ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިނިސްޓްރީ
17 މެއި 2025 - 14:20
އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުގައިތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުގައި ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އެދިވަޑައިގެންފި އެވެ.
ހަލީލް އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކިޔަމުން ގެންދާ ފާޑުކިޔުންތަކަށް "އެކްސް"ގައި ދެއްވި ރައްދެއްގަ އެވެ.
ހަލީލް ވިދާޅުވީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެކަމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީ އަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެސް ބައިނަލްއަގްވާމީ މުޖުތަމައާ ވާހަކަ ދައްކަވާއިރު އެ ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިނަލްއަގުވާމީ މުޖްތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުރަން،" ހަލީލް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ ފަނޑިޔާރުންގެ ވަކިކުރުމުގެ މައްސަލަ ޔޫރަޕިއަން ޕާލަމެންޓާ ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، އެންމެންނަށް އެއް ހަމައަކުން އަމަލު ކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ދެ ފަނޑިޔާރުން ވަކިކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
18 May 2025
ނޯ ޕްރެޝަރ؟ ހުކުރު ދުވަހު މެންދުރު 10 ވަނަ ފްލޯއަށް ފެން އަންނައިރު ވެސް ނޯ ޕްރެޝަރ!
އެދުރުން
18 May 2025
ކުރީ ސަރުކާރު އޮތްއިރު އިބޫ ޖުޑީޝަރީއަށް އަތް ބޭނީ، އެކަމު މިވަރުގެ ކަމެއް ހިނގިއިރު ރައީސްމީހަށް އެނގިވެސް ނުލާ، އެކަމަކު ސަރުކާރުގެ ކޮންމެ މީހަކު ބުނާނެ، ރައީސުގެ އިރުޝާދުގެ ދަށުންނޭ މިކަމެއް މިކުރަނީ.
ނާޑުވާ
18 May 2025
ތެދެއް. ސަރުކާރުގަ ތިބި މީހުން ތެދުބަހުން ވާހަކަ ނުދެއްކިޔަސް އޯކޭ ވާނެ. ހަމައެކަނި އިދިކޮޅުން ތެދު ހަދަން ޖެހެނީ.
ހަޖާމަތު
18 May 2025
ތެދުބަހުންވާހަކަދައްކާ ތެދުވެރިކަމާއެކު އުޅޭމީހަކު ސިޔާސީދާއިރާގަ އުޅޭތަ؟. އެކަކު އަނެކަކަށް ހެއްދެވިނެހެއްދެވިއަށް ގޮވުމާ، ދަށުންދަމާކުޅުމާ، ދެމުނުތާކުން ދަމައިގެން ކެވުނުގޮތަކަށް ކެއުން ނޫންކަމެއް ސިޔާސީދާއިރާގަ އޮވޭތަ؟.
ފޮނިޓައްޕު ހަސަނު
18 May 2025
ތިބައިގަޑު އިދިކޮޅުގައި ތިބި އިރު ހެދިހާ ދޮގުތައް ކޮބާ؟ އިންޑިއާ ސިފައިން ރާއްޖޭގަ އެބަތިއްބޭ، ޗާގޯސް މޮރިޝަސްއަށް ވިއްކާލައިފިއޭ. މިމީހުންނަށް ވެރިކަން ލިބުނީމަ ނުދައްކާ ޗާގޯސްގެ ވާހަކައެއް ވެސް އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކައެއް ވެސް. މިރާއްޖޭގައި ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ސިޔާސީ މީހުންނަކީ ވަރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔެއް.
ގުއިއްޒު
18 May 2025
ރަނގަޅަށް މިމީހުން މިތިބީ ވެރިމީހާގެ އަވައިގައި ޖެހި ވާވަދެފައި. ދެން ތިގޮތުގައި ޣާފިލުކަން މަތީ ކުރިއަށް ވަޑައިގަންނަވާ. ކޮންމެވެސް ދުވަހަކުން ތެދުމަގު ދައްކަވާނެ އިރާދަކުރެއްވިއްޔާ.
ކޮލަމާހުއްޓާ
18 May 2025
ފުރަތަމަ މިގައުމުގެ ވެރިމީހާގާތު ބުނެލަދީ ތެދުބަހުން ވާހަކަދައްކަން.
ޖުނައިހް މުހައްމަދު
18 May 2025
އެމްޑީޕީ އަކީ އަބަދުވެސް އިދިކޮޅުގަ ތިބެގެން ގައުމަށް ގެއްލުން ދޭން އުޅޭ ބަޔެއް. އެކަން މިދަނީ އަބަދުވެސް ފެންނަމުން.
ސޮހޮލު
18 May 2025
އެމްޑީޕީގެ 8 އަހަރުގެ ވެރިކަމުގައި ކުރި ކަންކަމާއި، ޕީޕީއެމްގެ ވެރިކަމުގައި ހިނގި ކަންކަން ބަލާ ހޯދާ، ސަރުކާރަށް، ރައްޔިތަށް ފައިދާ ކޮށްދީފައި ވަނީ ކޮންބައެއްތޯ؟
އަހްމަދް
17 May 2025
މީހުން ލައްވާ ހަޔާތް ގޮއްވަން ނޫޅެބަލަ...
ހާސަރު
17 May 2025
މަޖްލިހުގައި ގާނޫނީ ލަފާދެއްވަން އިންނެވީ އިދިކޮޅު ޕާރޓީގެ ބޭފުޅެއްތޯ؟! ޚަލީލުމެން އެކްސްގައި ކޮންމެއެއްޗެއް ލިޔުނަސް ހަގީގަތް އޮޅުވާނުލެވޭނެ.