުންނޭ މިކިޔާ ބައިގަނޑު. އެ މުޒާހަރާގަ އެންމެ އިސްކޮށްއުޅޭ ތަންކޮޅެއް ދުޅަހެޔޮކޮށް ހުންނަ ބުރުގާ ނާޅާ މަންޖެވެސް މުޒާހަރާގަ ހުންނަނީ ސިނގިރޭޓު ޖަހާލައިގެން
ޑރ ވާންޗޯ
10 May 2025
އިންސާފު ލިބޭނެހޭ!. އިންސާފު ލިބޭނެހޭ!. ހައެރާނެއްނުވާނެތަ؟. ބަޔަކުތަ ބޯންދީފަދޫކޮށްލީ؟
މަނާނ
10 May 2025
އެންމެން އެކީ ހުރިހާ ނުބައިކަމެއްކޮށްފަ އެކީގައުޅުނު މީހުންގެ ބޮލަށް ކަނޑާލަނީ ހުރިހާކަމެއް. ގޭގަ އޮއްވާ ގަދަކަމުންނޭ ގެންދިޔައީ ނުބުނާކަން.
ދޮނާ.
10 May 2025
އެންމެން އެކީ ހުރިހާ ކަމެއް ކޮށްފަ އެންމެ މީހެއްގެ ބޮލަށް ހުރިހާ ކަމެއް ކަޑާފަ ބޮޑުންގެ ދަރިން ދޫކޮށްފަ ތިބަ ތަނެއް ނުފެނޭތަ ؟ ކީއްވެ އެ ޕާޓޭން ތައް ދޫކޮށްފަ ތިބެންވީ؟
ހޭޖެހިބަލަ
10 May 2025
އެންމެންނަށް އަދަބުދޭށޭ މިކިޔަނީ. ވެއްޓުނު މީހާގެ އާއިލާއިންވެސް އޭނަ ކަމެއް ނުކުރާ ކަމަށް ދައްކަންވެގެން މިހާރުއުޅޭތީވެ މިކިޔަނީ އެވާހަކަ. އަމަލުވެ ބުއްދިފިލައިގެން އޭނަވެސް ދުވެ އުޅުނު ވައްތަރު އެހެރީ ފެންނަން. ބޮޑުންގެ އާއިލާތަކުގެ މީހުންވެސް ހައްޔަރު ކުރަންޖެހޭނެއޭ ބުނެ ކޮމެންޓު ކޮށްފަ އޮންނާނީ މިޚަބަރުގެ އެންމެ ފުރަތަމަ ދުވަސްކޮޅު. ޔުމްނުވެސް ފަރުވާގެ ކަންކަން ނިމުނީމަ ހުންނަންނ ޖެހޭނީ ޖަލުގަ. އެއީ އިންސާފަކީ. އޮޅިގެން ނޫޅެބަލަ.
އޮޅުން ބޮޅުން
10 May 2025
މަސްތު ވީތޯ؟؟؟ މަސްތު ކުރުވީތޯ؟؟؟
ވަރުގަދަޔުމްނުއެްނު
10 May 2025
ދޮނާ ކަލޭ ހަމަޖެހިބަލަ. އެންނެންނަށް އަދަބު ދޭންޖެހެޔޭ އެންމެންވެސް އެބުނަނީ. ނައްސަލައަކީ ތިބުނާ ޔުމްނުއަކީ މުޅި ގައުމަށްވުރެ މަތި ހާއްސަ އިނާޔަތްތަކެއް ލިބެންޖެހޭ މީހެއްކަމަށްދައްކައި ކުށެއްނުކުރާ މީހެއްކަން އާއިލާއިން ދައްކަން އުޅޭތީ. ތިޕާޓީކުރިއެންމެންނަށް ކުށުގެ އަދަބު ޑެންޖެހޭގޮތަށް ޔުމްނުއަށްވެސް އަދަބުދޭންޖެހޭ. ބޮއެގެން އޮރިޔާން ހާލުގަ އުޅުނީ ބަޔަކު ގަދަކަމުން ކަމެއްކޮށްގެންހެން ހިއެއްނުވޭ.
ދުރުމި
10 May 2025
އެމީހާ މަސްތުވާ ތަކެތި ބޭނުން ކުރުމާއި ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ދައުވާ ކުރުމުގެ ކަންކަން އަވަސް ކުރުމަށް ގޮވާލަން . މިހާރު ވިކްޓިމް ކާޑު ކުޅެގެން މަސްތުވެގެން ޕާޓީ ކުރުމާއި ބަދުއަުލާގީ އަމަލު ނޯމަލައިޒު ކުރަމުންދާތަން މިފެންނަނީ .
ބަރަބޯ.
10 May 2025
އެމީހާއަށް އެކަނިތަ ؟ ދޫކޮށްފަ ތިބި ޕާޓޭންވެސް ރާބޮއިގެން ޕާޓީ ޑުރަގު ބޭނުންކުރިކަން ސާބިތުވޭ. އެ ޕާޓޭންވެސް ހައްޔަރު ކުރޭ.
ސިޔާސީ ނާޗަރަންގީީ
10 May 2025
މީ އިންސާފެއް ހޯދަން ކުރާ ކަމަކަށްވުރެ ކަނޑައެޅިގެން ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން ޖައްސާ ސިޔާސީ ގޭމެއް. އެހެންޏާފަހެ މިގައުުގައި މިއަށްވުރެ މާ ބޮޑެތި ކަންކަން ހިނގާ، ކޮޅެއްގައި ނުޖެހި އެބަ އޮތް ބައިވަރު. މީ ސިޔާސީ މީހުންގެ ނުލަފާކަން ހުންނަ ވަރު. މީހުންގެ ޖަޒުބާތާ ކުޅެގެން، ދަނޑިވަޅުގެ ފައިދާ ނަގައި، ސިޔާސީ މުޑުދާރު ގޭމު ޖެއްްސުން. ހެޔޮވިސްނޭ ބަޔަކަށް އެނގެންވާނެ ދެން އިހްލާސްތެރިކަން މިމީހުންގެ ހުންނާނެ ވަރު.
ބިސްބެ
10 May 2025
މީގެ ތެރެެއަށް އެންމެ ބޮޑަަށް އަތް ބާނަނީ އެމްބެސެޑަރ!. މިހާރު އެ ރެޑީ ވަނީ ރައުދު ބޮލަށް ހުރިހާ ކަމެއް ކަޑާލަން.
އަޖާބު
10 May 2025
މީހުން އިންސާފު ހޯދަންދަނީ ކޯޓަށް