20 މެއި 2025 - 09:29
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހިންގުން ހުއްޓޭ ގޮތަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުން ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ދެ ފަނޑިޔާރުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ފުލުހުންގެ ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެކަމާ ގުޅިގެން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ، މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ބަލަން ތައްޔާރުވެފައި ވަނިކޮށް، ދެ ފަނޑިޔާރުން ވަކިކުރުމުން، ޖުޑީޝަރީގެ މިންވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމާއި ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހަނދާން ކޮށްދެން،" އެ އޮފީހުގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ނިޒާމެއް ގާއިމުކޮށްދީ، ހާއްސަކޮށް ޖުޑީޝަރީގެ މިނިވަން ކަށަވަރު ކޮށްދީފައި ބޭއްވުމަކީ، ދައުލަތުގެ ހުރިހާ އިދާރާތައް ގާނޫނުތަކަށް ފުރިހަމައަށް ތަބާވެ، އިންސާނީ ހައްގުތައް ވެސް ހިމާޔަތް ކޮށްދިނުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން ފާސްކުރި ފަހުން، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، އެންމެންނަށް އެއް ހަމައަކުން އަމަލު ކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުން ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިދިޔަ ހަފުތާގައި ވިދާޅުވީ، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެކަމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީ އަށް ނުފޫޒު ނުފޯރުއްވާ ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޖުޑީޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
އޭނާއާ އެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވެސް ވަނީ ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ.
ޖުޑީޝަރީގެ މިނިވަންކަމާ މެދު އދ. އިން ސުވާލު އުފައްދާފައި ވިޔަސް ސަރުކާރުން އެ ތުހުމަތަށް އަބަދުވެސް އިންކާރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
20 May 2025
އދ ގެ މިނިވަންކަމާއިމެދު އަހަރެމެން ކަންބޮޑުވޭ. ތިޔޮށްބޮޑު އދ އޮތީ އިޒްރޭލުގެ އަޅުވެތިކަމުގައި. ކުޑަކުޑަ މުސްލިމް އާބާދީއެއް އިޒްރޭލުން ތަޅާ ސުންނާފަތިކުރާއިރު ތިޔަ ތިބީ ކަމެއް ނުކުރެވޭ ޙާލަތުގައި. ފުރަތަމަ ތިމާމެން މިނިވަންވެފައި އެހެން ބަޔަކާ އުޅެބަލަ!
ސީކްރެޓްސޮސެއިޓީ
20 May 2025
އަލިފުދާލަކީ އިޒުރޭލު އެސްޓެބްލިޝް ކުރަން އެމެރިކާޔާ އިނގިރޭސިން އިސްވެ ތިބެ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުފެއްދި ޒަޔޯ އެންޓިޓީއެއް! ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ޖަރުމަނު ޔަހޫދީން ފަތުރަމުން ދިޔަ ކަންކަން މިހާރު މުޅި ދުނިޔެއަށް ފެތުރުން މި ޖަމުއިއްޔާގެ ކަމަކީ. މިތާ ދިވެހިންނާ ދިމާލަށް ޖާހިލުންނޭ ކިޔާ އެއްޗެހިގޮވަނީ އެޖަމުއިއްޔާއިން މިތަނަށްލާފައިތިބޭ 'ޝިލްސް'..
ޢާފް
20 May 2025
ޖެރެމީ ލޯރެންސް އަކީ ކާކުކަން އެގެންވާނެ…
އަފުން
20 May 2025
އދ. އަކީ މިނިވަން ތަނެއްތޯ، އިންސާފުވެރި ތަނެއްތޯ، އިސްލާމުން ކޮށާ ހުސްކުރިޔަސް އިންސާނީހައްގު ވާތަނެއް ނޭނގޭ. ޔަހޫދީންނާއި ޔޫރަޕްގެ ދިފާއުގައި އަބަދު ތި ތިބެނީ ފޫގަޅައިގެން. އެކަމާ އަހަރެމެންވެސް ވަރަށް ކަނބޮޑުވޭ.
ސަޓޯ21542
20 May 2025
އދ ގެ މިނިވަންކަމާއިމެދު އަޅުގަނޑުވެސް ސުވާލު އުފެދޭ!
އަސްލުވާގޮތް
20 May 2025
ޖާހިލު ދިވެހިން ޖާހިލުކަންމަތީގަ. ރަށްފުށުގަ ދިރިއުޅޭ ބަޔަކަށް ދުނިޔޭގެ ކަންކަމާއި ޚަބަރުތަކެއް ނޭނގޭނެ. ރަށެއްަ ފަޅުތެރޭން ގުންބަޅަ ބާނައިގެން އެކާލައިގެން އަނގަ އޮލަރަތްކޮށްލައިނގެން އަތިރިމަތީގަ ހުންނަ ހޮޅުއަށްޓަށް ނުކުންނައިރު ތިމާއަށްވުރެ މޮޅު ހުރިހާކަމެއް މާހިރެއް ނެތްފަދަ. ދެންހަމަ ދޫއަނބުރަމުން ތުންޕިއްތަމުން ގޮވާނީ ޖާހިލު ގޮވަލިފަތި.
ލދހޔމދކނ
20 May 2025
ވދފ. މަމީ މި އެއްކާރެއްގެވެސް މީހެއްނޫން. އެކަމަކު ތިޔާ ކިޔަނީ ކީކޭ/ ކާކު ޖާހިލީ؟ ކަލެއަށް ޖާހިލުން ނުފެނޭތަ؟ މިއަދު ވިހާ ތުއްތުކުއްޖާއިން ފެށިގެން މުސްކުޅިންނަށް ހަދާގޮތް. ކޮބާ ތީޗެއް؟ ޖާހިލުކަމުން ނުކުރަނީ ކޮންކަމެއް. މިތާކު ދެއްކޭކަށް ނެތްވިއްޔަ. ތިޔަހުރީ ވަރަށް އޮޅިފައި. މުސްލިމް ކަޅު މީހުންނަށް ގާނޫނު ހިނގާނެ. އެމެންނަަަކަށް ނުހިގާނެ ލޮލާ ބޮލާ ހުިރި އިންސިއްކަށް އެގޭނެ. ކާކުތައް ޖާހިލީ. ކަލޭ ޓްވީޓަރގަ ތީތި ކިޔާބަލަ. ރަގަޅަށް ބަހުސްކުރަން
އަލުފުދާލުގެ ރުހުން ބޭނުމެއްނޫން
20 May 2025
އާނ އަހަރުންވާ މިޖާހިލުކަން މަތީ މިތިބެނީ އަހަރުންގެ އަމިއްލަ ފަސްގަނޑުގަ. ޔޫރަޕަށް ގޮސް އެތާ މީހުން ތޅ ވައްތަރުތަކަކާ ނުބެހެން. ކިތައްމެ ޖާހިލޭ ކިޔަކަށް އަލުފުދާލަކީ މިޔަދު އަދި އެއްވެސް އިރަކު އަހަރުނަށް ގޮތް ކިޔައިދޭން ކުފޫ ހަމަވާ ބައެއްނޫން. ކަލެޔަށް އެމީހުން ރަނގަޅީޔާ ގޮސް އޮވެބަލަ ކުށްވެރިކޮށްލަ ކޮށްލާ ކަންބޮޑުވޭވެ އެ އިމާރާތުގެ ޖަލްސާ މާލަންތެރޭ. ޖާހިލޭވެސް ކިޔާލަ ކިޔާލަ އިނދޭ. ކަހެރުވަކެކޭ ވެސް ހިތަކަށް ނާރާ.
ސަންދޯ
20 May 2025
އދ. .. ނުކިޔާ, ގާޒާ ކަންތަކާއި ހަމަ އެކަނި ކުއްވެރި ކުރީމަ ނިމުނީތޯ?
ވިލް
20 May 2025
އަހަރެމެން ކިހާ ބަޔާނެއް އެބަ ނެރެން ކަލޭމެން އިޒުރޭލު ހިންގާ ޤަތުލުއާއްމު ހުއްޓުވައިދިނުމަށްއެދި
މޫސާަސް
20 May 2025
އދ. އެއީ ކޮންތަނެއް. ނުދަންނަން. އިޒްރޭލް އިންގޭ
މޯދޭސް
20 May 2025
މޫސާސް. އިޒުރޭލުވެސް ބުނަނީ ހަމަތިހެން. އެއީ ކޮންތަނެއްހޭ. ގާޒާގައި ހިންގާގަތުލު އާއްމު ކުއްވެރިކުރުމުން ބުނަނީ ތިއީ ކޮންބައެއްހޭ. ތިމަންމެން މީ އިޒުރާއިލު މީހުންނޭ. އެހެންވީމަ ތިކިޔެނީ ކީކޭކަން އިނގޭދޯ
ކުރުމު
20 May 2025
އދ. އެހެން ދާލެއް ކިޔާނެކަމެއް ނެތް. ތިޔަ އަލިފުދާލަށް ނުފެނޭތަ އިންސާނުން ކަތިލަމުންދާތަނެއް. އޮންނަނީ އިންސާފުގެ ހަމައެއް ނޫން. އޮންނަނީ މީހުންނާއި މީހާ. ތިވެސް ތަންކޮޅެއް އާދައިގެ މީހަކަށް ދިމާވި ކަމެއްނަމަ ތިޔަތަނަކަށް އާދައިގެ މީހަކަށް އެކްސެސްއެއްވެސް ނުވެވޭނެ.