ދަރުމަވަންތަ ހޮސްޕިޓަލުގެ ނަރުހުންގެ ސްޓޭޝަންގައި ނަރުހުން މަސައްކަތުގައި: ފިރިހެން ނަރުހަކަށް ބުލީކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު މި ދާއިރާގައި މަސައްކަތްކުރާ ފިރިހެނުންގެ އަދަދު ވަރަށް މަދު. -- ފޮޓޯ: މިހާރު
12 މެއި 2025 - 21:37
މިއަދު ފާހަގަކުރަމުން އަންނަ ނަރުހުންގެ ދުވަހާ ގުޅިގެން ޓީވީ ޗެނަލަކަށް އިންޓަވިއުއެއް ދިން ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރާތީ އެކަން ކުށްވެރިކޮށްފި އެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ފިރިހެން ނަރުހަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބުލީކޮށް ފުރައްސާރަ ކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މީހެއްގެ ސިފައާ ގުޅިގެން އެ މީހަކަށް ގަނާ އާއި ފުރައްސާރަކުރުމަކީ ތަހުޒީބީ މުޖުތަމައަކުން ފެނިގެން ނުވާނެ ފަދަ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމުގައި މި ޔޫނިއަން އިން ދެކެމެވެ،" އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނުގައިވެ އެވެ.
އެމްއެޗްޕީޔޫއިން ބުނީ ނަރުހުންގެ މަސައްކަތަކީ އަންހެނުންނަށް އެކަނި ހާއްސަ ވަޒީފާއެއް ނޫން ކަމަށާއި އެއީ ހުރިހާ މިންތިއެއްގެ މީހުންގެ ބައިވެރިވުން ވެސް ނުހަނު ބޮޑަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށެވެ.
ގަނާ އާއި ފުރައްސާރަ އާއި ބިރު ދެއްކުމަކީ ސިއްހީ ހިދުމަތްތެރިންނާ އާންމުކޮށް ކުރިމަތިލާން ޖެހިފައިވާ ކަންކަމަށް ވާއިރު، އެކަންކަމުން އަރައިގަތުމަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.
ނާސިން ކެއާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮޝް11
13 May 2025
ތުއްތުކުދިން ބްރެއިންވޮޝް ނުކޮށް، ރީތި އާދަތަކާއި އަޚްލާޤު ދަސްކޮށްދޭން ތަންކޮޅެއް އެކްޓިވްކޮށް މަސައްކަތްކުރަނިކޮށް، އަހަރުތަކެއް ފަހުން ރަނގަޅުވެދާނެ.
ރަޙްމަތު
13 May 2025
ދިވެހިންނަކީ ނުލާހިކު ބޮޑު ނިޢުމަތެއް ލިބިފައިވާ ބައެއް. ބުލީ ކުރިޔަސް އެހެން ކަމެއް ކުރިޔަސް ދިވެހިންނަށް ވަނީ ނިޢުމަތް ލިބިފައި، ބާއްޖަވެރިކަން ލިބޭނެ. ގެއްލެނިވާނީ އެމެރިކާ ޔޫރަޕް ޗައިނާ ޖަޕާން އޮސްޓްރޭލިޔާ ސްވިޑްން އައިސްލޭންޑް އިންގްލޭންޑް ސިންގަޕޯރ ކަހަލަ އިންފިޑެލް ގައުމުތައް.
މުހައްމަދު އަޙްމަދު
13 May 2025
ދިވެހިރާއްޖޭގައި ހުރި ހުރިހާ ރީތި ރަނގަޅު ސިފަތަކެއް ނައްތާލައި މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލީ ސީދާ އެމްޑީޕީން
ސާކޭސްޓިކް
14 May 2025
އާނ ހަމަ ކުރީ ސަރުކާރު ކަންތައް
ޙުތާ
13 May 2025
އިންސާނާ ދުނިޔޭގައި ލެއްވެވި ސަބަބު ނުދަނެތިބެ ، މީހާއަށް ހޭވެރިކަން އަންނަވަރުގެ ކަމެއް ކުރިމަތިނުވާ މީހުން ތިބާވަތުގެ ކޮސް ކަންކަން ކޮށްއުޅެނީ، އިސާހިތަކު ކަމެއް ދިމާވީމާ މައިތިރިވާނަ،
ފުރައްސާރަ
13 May 2025
އެގޮތަށް ފުރައްސާރަކުރާ މީހުން ހޯދައިގެން، އެމީހުންގެ މަންމަ، އަނަހެން ދަރިން، ހޮސްޕިޓަލަށް ގެންގޮސް ފިރިހެން ނަރުސް ލައްވާ ނެޕީ ބަދަލު ކުރުވީމަ އެކަހަލަ ނާތަހުޒީބު ވާހަކަ ދައްކާކަށް ދެން ނުކެރޭނެ.
ފަރުދީ ޒިންމާ
13 May 2025
ދެން ސްކޫލަށްދާ ކުއްޖާ ސްކޫލުގައި ބުލީ ކުރީމާ ކުރިވާހަކަ އެންމެން އެކަކުއަނެކަކު ކުށްވެރިކޮށްފައި ދައްކާނީ. މިފަދަ ހުޅުވިފައި އޮތް ޒަމާނެއްގައި މުޖުތަމައުގެ އާދައެއްގެ ގޮތުން ފުރައްސާރަކުރުން ހައްދުންނެއްޓިފަ އޮތް ތަނެއްގައި (ރާއްޖޭގައި) ކުދިން ވިއްޔާ ވަކި އެކަން ނުކޮށް ތިބޭނެތަ؟ ބޮޑެތި މީހުން މުޖުތަމައުތެރެއިން އަދި ވަކިން ހާއްސަކޮށް ނޯމަލައިޒް ވާވަރަށް ކަމެއް ފަތުރާ އެކަން ކުދިންނަށް ފެނުނީމާ ކިހިނެއް އެކުދިންނަށް ކަމުގެ ގޯސްކަން ވިސްނައިދޭނީ.
ސްޓާފުން
13 May 2025
ބުލީ ކުރޭ އައި ޖީ އެމް ހޮސްޕިޓަލް ގެ ވެރިން އެހެން މުވައްޒިފުންނައް ވެސް
ކޮރަލް
13 May 2025
މީހާ ދައްކާ ވާހަކަ އާ ކުރާ މަސައްކަތާ ހުންނަ ގޮތް ބަލާފަ އެމީހާ އާ ދޭތެރޭ ނުރަނގަޅު ކޮށް ވިސްނުން ގެން ގުޅޭ ދިވެހީން ވ ގިނަ އެވެ. އެކަން އެގޮތަށް އެކުރަނީ ކަމެއް ނެތި ގިނަ ވަގތުރު ކޮފީ އާ ސޯސަލް މީޑީޔާ ގަ އުޅޭ މީހުން ހެން ހީވެ އެވެ.
ވަނޫދު
13 May 2025
ދިވެހިން ވަރަށް މޮޅުވާނެ ފުރައްސާރަކުރަން. މި އިންޓަނެޓް އެއް ލިބުނު ފަހުން ދިވެހިން ގޭގައާ ކޮފީތަކުގަ ތިބެގެން އިތުރު ކަމެއް ނުކުރޭ. ދިވެހިންގެ ހާލާމެދު ހިތާމަކުރަން
ސުހާބާ
13 May 2025
ތިޔައީ ވަރަށް ބޮޑު ތެދެއް. ގިނަ ދިވެހިންނަކީ މިހާރު އެއްވެސް ގޮތެއްފޮތެއް ނެތް ބަޔެއް. ބަޔަކު ވެރިކަން ހޯދަންވެގެން ދިވެހިންނަށް ދަސްކޮށްދިން ކަންތައްތަކެއް އެއީ. އެއީ އިސްލާމްދީނާ ދުރު، ފާޑެއްގެ ޑިމޮކްރެސީއޭ ކިޔާ އެއްޗެއްގައި އޮންނަ ގޮތޯ.
މުހައްމަދު އަހްމަދު
13 May 2025
އެމްޑީޕީ އައިފަހުން މި ޤައުމުގެ އަޚްލާޤިއްޔަތުވަނީ ނެތި ގޮސްފައި.
1206
13 May 2025
ދިވެހިންގެ ތަހުޒީބު ވަނީ ކުދިކުދިވެފައި. ވީދި ހުސްވެފައި. ބައެއް ދިވެހިން ތިބެނީ ތިމާމެން ނޫން އަނެއް މީހަކީ ދުނިޔޭގެ ހުރީ ކުންޏަކާއި އުންޏެއް އެކުވެފައި މީހާ ކަމަށާއި، ތިމާއީ ހުރިހާ ގޮތަކުންމެ އަރައިއަރަފޯދިގެން ހުރި މީހާ ކަމުގައި ހިތައިގެން.