ކުޅިވަރު / އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ

އެފްއޭއެމް މައްސަލައިގައި ޝާހުގެ ބަހުގެ ހަމަލާއެއް މުއިއްޒު އަށް

އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހް އާއި އެ އިދާރާގެ މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުއިއްޒު: ޝާހް ވިދާޅުވީ އެފްއޭއެމްގެ ގަވާއިދު މުއިއްޒު ތަންފީޒު ނުކުރައްވާ ކަމަށް

ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށްވެ ހުންނެވި ނަމަވެސް، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު ތަންފީޒު ނުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެނައި ބަދަލަކާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކައެއް ހިއްސާކުރައްވައި ޝާހު ވިދާޅުވީ އެފަދަ ކަންކަމަށް ފާޑުވިދާޅުވުމުގެ ކުރިން މުއިއްޒު ކުރައްވަން ޖެހޭ ކަމަކީ އެފްއޭއެމްގެ އަސާސީ ގަވާއިދު ތަންފީޒުކުރުން ކަމަށެވެ.

"މަނިކުފާނުގެ ބިޔަ ގާނޫނީ ތަޖުރިބާއިން އެފްއޭއެމްގެ އަސާސީ ގަވާއިދު ފުރިހަމަ ގޮތުގައި ތަންފީޒު ނުކުރެވިގެން ތިއުޅެނީ ކީއްވެތޯ؟،" ޝާހު ސުވާލުކުރެއްވެވި އެވެ.

ބިއްލޫރި ގެއެއްގައި އުޅޭ މީހާ، އެހެން މީހުންގެ ގޭގެއަށް ގާއުކައިގެން ނުވާނެ ކަމަށް ވިދާޅުވެ ޝާހު ވަނީ މުއިއްޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާ އަދާނުކުރައްވާ ހުންނަވައި އެހެން ކަންކަމަށް ފާޑުވިދާޅުވާތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.

ޝާހު އެ އިޝާރާތްކުރެއްވީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނުގެ ޓީމުތަކަށް ކޮންގްރެސްއިން ފުރުސަތު ދޭން ޖެހޭކަމަށް އިނގިރޭސި އަސާސީ ގަވާއިދުގައި އޮންނަ އޮތުން އެފްއޭއެމުން ތަންފީޒުނުކުރާ ކުރުމަށެވެ.

އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރުމަށް ކެމްޕޭން ކުރާ "ސޭވް އެފްއޭއެމް" ގްރޫޕުން މިދިޔަ މަހު ވަނީ މުއިއްޒުގެ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކޮށް އަސާސީ ގަވާއިދާ އެއްގޮތަށް އެކަން ތަންފީޒު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ސޭވް އެފްއޭއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ޝާހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށް ފަހު ޝާހް "މިހާރު" އަށް ވިދާޅުވެފައި ވަނީ އެފްއޭއެމުން 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުން 44 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭ ކަމަށެވެ.

އެކަމަކު ޖުލައި 2020 ގައި ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދުގެ ދިވެހި ކޮޕީ އިސްލާހުކޮށް "އިންޓަރެސްޓް ގުރޫޕްތައް" އުފެއްދުމުގެ މާއްދާ އުވާލި އެވެ.

ޝާހު ވިދާޅުވެފައި ވަނީ ދިވެހި ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ފީފާގެ ކުރިމަތީގައި ސައްހަ ގަވާއިދަކީ އިނގިރޭސި ގަވާއިދު ކަމަށެވެ.

"އަސާސީ ގަވާއިދުގެ އަށް ވަނަ މާއްދާގައި ބުނެފައި އޮންނާނެ މާނަ ކުރުމުގައި ތައާރުޒެއް އުފެދޭނެމަ ބަލަން ޖެހޭނީ އިނގިރޭސި ގަވާއިދަށް ކަމަށް،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނަށް ފުރުސަތު ލިބޭ ގޮތަށް 44 ޑެލިގޭޓުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭނެ ކަމަށް ލިޔެފައި އޮންނަ ކަމަށެވެ.

އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެގެން މިހާތަނަށް ބޭއްވި ހަމައެކަނި ކޮންގްރެސް ވެސް ބޭއްވީ ހަމައެކަނި އެންމެ ޒޯނަކަށް ނިސްބަތްވާ ކްލަބްތައް ހިމަނައިގެންނެވެ.

19 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 23%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުދުލް ޤާދިރު

21 May 2025

ދިވެހި ފުޓުބޯޅަ މިހާލަތަށް ވެއްޓުމުގައި ސާހުގެ ހިއްސާ ވެސް ވޭ.

The name is already taken The name is available. Register?

މާއެގޭ

20 May 2025

އިގިރޭސި ގަވާއިދަށް ބަލަން ޖެހޭނީ މާނަ ކުރުމުގައި ފުށުއަރާނަމައޭ ޝާހުވެސް ތި ވިދާޅުވީ. މިއުޅެނީ މާނަކުރުމުގެ މައްސަލައެއް ނޫން. އިސްލާހުކުރި ގަވާއިދު ތަންފީޒު ކުރާއިރު ކަންކުރާނީ އިސްލާހު ފާސްކުރިގޮތައް.

The name is already taken The name is available. Register?

ޢަލިކޭ

19 May 2025

ޝާހު މެނޭ ތި ހަލާކު ކުރީވެސް

The name is already taken The name is available. Register?

ހުބޮޖެހި

19 May 2025

ވަރަށް ބޮޑު ތެދުފުޅެއް. އަަބަދުވެސް މުއިއްޒު އުޅުއްވަނީ މިހެން

The name is already taken The name is available. Register?

ސަރ

19 May 2025

ބަލަ ސާހު ތީ ބައްސާމުގެ ޖަރީމާ ދެމެހެއްޓެވި ފަރާތެއް.މުއީޒު ހަވާލުވީތާ އަދި ކުޑަދުވަސްކޮޅެއްވީ.

The name is already taken The name is available. Register?

މަގެ ކަހަނބު

19 May 2025

އައްދެ އައްދޭ... ކޮން ކުއްޖެއްތަ މިޔޮށް އުޅެނީ ފާހަގަވެލަން

The name is already taken The name is available. Register?

އަކުމަލް

19 May 2025

ކުރާކަމެއް ކޮއްގެންވެސް ރަގަނޅު ވާހާ ދުވަސްވެއްޖެ. ފުޓުބޯޅަ ލީގެއް ނެއްހައެކަނި ޤައުމު ތޯޗެއް. ޖީލެއް ނިމި މިދަނީ ފުޓުބޯޅަ މިހާލެއްގަ އޮއްވާ.

The name is already taken The name is available. Register?

ހެހެހެހެހެހެ

19 May 2025

ތަޖްރިބާ އަދި ދެން އަންނަ ފަހަރަކުން.

The name is already taken The name is available. Register?

އެލަންސޯ

19 May 2025

ޝާހު ވެސް ތީ މަޤާމް ބޭނުންވެގެން އުޅޭމީހެއް.. މިމީހުންތައް ވެގެން ރާއްޖޭގެ ފުޓްބޯޅަ ޙަލާކްކޮއްފި.. ހުރިހާ ތަނެއްގައި ހަސަނުގެ ދެފައި..

The name is already taken The name is available. Register?

އިހްސާސް

19 May 2025

ޝާހަކަށް މުއިއްޒާ ދިމާލަކަށް ގޮވެލިފަތި ގޮވޭކަށް ވަކިނެތް. ޝާހުމެން ފުޓުބޯޅައިގެ ތަޖުރީބާކާރުން އެފްއޭއެމް އާއި ދިވެހި ފުޓުބޯޅާ މިއަނދަވަޅަށް ވެއްޓިގެންދާން ދޫކޮށްލީ ކީއްވެބާ؟ އޭރު ތިބާގެ ޒިންމާ އުފުލުނުބާ؟

The name is already taken The name is available. Register?

ގެދޮރޭ

19 May 2025

ކަލޯގަޔާ ކޮމެންޓް ތައް ކިޔާލީމާ މާ ބޮޑަށްވެސް އާ މައުލޫމާތު އެބަ ލިބޭ. އަނގަ ފަޅައިގެން އުޅޭ މީހުންގެ ފަތިފުށްވެސް މި އެނގެނީ ކޮމެންޓް ތަކުން. ކޮރަޕްޓް ނޫން މީހެއް, ކޮރަޕްޓް ނޫން މުއައްސަސާއެއް.މިހާރު އެބަ ހުރިބާއޭ މިހާރު ހިތަށް އަރާ. އިސްލާމިކް މިނިސްޓްރީން ވެސް އެކަހަލަ ގަނޑު ގަންނަކަން މިހާރު ޔަގީން. އަދި އެވެސް މީހުން ޙައްޖަށް ގެންދިއުމުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454