ޚަބަރު / މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ތަފާތު ހުރަސްތަކާ އެކު 9،000 އަށް ވުރެ ގިނަ ކުދިންނަށް ސްކޫލަށް ނުދެވޭ

ދ. ކުޑަހުވަދޫ ސްކޫލްގެ ކުދިން ސްކޫލް ގޭޓުން ވަންނަނީ: ރާއްޖޭގައި 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ތައުލީމު އުނގެނުމަށް ހުރި ބައެއް ހުރަސްތަކާ އެކު، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ވަނީ ރާއްޖޭގެ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އުމުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެކި ގޮތްގޮތުން ތައުލީމު ހާސިލްކުރަމުން އަންނަނީ 91 ޕަސެންޓް ކުދިންނެވެ. ތައުލީމު ހާސިލްކުރާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.

ބާކީ ނުވަ ޕަސެންޓް ކުދިންނަށް، އެކި ހުރަސްތަކުގެ ސަބަބުން ސްކޫލަށް ނުދެވެ އެވެ. އެއީ 9،450 ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރީ-ސްކޫލް ކުދިންނާއި ގްރޭޑް 10 ނިންމާފައި ތިބި ކުދިންނެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ "ޗައިލްޑް އިކުއިޓީ ސެންސަސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 9 ޕަސެންޓް ކުދިން ސްކޫލަށް ނުދެ އެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ.-- ފޮޓޯ: މިހާރު

މާލޭގައި 3,105 ކުއްޖަކު ސްކޫލަށް ނުދާއިރު ރަށްރަށުގައި 6,345 ކުއްޖަކު ސްކޫލަށް ނުދެ އެވެ.

ކީއްވެ؟

އެ ރިޕޯޓުގައި ވަނީ އެ ކުދިން ސްކޫލަށް ނުދާ ކަމަށް ބެލެވޭ ބައެއް ސަބަބުތައް ވެސް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

- ޕްރީ-ސްކޫލް ތައުލީމު (2-5 އަހަރު) ލާޒިމް ނުވުމާއި މާލެއާ އަޅާ ބަލާއިރު ހާއްސަކޮށް ރަށްރަށުގައި ޕްރީ-ސްކޫލްތައް މަދުވުން.

- ރަށްރަށުގައި މަތީ ސާނަވީ އަށް ކިޔެވޭނެ ފުރުސަތު މަދުވުން.

- ރާއްޖޭ އެކި ހިސާބުތަކުގައި ހުރި ތައުލީމީ ފުރުސަތުތަކާއި ވަސީލަތްތަކުގެ ފަރަގު ބޮޑުވުން.

- ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް މީގެ ތެރޭގައި ހިމެނޭ.

ސްކޫލަށް ނުދާ ކުދިން އެންމެ ގިނައީ ރާއްޖޭގައި އެންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ވ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ސްކޫލަށް ނުދާ ކުދިންގެ އަދަދު ހުރީ 15.6 ޕަސެންޓުގަ އެވެ. މިއީ އެ އަތޮޅުގައި ތައުލީމު ހާސިލްކުރަން ހުރި ދަތިތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ސްކޫލެއް ނެތް ރަކީދޫގައި ދިރިއުޅޭ ތިން ކުދިން ވަނީ ކިޔެވުމުން މަހުރޫމްވެފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި، މ. ރަތްމަންދޫގައި 21 ޕަސެންޓް ކުދިން ސްކޫލަށް ނުދެ އެވެ. ގދ، ޅ، ގއ، އަދި ފ. އަތޮޅުގައި ވެސް ސްކޫލަށް ނުދާ ކުދިންގެ ނިސްބަތް މައްޗެވެ. އެ އަދަދު ހުރީ 11.65 ޕަސެންޓާއި 12.52 ޕަސެންޓާ ދެމެދުގަ އެވެ. ދ. އަތޮޅުގައި 6.91 ޕަސެންޓް ކުދިން ސްކޫލަށް ނުދާއިރު، ތ. އަތޮޅާއި ފުވައްމުލަކުގައި 8 ޕަސެންޓް ކުދިން ސްކޫލަށް ނުދެ އެވެ.

ށ. މާއުނގޫދޫ ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލް ނިންމައިފައި ބައިސްކަލުގައި ގެއަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 17،651 ކުދިން ވަޒީފާ އަދާކުރެ އެވެ. އެއީ އެ އުމުރުފުރާގެ ކުދިންގެ ތެރެއިން ކޮންމެ ހަ ކުއްޖެއްގެ ތެރެއިން އެއް ކުއްޖެކެވެ. އަދި 58 ޕަސެންޓާ އެކު، ވަޒީފާ އަދާކުރާ ކުދިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ.

"މަސައްކަތްތެރިކަމުގައި ހަރަކާތްތެރިވާ ކުދިންގެ ނިސްބަތް އުމުރު މަތިވާ ވަރަކަށް މައްޗަށް ދާކަން ފާހަގަކުރެވޭ، އެގޮތުން މި ނިސްބަތް އުމުރުން 17 އަހަރުގެ އުމުރުފުރާގައި ހުރީ 27 ޕަސެންޓުގައި،" އެމްބީއެސް އިން ބުންޏެވެ.

އެމްބީއެސް އިން ބުނީ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 16 ޕަސެންޓް ކުދިންނަކީ ކިޔަވަން ނުދާ، މަސައްކަތުގައި ހަރަކާތްތެރިނުވާ އަދި ތަމްރީނުގައި ހަރަކާތްތެރި ނުވާ ކުދިން ކަމަށެވެ.

23 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 56%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުފޮނުވަނީ

11 May 2025

ސްކޫލަށް ނުދެވޭ ކުދިންނަށް ވުރެ މިހާރު ގިނައީ ބެލެނުވެރިން ކުދިން ސްކޫލަށް ނުފޮނުވުން

The name is already taken The name is available. Register?

ހައުފަސް

11 May 2025

ޢުމުރުން 4 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާކަށް ނުޖެހޭ. ގާނޫނު ބުނާގޮތުން ސްކޫލަށް ދާން ޖެހެނީ 4 އަހަރުން މަތީގެ ކުދިން.

The name is already taken The name is available. Register?

ރިއަލިޓި

11 May 2025

މައްސަލަ ފެށެނީ 5 އަހަރު ވީމަ ސްކޫލަށް ވެސް ނުފޮނުވާ ސްކޫލުން ބޭރުގައި ގޭގައި ވެސް ދަރިންނަށް ކިޔަވާ ނުދިނުން. ގެޓް ވެބަލަ

The name is already taken The name is available. Register?

އަޒީޒް

11 May 2025

ސްކޫލަށް ކުދިން މިޒަމާނު ނުދާ އެންމެ ބޮޑު ސަބަބު: ދީނީ ގޮތުން ބައެއް މައިންބަފައިންގެ ހުންނަ ވިސްނުން! މިކަން ހައްލު ކުރަން އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާ ވަރަށް ބޮޑު.

The name is already taken The name is available. Register?

ތައުލީމު

11 May 2025

ތީގަ ހުރި ސަބަބަށް ތުރެ މާ ހާމަކަން ބޮޑު ސަބަބެއް އެބޮތް ދަރިން ސްކޫލަށް ނުފޮނުވާ. އެއީ ދީނީ ގޮތުން ވިސްނުމުގައި ހުރި ތަފާތު ތަކެއް. މީ މިހާރު އޯޕަން ކޮށް ދައްކަން ޖެހޭ ވާހަކައެއް.

The name is already taken The name is available. Register?

ޖިންސް

11 May 2025

ބައެއް މީހުން ދަރިން ސްކޫލަށް ފޮނުވަން ބޭނުން ނުވާ ސަބަބެއް ކަމަށް ސެޖިންސު މައްސުނިކޮއްގެން ކިޔަވާ ދިނުން ހިމެނޭ. ދެން އަންހެން ފިރިހެން ކުލާސް ވަކިން ހަދާބަލަ. އަހަރުމެން ކިޔެވި ޒަމާނުުވެސް އޮތީ އެގޮތައް. އެގޮތް ރަނގަޅު އަސްލު

The name is already taken The name is available. Register?

ކޮބާތޭ އެޑިއުކޭޝަން މިނިސްޓަރޫ؟

11 May 2025

ވަކި ފިކުރެއް ގަބޫލު ކުރާ މީހުން ދަރިން ސްކޫލަކަށް ނުފޮނުވާ. މިނިސްޓުރީ އޮފް އެޑިއުކޭޝަނަށް އެކަން އިގޭ އިރު އެކަން ނުބަލާ. އެކަން ބެލޭނެ އެޑިއުކޭޝަން މިނިސްޓުރީ، ސްކޫލުތަކާ ސިޓީ ކައުންސިލް، ރަށް ރަށުގެ ކައުންސިލާ ގުޅިގެން ވެސް. އެންމެ ކުޑަ މިނުން މިނިސްޓުރީން އެބަޖެހޭ ޖެހޭ އެ ބެލެނުވެރިންނާ ވާހަކަ ދައްކަން އެމީހުން ދަރިން ސްކޫލަށް ނުފޮނުވަނީ ކީއްވެތޮ އަހާބަލަ އެވެރިން ކައިރި. ހުރިހާ ބެލެނުވެރިންގެ ނުހުންނާނެ ގޭގަ ދަރިންނަށް ކިޔަވަދޭނެ ފެންވަރެއް

The name is already taken The name is available. Register?

ޔަހުޔާ ދީދީ

11 May 2025

އަސްލު ކީއްވެތަ ކައެމެން ދަރިން ސްކޫލަށް ނުފޮނުވަނީ؟ މައްސަލަ އަކީ ކޮބާ؟ ތި އެންމެންގެ ނުހުންނާނެ ފެންވަރެއް ދަރިންނަށް ހޯމް ސުކޫލިން ހަދާކަށް.

The name is already taken The name is available. Register?

ވޯލް

11 May 2025

އަދިވެސް ކޮންމެ ރަށެއްގައި އެއރަޕޯޓެއް އެޅޭތޯ އުޅޭ.

The name is already taken The name is available. Register?

ތަފާސްހިސާބު

11 May 2025

ކުރުކޮށް ބުނާނަމަ ތިބުނާ އަދަދުގައި އެހިމެނެނީ ނުކިޔަވާ ކުދިންކަމަށް ނުބެލެވޭ. ބޮޑަށް ލަފާކުރެވެނީ ޕުރީސުކޫލު ނުވަތަ އޭލެވެލް ނަހަދާ ކުދިންކަމަށް.

The name is already taken The name is available. Register?

އަންކަލް

11 May 2025

ވަރަށް ދެރަ ހަބަރެއް، އަދި އެހާމެ މުހިންމު މައުލޫމާތު ތަކެއް. މީ ހައްލެއް ބޭނުނަވާ ކަމެއް

The name is already taken The name is available. Register?

ހަރުކަށިފިކުރުވެސް ސްކޫލަށް ނުފޮނުވާ

11 May 2025

މާލޭގައި މިއުޅޭ ޑޮޓުންގެ ދަރިން ވެސް ސްކޫލަށް ނުފޮނުވާ. ހެންވޭރުގެއެއް އަމީރުއަހުމަދު މަގުގައި މަޖީދިއްޔާ ކުރިމަތީގަ ހުންނަގެއްވެސް ސްކޫލަށް ނުފޮނުވާ ކުދިން އުޅޭ. މިކަހަލަ ވިސްނުމުގެ ކިތަންމެ ބަޔަކު އުޅޭ. ސަބަބު ތަކުގެ ތެރޭގައި މިކަންވެސް ހިމެނޭ.

The name is already taken The name is available. Register?

ޏާއްކޮ

11 May 2025

ނުފޮނުވިޔަސް ބަރާބަރަށް ގޭގަ ކިޔަވާ ދޭ ކުދިން ވެސް އަހަންނަށް އެނގޭ. މިޒަމާމުގެ މިލެނިއަލް "ޑޮޓުން" ނުތިބޭނެ ހަމައެކަނި ގުރުއާން ކިޔަވަދީގެނެއް. އަހަންނަށް އެނގޭ ކުދިން ކިޔަވާ ގޭގަ ސުކޫލުގަ ކިޔަވާ ހުރިހާ މާއްދާއެއް. ފޮތް ކިޔުމާ އިނގިރޭސި ކިޔުމަށް ވަރަށް މޮޅު ހަމަ. އެހެންނޫނަސް މިއީ ނިސްބަތުން މަދު ބައެއް. ހޯމްސްކޫލު ކަރިކިއުލަމްއެއް އެޑިއުކޭޝަންއިން ހެދިއްޔާ މާ ތާހިރުވާނެ ޑޮޓޭ ނުކިޔާ. ރާއްޖެތެރޭގެ ވާހަކަ ދައްކަން މާ ބޭނުންތެރި މިތާ

The name is already taken The name is available. Register?

ދެކޮޅު ނުޖެހޭ

11 May 2025

މީގަ ހެއްވާ ކަމަކީ އެ ފިކުރު ފަތުރާ މެއިން ބައެއް ސޭހުންގެ ދަރިން ހަމަ ނޯމަލް ސްކޫލްތަކަށް މާލޭގައި އެބަ ފޮނުވާ

The name is already taken The name is available. Register?

ފިކުރު

11 May 2025

ތިކުދިންނަކީ ގްރޭޑް ދިހައެއް ނިމޭ އުމުރަށް ދުަވަހަކުވެސް ބޮޑުނުވާކުދިންތަ؟ ޚަބަރު ތަކަށް ކޮމެންޓު ލިޔާއިރު އެހެންމީހުންގެ ޙައްޤު ތަކެއްވާކަމާއި އެޢާމެދު ސުވާލު ވެވޭނެކަން ދަންނަންވާނެ

The name is already taken The name is available. Register?

ހޯމް

11 May 2025

ޏާއްކޮ،،،، ޢަހުން ދަންނަ އޭގެ ގިނަ މީހުންގެ ފެންވަރެއް ނުހުރޭ ދަރިންނަށް ކިޔަވާ ދޭކަށް ތިކިޔާ ހޯމް ސއކޫލުން ނަކުން. އެއަށް ވުރެ ގިނަ މައިން ބިޒީ އެހެން ދަރިން ބަލަން ނުވަތަ ގޭތެރެ މަސައްކަތުގައި ނުވަތަ ކިޔަވައިދޭން ނޭގެ. ހޯމް ސްކޫލިން ވެސް ކުރިއަށް ގެންދަން އުސޫލު ހަދާ މިނިސްޓުރީން.

The name is already taken The name is available. Register?

ޏާއްކޮ

12 May 2025

ހޯމް - ތިކަމާ އެއްބަސް، އަހުން ދަންނަ ކުދިން ވަރަށް ބަރާބަރު ކިޔަވާދޭ ގަވާއިދުން، އަދި ދަންނަން ހޯމްސްކޫލު ކޮށްގެން އޯލެވެލް ހެދި ކުދިންވެސް، ގޭގަ ކިޔަވަދީގެން ޓެސްޓުތަކުގަ ބައިވެރިވާ މުގައްރަރެއް ހަދަން ވެއްޖެ އެޑިއުކޭޝަނުން، ހަމައެކަނި "ޑޮޓުން"ނެއް ނޫން، ނަފްސާނީ ކަންކަމާ ހެދި ސްކޫލަށް ނުދެވޭ ނުކެރޭ ކުދިންނަށް ކިޔެވުން ގެއްލުވާނުލާ ކުރިއަށް ދާނެ މަގެއް އޭރުން އެވީ، މިކަހަލަ ކުދިން ވަރަށް ގިނަ މިހާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454