އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު: ބޭންކްތަކަށް ލިބޭ ޑޮލަރުގެ 90 ޕަސެންޓް
20 މެއި 2025 - 14:55
ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓުހައުސް ފަދަ ތަންތަނުން ބޭނުންކުތަކަށް މާރުކުރާ ޑޮލަރުގެ ބޮޑު ބައެއް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދޭންޖެހޭ ގޮތަށް ހަދައިފި އެވެ.
އެނގިފައިވާ ގޮތުގައި، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭ ދޭންޖެހޭ ގޮތަށް ބޭންކްތަކަށް މިހާރު ވަނީ އަންގައިފަ އެވެ.
އެމްއެމްއޭގެ ގާނޫނުގައި، ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ވަކި ޕަސެންޓެއް މަރުކަޒީ ބޭންކަށް ވިއްކަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އެ ޕަސެންޓު ކަނޑައެޅުމުގެ އިހުތިޔާރު ގާނޫނުން ދީފައިވަނީ އެމްއެމްއޭ އަށެވެ.
މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއީ އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަރަންސީ ސްވޮޕް ވެސް ހިމަނައިގެންނެވެ.
ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތަކީ ހަ މަހެވެ.
އެނގިފައިވާ ގޮތުގައި ހަ މަހުގެ އިތުރުން، އިތުރު ތިން މަހަށް އެ ފެސިލިޓީ ރޯލްއޯވާ ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެންވެ، ޖުލައި މަހު އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ އެވެ.
އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ފަހަރެވެ. އެ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެ އެވެ.
ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ މިދިޔަ އަހަރު ނެރުނު ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށްފަހު އެއަށް އަމަލުކުރަން ފަށައިފަ އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އަލަށް ގެނައި ގާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް މާރުކުރި އަދަދު 150 މިލިއަން ޑޮލަރަށް އަރާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
22 May 2025
ޑޮލަރު ދެންނާރާނެ މައްޗަކައް ނާރާނެ ވާނުވާގަ ދައްކާ ވާހަކަ ތޯއްޗެ
އޮނަރަބްލް އަފީފު ދީދީ
20 May 2025
ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާ ބޭރު ފައިސާގެ ތެރެއިން ކުޑަ މިންވަރެއް (ހުރިހާ ރިސޯޓަކުން ވެސް ޑޮލަރ މާރުކުރަނީ ކަޅު ބާޒާރުގައި) ރާއްޖޭގެ ބޭންކް ތަކުން މާރު ކުރަން ކަޑައެޅި ޤާނޫނު ނުވަތަ ފޮރެކްސް ޤާނޫނާއި އެކުގައި ހަދާން ޖެހޭ އެހެން ޤާނޫނު ތަކާއި ޤަވާއިދު ތައް ހަދާފައި ނުވާތީ، ޙަޤީގަތުގައި ފޮރެކްސް ޤާނޫނުގެ މަޤްސަދު ޙާސިލްވިކަމަކަށް ޤަބޫލެއް ނުކުރަން. ސައުދާޤަރުން ދެކޮޅު ހެދިކަމަށް ވިޔަސް މި ޤާނޫނަކީ ޑރ މުއިއްޒުގެ ސަރުކާރުން ކުރި ރަނގަޅު ކަމެއް.
އަލްޖިބްރރާ
20 May 2025
އަދިވެސް ދިލްބަހާރުމަގު ސަރަހައްދުގެ ގިނަަ ކުދިފިހާރަތަކާއި ކުދި ޓޭކްއަވޭތަކަކީ ބޮންދުންގެ ވިޔަފާރި. ބައެއް ތަންތަން. އެތަންތަނުގެ ކޯޓާތައް މެނޭޖްކުރަނީވެސް ބޮންދުންގެ ފޯނުތަކުން އެކްސްޕެޓްއަށް ލޮޮގިންވެގެން.
ބުދަ
20 May 2025
ދަރަނި ދައްކަން މި ޖެހުނީ ޑރ މުއިއްޒުއަށް
ފަރަންޖީ
20 May 2025
ތާހިރުވެއްޖެއްނު؟ %90 އެމްއެމްއޭއަށް ނަގާފައި އޭތި އެފޮނުވާލަނީ ބޭރަށް ނޫނީ ސަރުކާރު ކުންފުނިތަކަށް ދޭނީ. ދެން ތިބޭ ރަށު ތެރޭ ޑޮލަރު ތިޔާގެވާނެކަމަށް ބަލަބަލާ.
ފޮނިޓައްޕު ހަސަނު
20 May 2025
ޑރ.މުއިޒުއަށް ގޮވާލަން ޓޫރިސްޓު ރިޒޯޓުތަކުގެ ކޮންމެ މަހެއްގެ ޚަރަދަށްވާ ބަޖެޓުގެ ޑޮލަރު ވެސް ބޭންކުތަކަށް މާރުކުރަން ލާޒިމް ކުރަން. ސަބަބަކީ ރިޒޯޓުތަކުން، ތެލާއި، ކާބޯތަކެތި ގަންނަން، އަދި މެއިންޓެނެންސް ޚަރަދު ކުރަންޖެހޭ ފައިސާ މާރުކުރަނީ ބްލެކްމާރކެޓަށް. 1 މިލިއަން ޑޮލަރު މާރުކޮށްލީމަ ވެސް އެބަ ލިބޭ 3،83ރ މިލިއަން ކަޅުފައިސާ. އާއްމު މީހާ ބްލެކުން 1000ޑޮލަރު ގެނެލީމަ ގެއްލުން ވެގެންދޭ 3830.00ރ.
ޙަސަންްްް
20 May 2025
ރަނގަޅު
ދަރަނި މެނޭޖްމަންޓް ވެރިޔާ
20 May 2025
ދަރަނި އަދާކުރާން ފެންނަނީ ރައްޔިތުން އަތުގައި ހުރި ރަނާއި ރިހި ވެސް އަތުލާން ފެށުން. ގައިމު 30 ހަކަށް ޓަނުގެ ރަނާ ރިހި ދިވެހީން އަތުގައި މިހާރު ހުންނާނެ. އެއީ ގާތްގަނޑަކަށް 103.88 މިލިއަން ޑޮލަރު ލިބޭނަމަ އެއީ 3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް. ގާނޫނަކަނުން ނޫނަސް ރައްޔިތުން މި ދަރަނި ދައްކަން ޖެހޭނެ.
ލޯނުއެދުރު
20 May 2025
އިބީ ސޯލިހު ލަވައިދިން އެއްޗެއްގެ ހިތިރަހަ
ނާޑުވާ
20 May 2025
ޢަބްދުﷲ ޔާމީން އާއި މިހާރު ވެރިކަމުގަ ތިބި އޭރުގެ ކެބިނެޓް ކާންދިން އެއްޗެހީގެ ރަހަ.
ކަމުނުދާމީހާ
20 May 2025
ކުދި ވިޔަފާރިތައް އިނދަޖައްސާލާ ފުނޑާލި މީހާ