"އޮޕަރޭޝަން ސިންދޫރު"ގެ މައުލޫމާތު ދިނުމަށް އިންޑިއާގެ އަސްކަރިއްޔާއިން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްއެއް.
11 މެއި 2025 - 07:11
ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ އަސްކަރިއްޔާ އިން ފަށާފައިވާ "އޮޕަރޭޝަން ސިންދޫރު"ގެ ނަން ވަރަށް ގިނަ ފިލްމާއި ސީރީޒްތަކަށް ކިޔަން ހުށަހަޅާފައި ވަނިކޮށް، ވިޔަފާރިގެ ބޭނުމަށް ކުރާ އެއްވެސް ކަމަކަށް އެ ނަން ރަޖިސްޓްރީ ކޮށްދިނުމާ ދެކޮޅަށް އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
"އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ އަސްކަރިއްޔާ އިން ހާއްސަ އޮޕަރޭޝަނެއް ފެށީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާއާ ގުޅިގެންނެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެއީ ޕާކިސްތާނު އަޑީގައި އޮވެގެން ކުރުވި ކަމެކެވެ. އެކަމަކު ޕާކިސްތާނުން އެ ވާހަކަ ދޮގުކުރެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ އޮޕަރޭޝަން އިއުލާންކުރި ހިސާބުން ފެށިގެން ފިލްމާއި ސީރީޒް އުފެއްދުމަށް މިހާތަނަށް ވަނީ 30 އަށް ވުރެ ގިނަ މީހުން "އޮޕަރޭޝަން ސިންދޫރު"ގެ ނަން ރަޖިސްޓްރީކޮށްދޭން ހުށަހަޅައިފަ އެވެ. އަދި މިހާރު އެ ނަމުގައި ފިލްމެއް އިއުލާންކޮށްފައި ވެސް ވެ އެވެ.
ދޭވް އަޝިޝް ދުބޭ ކިޔާ އަމިއްލަ މީހަކު އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނީ "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމަށް ފަސް މީހަކު މިހާރު ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ތައުލީމާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ވިޔަފާރިގެ ބޭނުންތަކަށް ކަމަށް ބުންޏެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ "އޮޕަރޭޝަން ސިންދޫރު"ގެ ނަމަކީ ޕާކިސްތާނުން ހިންގާ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން ކުރާ ހަނގުރާމާގައި މަރުވި ސިފައިންގެ އަނބިން ވީ ގުރުބާނީގެ ރަމްޒެއް ކަމަށެވެ.
އެހެންވެ، އާންމުންގެ އިހުސާސްތަކުގެ ބޭނުންކޮށްގެން އަމިއްލަ ވިޔަފާރިގެ ފައިދާ ހޯދުމަށް އެއްވެސް މީހަކަށް ނަހަމަ ގޮތުގައި މި ނަން ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.
އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެކަން އިއްޔެ އެންމެ ފުރަތަމަ އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
15 May 2025
ތިޔަށްވުރެ ރަނގަޅުވާނެ އޮޕަރޭޝަން ބޯގޯހެ ކީނަމަ
ގެއްލުނީއޭދޯ
11 May 2025
އިންޑިއާ ސަރުކާރުން ތިޔާ ޕްރޮޕެގެންޑާ ފެތުރި ނަމަވެސް އޮޕަރޭޝަން ސިންދޫރު އެއީ ފެއިލްޑް އޮޕަރޭޝަން އެކޭ އެއީ މޮދީ ގެ ފެއިލިއަރ އެކޭ މޮދީގެ ވެރިކަމުގައި އެކަނިއޭ އިންޑިއާ އިން ފާޅުގައި އެހެން ގައުމަކާއި ދެކޮޅަށް ހަމަލާދިނީ ޓެރެރިސްޓް ހަމަލާ ދިނީ ޕާކިސްތާނު ސަރުކާރުން ކަން އިނގޭނެ އެއްވެސް ހެއްކެއް ގަރީނާ އެއް ނެތީސް ހިޔަންޏަށް މުޑި ނަގައިގެން އިންޑިއާ އިން އިސްވެ ޕާކިސްތާނަށް ހަމަލާ ދިނުން އެއީ އިންޑިއާ އަށް ދުނިޔޭގެ ގައުމު ތަކުން ކުރާ އިތުބާރު