11 މެއި 2025 - 16:42
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
އެ މައްސަލަ ދިރާސާ ކުރަމުންދާ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ސިއްރުކޮށްގެން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
އެ ބޭފުޅުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
އެ މައްސަލާގައި، ކޮމެޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ކުރިން އެދިވަޑައިގަތަސް ކޮމެޓީން އިއްޔެ ނިންމާފައިވަނީ އެ ފުރުސަތު ނުދިނުމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން މިއަދުގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުމަކާއެކު، އެ ކޮމެޓީ ސިއްރުކުރި އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ކޮމެޓީ ބައްދަލުވުން ބޮއިކޮޓްކުރި އެވެ.
އެ މައްސަލާގައި، ބާ ކައުންސިލާއި ކޮމަންވެލްތުގެ ވަކީލުންގެ ޖަމްއިއްޔާއިން ވެސް ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި އިޖްރާއާތާ މެދު ކަންބޮޑުވުން ފާޅުކޮށް، ކޮމެޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫލަ
12 May 2025
ގާނޫނީ އެކިއެކި މުއައްސަސާތަކުން ފަނޑިޔާރުންގެ މައްސަލާގައި އަޑުއުފުލަމުން ދާއިރު ސަރުކާރުން ކަންކަން ކުރަމުން އެގެންދަނީ ހަމަ ހިތުހުރި ގޮތަކަށެވެ. ޔާމީނުގެ ވެރިކަމުގައި ވެސް މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުން ދިޔައެވެ. އާޚިރުގައި ސަރުކަރު ނިކަމެތި ގޮތަކަށް ބަލިވީއެވެ. ރައްޔިތުން ނުކުމެ ނޫނެކޭ ބުނީއެވެ. ރައްޔިތުން މިއަދު ވެސް ތިބީ މަންޒަރު ބަލާށެވެ. ވަގުތު ޖެހެންދެންނެވެ.
އަސްލީ
12 May 2025
ނޯ އިންސާފް ނޯ ހައްގު. ވަޓް އަ ނޭޝަން!!!
ޟމމމމ
12 May 2025
މިތިބަ ބައެއްގެ ފިނޑިކަމާއެވެ!
ވެންގަބޯ
12 May 2025
އެއްވެސް މީހެއްގެ މުޅި އުމުރު ދުވަހަށް ބަހައްޓާކަށް ނުޖެހޭނެ. އެހެން ވިއްޔާ ރައިސްވެސް އުމުރު ދުވަހަށް ވެރިކަން ކުރެވޭނެ ތާދޯ. ؟؟ ރާއްޖެ މިހާލަތަށް މިދިޔައީ ކަންކަން ތަންފީޒު ނުކުރުމުގެ ސަބަބުން ތަންފީޒް ނުރެވޭ ތަނަކު ސުލްހަ މަސްލަހަތެއް ނޯންނާނެއެވެ
ކަތްދައްތަ
11 May 2025
ނުފޫޒެއް ނެތް މިނިވަން ތަންތަން ހައްތާވެސް. މިއަދު ރައްޔިތުން މަޑުން މިތިބެނީ ތިމާގެ ކަރުގާ އަދި ނުހިފާތީއެވެ. މާދަމާ ތިމާގެ ކަރުގާ ހިފާނެ އެވެ. އޭރުން އެންމެން ތިބޭނީ ނިކަމެތި ވެފައެވެ.
ހަޑި ކަމެއް
11 May 2025
އެމީހަކު ކުރި ކަމެއް އެމީހަކަށް
ހަހް؟؟
11 May 2025
އެ ދެ ފަނޑިޔާރުން ކުރީ ކޮންކަމެއް؟
ފާފު
12 May 2025
"ޡާލިމުން އަނިޔާކުރާއިރު މިރުޞާދުގައި ބައްލަވަން "ޚާލިޤުލް ކައުނައިނި ވާކަން ނޭނގެނީތަ ޢަޖައިބެކޭ"
ފޯނު ކޯލް
12 May 2025
އަޑުއަހާލީމަ އެނގޭނީ މިތާ ކޮމެންޓެއް ކުރިއަސް ނޭނގޭނެ ހަބަރުތައްވެސް ކޮންމެވެސް ވަރަކަށް ކިޔާލާ
ނުހައިމް
11 May 2025
ޖަވާބު ދާރީވުމުގެެ ފުރުސަތު ދޭންޖެހެނީ ކޮން ފަރާތަކުންތޯއެވެ؟ޖަވާބަކީ ޖޭއެސްސީންނެވެ.ޖޭއެސްސީން ފަނޑިޔާރުންނަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައިވާނަމަ، އެއޮތީ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތާގުޅޭ ގޮތުން ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބަލަންޖެހެނީ އެކަން ޖޭއެސްސީން ބަލާފައިވާ އިޖްރާއަތު ރަނގަޅުތޯ ނުވަތަ ނޫންތޯއެވެ. މައުލޫއު ބަލައި ގޮތެއް ނުނިންމައެވެ.
ގުދޯ
11 May 2025
ޖޭއެސްސީއިން ހެކި ބަލައިނުގަތް. މިއީ އެންމެ އަސާސީ ކަންތައް. ދިފާއުވުމުގެ ހައްގަކީ އަސާސީ ހައްގެއް. މަޖިލީހުގެ ގަވައިދުގެ ނެތެކޭ ކިޔާފަ ގަނޫނު އަސާސީއާ ޚިލާފުނުވެވޭނެ.
ތެފައާސާ.
12 May 2025
ޖަވާބުދާރީވާން ފުރުސަތު ދިނުމަކީ ހަމައެކަނި ތަހުގީގަށް ހާޒިރުކޮށްލުމެއް ނޫން. ދިފާއުގައި ހުށައެޅި އެއްވެސް ހެއްކެއް ބަލައިނުގަނެ، ދިފާއުން ހުށައެޅި އެއްވެސް ފަރާތެއްގެ ހެކިބަސް ނުނަގައި ހިންގި ތަހުގީގަކަށް ޖަވާބުދާރީވާން ފުރުސަތުދިންކަމަށް ނުބުނެވޭނެ
ދޫނިހުރާ
12 May 2025
އަލަށް ދޯ މިކަން މި އެނގުނީ، ޖޭއެސްސީން ވެސް ފުރުސަތުނުދިން ވާހަކަ އެތައް ފަހަރު އެވަނީ ލިޔެފައެވެ. ގާނޫނުގައި އޮންނީ އެފުރުސަތު ދޭންކަން ވެސް ނުދެނެހުރީމުދޯ؟
ފަހުދު.
11 May 2025
ހިތާމައަކީ އަދިވެސް ދިގު 30 އަހަރު ނުނިމޭތީ
ނުއުމާން
11 May 2025
ސިޔާސީ މަންފާ ހާސިލް ކުރަން މިއަދު އިދިކޮޅުގަ ތިބި މީހުން މި ވާހަކަ ދެއްކިޔަސް އެވާހަކައިގަ އެއްވެސް ބުރަދަނެއްނެތް. ކަލޭމެން ވެރިކަން ކުރި ގޮތް ހަދާން ނުހުންނާނެ ކަމަށްތައް ހީކުރަނީ.. މުއިއްޒު މާ ރަނގަޅު، އެއްވެސް މީހަކު ސިޔާސީ ބޭނުމަކަށް ހައްޔަރެއް ނުކުރޭ.. ޖަލުގެ ގޮޅިތަކަށް ސިޔާސީ މީހުން ނުލާ. ފަޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް އެދަނީ
ސުދުނާ
11 May 2025
ކޮންކަމެއް ސުޕްރީމް ކޯޓުގައި އިސްލާހުނުވެ އޮތީ؟ ބޭނުން ގޮތަށް ހުކުން ކުރުން؟ އެމްޑީޕީއިން އަނިޔާވެރިވުމަކީ ޕީއެންސީއިން އަނިޔާވެރިވާން އޮތް ހުއްޖަތެއް ނޫން
ނަރުދަމާ
12 May 2025
ސިޔާސީމީހުންވެސް އާމުންވެސް މިސަރުކާރުން ހައްޔަރުވެސްކުރާނެ އަނިޔާދޭނެ، އެބޮޑުމަންޒަރުގެ ކޮޅުމަތި އެބަފެނޭ މިހާރުވެސް.
ނުހާޒް
11 May 2025
އިސްލާމީ ގައުމެއްގެ އެންމެ މަތީ ކޯޓުގެ ފަޑިޔާރުންނަކަށް އަންހެނުންނަކަށް ނުތިބެވޭނެ. އެއީ ރަސޫލު ޒަމާނުގަވެސް ކުރިކަމެއްނޫން. އަންހެންވެރިން ބާރުވެރި ކުރަންވީ ތިހެންނެއްްނޫން.. ހަމަ ރަނގަޅު ނިންމެވުމެއް
ގުދާޒު
11 May 2025
އިސްލާމީ އެހެން ހުރިހާ މުޖްތަމައެއްގައި އަންހެން ފަނޑިޔާރުން ތިބޭ. މެލޭޝިއާގެ.އުއްތަމައަކީ އަންހެނެއް. ތިޔަ އުޅެނީ އަފްޣާނިސްތާނަށް ދާ ހިތުން. އެ ގައުމުގެ އަންހެން ފަނޑިޔާރުން އުޅެނީ ފިލައިގެން
ތެފައާސާ.
12 May 2025
ފަނޑިޔާރު މަހާޒު ނަގާ ބޭރުކޮށްލަނީ އަންހެނަކަށް ވެގެންތަ؟ ފަނޑިޔާރު ޝުޖޫން ބެންޗުގައި ބައިންދާފައި އިނީ ފިރިހެނަކަށް ވެގެންތަ؟
ވުވިސްނާަ
12 May 2025
ކޮއްކޯ މި ލިޔުމައް ކޮމެންޓެއް ލިޔެލަން ލިބުމުން މިތާ މިދެކެވޭ ވާހަކަ އައް ބެލުމެއް ނެތި ޢަމިއްލަޔައް ހިތުތެރޭ ތިޔަ ގެންގުޅޭ އަންހެން ކަބަލުން ދައްކޮއް ދީނުގައި އަންހެނުންނައް ދެވިފައި ވާ ގަދަރު އޮޅޭނެގޮތައް ކޮމެންޓު ކުރުމީ ހަޑި މުޑުދާރު ސިފައެް. ވަރައް ސަލާމް
ހަންބެ
12 May 2025
ތިބޭޅާ ތިއުޅެނީ 1 ވަނަ ގަރުނުގަ. މިހާރު ދުނިޔޭގެ އެންމެ ބޮޑެތި އިސްލާމީ ގައުތަކުގެ މަތީކޯޓުގައި މުސްލިމް އަންހެނުން އެބަތިބި.