"ކުޅުދުއްފުށީގައި ބޭއްވި ބޮޑުތިލަދުންމަތި ނާސިން ކޮންފަރެންސްގައި ނަރުހުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް
12 މެއި 2025 - 16:02
ނަރުހުންގެ ދާއިރާއާ ގުޅޭ ދިވެހިންގެ އަދަދު އިތުރުވާކަން ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދަކީ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ކަމަށް ވާއިރު، އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު ނިމުނުއިރު 3،725 ނަރުހުން މުޅި ރާއްޖޭގައި މަސައްކަތް ކުރި ކަމަށެވެ. އެއީ 2،487 ދިވެހިންނާއި ބިދޭސީ 1،238 ނަރުހުންނެވެ.
ރަށްރަށުގައި 1،337 ދިވެހި ނަރުހުންނާއި ބިދޭސީ 589 ނަރުހުން އަދި މާލޭގައި 1،150 ނަރުހުންނާއި ބިދޭސީ 649 ނަރުހުން އެ އަހަރު މަސައްކަތްކުރި ކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އޭގެ ކުރީ އަހަރު (2023 ވަނަ އަހަރު) 3،716 ނަރުހުން މަސައްކަތްކުރި ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންގެ އަދަދަކީ 3،413 އެވެ. އެ އަހަރު ނިމުނުއިރު ފިރިހެން ނަރުހުންނަށް ތިބީ 303 މީހުންނެވެ.
އެ އަހަރު 2،370 ދިވެހިންނާއި 1،346 ބިދޭސީ ނަރުހުން މަސައްކަތްކުރި އެވެ. މާލޭގައި 1،710 ނަރުހުން އަދި ރަށްރަށުގައި 2023 ވަނަ އަހަރު 2006 ނަރުހުން މަސައްކަތްކުރި އެވެ.
ނަރުހުންގެ ބޮޑު ހިއްސާއެއް އަދާކުރަނީ ސަރުކާރު ހޮސްޕިޓަލުތަކުގަ އެވެ. ޕަބްލިކް ސެކްޓަރުގައި 3،119 ނަރުހުން އަދި އަމިއްލަ ތަންތަނުގައި 597 ނަރުހުން މަސައްކަތް ކުރެ އެވެ.
ނާސިން ކެއާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުކޭ
13 May 2025
މުސާރަ ހާދަ ސަޅިއޭ....އެހެން ވީމަ ދޫކުރާނެ ކަމެއްނެތް....
ޔަތީނުބެ
13 May 2025
ދިވެހި ނަރުހުންމަދުކުރަން ވެެގެން އެމްއެންޔޫ ވަރައް މަސައްކައްކުރޭ. މިސާލަކައް ނަރުސްކަން ކިޔަވަން އުޅޭ އިރު ބަޑު ބޮޑުވުން މަނާ. ކޯހުން ވަނީ ވަކިކޮއްފާ ކުދިން. ކިޔަވަމުން ދިޔަކުއްޖެއްގެ މަންމަ ނިޔާވުމުން އެކުއްޖާ ރަޝައް ދާން ވެގެން އެންގުމުން ބުނެފަވަނީ ގޮސް ސިޔާމުން ކޯހުން ވަކި ކުރާނެ ކަމައް. އެކުއްޖާގެ 3ވަނަ އަހަރު އެއީ. ނަމުން މުސްލިމް ގައުމެއް.
1818
12 May 2025
އެއްފަހަރު ބުނާނެ ނަރުހުން މަދޭ! މިއަދު ތިކިޔަނީ ގިނައޭ!