ޚަބަރު

ރާއްޖޭގެ ރީތިކަން ރައްކާތެރިކުރެވޭނީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށްގެން: ރައީސް

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގުދުރަތީ ރީތިކަން ރައްކާތެރިކުރެވޭނީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަސް ނުވަތަ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުދުރަތީ ރީތިކަމަކީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށެވެ.

"މި އަގުހުރި ނިއުމަތަށް ރައްކާތެރިވެވޭނީ، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ދަމަހައްޓައިގެން،" ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 22 ވަނަ ދުވަސް ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދެމެހެއްޓެނިވި ތަރައްގީ އާއި އަމާން މުޖުތަމައެއް ހާސިލް ކުރުމުގައި ދިރޭތަކެތީގެ ނަސްލަށް ވެސް އިހުތިރާމްކުރުމާ އެކުގައި ކުރިއަށް ދިއުމުގެ މަގުސަދުގަ އެވެ.

ބަޔޯޑައިވާސިޓީ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ގުދުރަތީ މާހައުލާއި ދެމެހެއްޓެނިވި ތަރައްގީގެ ގުޅުން" އެވެ.

އިންޑިއާގެ ކަނޑުގެ މެދުގައިވާ ރާއްޖެއަކީ، ހާއްސަކޮށް ކަނޑުގެ ދިރުންތަކުން މުއްސަނދި ގައުމެކެވެ. ފަރުތަކާއި މޫދުގައި އުޅޭ އެކި ބާވަތުގެ މަސްތަކާއި ވެލަ އާއި ބޮޑުމަހާއި މަޑި އާއި އަދިވެސް އެކި ބާވަތުގެ ދިރުންތަކަކީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އަންގައިދޭ މުހިންމު ދިރުންތަކެވެ.

ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓް ރާއްޖޭގައި އޮތްއިރު، މިތަނުގައި 250 ބާވަތުގެ މުރަކަ އާއި 1،100 އަށް ވުރެ ގިނަ ބާވަތުގެ މަސްމަހާމެހި ދިރިއުޅެ އެވެ.

13 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންކަރާ

23 May 2025

މީހަރުންވެއްޖެއް ނޫންތޯ "އޮންރަބަލް" އަށް ކޮލަމެއް ދޭން. މިއާޓިކަލަށް ވުރެ މީނަގެ ކޮމެންޓުދިގު.

The name is already taken The name is available. Register?

އަހަންމަދާ.

22 May 2025

އަފިފޫ. މުއިއްޒު އަޅަން ބުނި ހުޅުމީދޫ ބުރިޖު އަޅައިފިތޯ ؟

The name is already taken The name is available. Register?

ހަންމާ ޗަން

22 May 2025

އަފީފު ވަަރަށް ހާޑު ވެފަ ހެން ހީވަނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

ފަޅުރަަށް ތަކުގެތެރެއިން ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ފެހިކަން ނެތްވަރަށް ގަސްތައް ހެދިގައިވާ އައްޑޫ ވިލިގިލި ރިސޯޓަކަށް ހެދުމުގެކުރިން އެރަށަކީ ދޮންދީނިގެ އިތުރުން ކަޅުދޫނި (Lesser Noddy) އާއި މާރަނގަ (Brown Noddy) އަދި ހޯގޮޅާ (Streaked Shearwater) އާދަޔާއި ޙިލާފަށް ގިނަ އަދަދަކަށް ވަޒަނެއްގެ ގޮތުގައި އެރަށްހަދައިގެން އެތަނުގައި ދިރިއުޅުނު ދޫނިތަކެއްކަން އައްޑޫގެ ހުރިހާ ރައްޔިތުނަށް އިގޭނެ. މިދޫނިތައް ރަށްދޫކޮށް ދިޔައީ އެއްނޫން ފޮނުވާލީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

މިހާރުވެސް 15 ހާހަށް ވުރެ ގިނަ އަދަދަކަށް ދިވެހި ރުއް ހުރި ވިލިގިލި ރިސޯޓަކަށް ބަދަލުކޮށް ހިންގިއިރު ރަށުގެ ގަސްތަކަށް މަތީގައިދެންނެވި ދޫނިތަށް ސީ ލާފައިހުންނާތީ ރިސޯޓް ހިންގަންތިބި ބިދޭސީ އޯނަރުން ރަށުގެ ރުކާއި ގަސްތަކުގައި ފުލަޓްލައިޓް ހަރުކޮށް ދުނިތަކަށް އުދަނގޫކޮށް މުޅިރަށުން މިދެންނެވިދޫނިތައް ބޭރުކޮށް ހުސްކުރި. މިކަމަށް އޭރު ރިސޯޓްގައި މަސައްކަތްކުރި ދިވެހިމުވައްޒިފުން ހެކިވާނެ. މިފަދަ ކަންކަން ހުއްޓުވައިގެން ނޫނީ ވެށި ހިމާޔަތް ނުކުރެވޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

އައްޑޫސިޓީގެ ފަޅުގެތެރެއިން ބޮޑު ސަރަޙައްދެއް ޔުނެސްކޯ Biosphere Reserves ގެ ގޮތުގައި ކަޑައަޅާފައިވާއިރު ބޮޑު ކުޅިއަކާއި އަދި ޗަކަބިންވެސް ހިމެނޭ ސަރަޙައްދެއްގައި Addu Nature Park ހަދާ، އަދި މީދޫ އަވަށުގައި Mathikilhi Eco Garden ގެ ނަމުގައިވެސް ސަރަޙައްދެއް ކަޑަަޅާ ވަކިކޮށްފައި އެބައޮތް. މީގެ އިތުރަށް ރާއްޖޭގެ އެހެންރަށެއްގައި އާންމުކޮށް އާލާވެ ދިރިނޫޅޭ އައްޑުއަށް ޙާއްސަ ދޮންދީނި ހިމާޔަތްކުރަން "ކާޅަކީ އައްޑޫގައި ޕެސްޓެއް ކަމަށް" ވަނީ ނިންމާފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

މަތީގައިދެންނެވި ކަންކަން އެގޮތަށްކަޑައަޅާ ނިންމާފައިވިޔަސް "އެކަންކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ކަންކަންކަމަށް" ބެލެވިދާނެ. މީގެމިސާލަކީ އޭގެސަބަބުން "އައްޑޫގައި ދިރިއުޅޭ ދޮންދީނި މަރާހުސްކުރާ ކާޅުތައް އައްޑޫގައި ބާރުމިނުގައި އާލާވެ އިތުރުވެގެން ދާއިރުވެސް" އަދި ކާޅަކީ އައްޑޫސިޓީގައި ޕެސްޓެއްގެ ގޮތުގައި ކަޑައަޅާ ގެޒަޓް ކޮށްފައިވާ ސޫއްޕެއް ކަމަށް ވިޔަސް އައްޑޫން ކާޅު ހުސްކުރުމަށް މާލޭސަރުކާރުން އެއްވެސް ކަމެއް މިހާތަނަށް ނުކުރާކަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

ރައީސް، ކާޅަކީ މީގެ ކުރިން އައްޑޫގައި ދިރިއުޅެ، އާލާވި ދޫންޏެއް ނޫން. މިހާރު އައްޑޫގައި އުޅޭ ކާޅަކީ އައްޑޫމީހުންނަށް ޖެއްސުންކުރުމަށްޓަކާ ކޮންމެވެސް ބަޔަކު އައްޑުއަށްގެންގޮސް ދޫކޮށްލި ކާޅުތަކެއް. މި ކާޅުތައް ގިނަވެ، އައްޑޫގައި އުޅޭ ދޮންދީނިތަކަށް ހަމަލާދީ، ދޮންދީނި ބިހާއި ކުދި ދޫނިތައް ކަމުން ގެންދާތީ، ކާޅަކީ އައްޑޫގައި ޕެސްޓެއް ކަމަށް ކަޑައަޅާ ގެޒަޓްވެސް ކުރި. އައްޑޫ ކައުންސިލާއި ރައްޔިތުން ސަރުކާރުގައި އެދެނީ އައްޑޫއިން ކާޅު ހުސްކޮށް ދިނުމަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

އައްޑޫގައި މިހާރު ހިމާޔަތްކޮށްފައިވާ ނޭޗާރ ޕާކާއި އިކޯ ގާޑެން އަދި ދޮންދީނި ގެ އިތުރަށް ސާކްސަމިޓް ބޭއްވުމަށް އައްޑޫގައި އިމާރާތްކުރި Addu Equatorial Convention Center އަދި މިހާރު ހޮސްޕިޓަލަކަށް އެތަން ހަދާފައިވާ އިމާރާތް ހުރި ކިޅި (މާލޭމީހުން ކިޔާގޮތަށް ނަމަ ކުޅި) ހިއްކައިގެން އެތަނުގައި އިތުރު އިމާރާތްކުރުމުގެ ބަދަލުގައި އަންނާންއޮތް ޖީލުތަކަށްވެސް އައްޑޫގެ ރީތިވެށި ދެއްކުމަށްޓަކާވެސް މިތަންހިއްކައިގެން އިމާރާތް ނަހަދާ ކުޅި ހިމާޔަތް ކުރަންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

ރައީސް އިޢުލާން ކުރައްވާފައިވާ "މިލިޔަން ގަސް ޕްރޮޤުރާމްގެ ދަށުން" އައްޑޫސިޓިގައި Jackfruit ، ބަނބުކެޔޮ، Custard Apple، އަނޯނާ، Rambutan، އަނބު، Mangosteen އަދި ޖަބުރޯލު ފަދަ ރާއްޖޭގެ މާހައުލުގައި ހެއްދޭ ކަހަލަ ބިޔަގަސްތައް ހެއްދުމަށް އިސްކަންދީގެން 5 މިލިޔަން ގަހުވެތެރެއިން މިދެންނެވިފަދަ 1 މިލިޔަންގަސް އައްޑޫސިޓީގައިހެއްދުމަށް ކަޑައަޅާ އަމާޒުހިފައި އެކަމަށް މަސައްކަތްކުރުން ވަރަށްމުހިންމު. މިއީ ދޮންދީނިގެ ހިމާޔަތަށްޓަކައިވެސް ކުރާންޖެހޭ ކަމެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

ކ.އަތޮޅު މާލެއާއި ޙިލާފަށް އައްޑޫސިޓީ އަކީ މަތީގައިދެންނެވި ފަދަ މޭވާ ލިބޭ ބިޔަކޮށް ހެދޭ ޓްރޮފިކަލް ގަސް އިންދާނެ ބިން އޮތް އަދި މިފަދަ ގަސްތަކަށް ކަމުދާނެ ބިންގަނޑު ރަނގަޅު ތަނެއް. ދާދި ފަހުން GAN International Airport ތަރައްޤީ ކުރާ ނަމުގައި ފުލުހުންނާއި ސިފައިން ރަށުގެ ބޮޑު ބައެއްގައި ފެންސް ޖަހައިގެން އައްޑޫ މީހަކަށް އެތަނުގެ ފަޅު ތެރެއަށް ވެސް ފޭބުން މަނާކޮށް މިލިޓަރީ ބޭސްއެއްގެ ގޮތަށް ހިންގާ ރަށުގެ ހުރިހާގަހެއް ވަނީކަޑައި ބިމާއި ހަމަކޮށްފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 May 2025

ރައީސް އިއުލާން ކުރައްވާފައިވާ މިލިޔަން ގަސް ޕްރޮޤްރާމްގެ ތެރެއިން އައްޑޫގައި ގަސް އިންދުމަށް ހެރެތެރެ، ވިލިގިލި، ގޭން އެއަރޕޯޓްގެ އިތުރުން Addu Nature Park، އާއި އިކޯ ގާރޑެން، ކުރީގެ ECC އާއި Addu City Square ، އައްޑޫ ހުރިހާ އަވަށްތަކުގެ ސުކޫލްތަކާއި. މިސްކިތް ހަރިންމަތެރެ، National College of Policing and Law Enforcement، އަދި އައްޑޫސިޓީ State House ފަދަ ދައުލަތުގެ ބިންތަކުގައި ގަސް އިންދައިފިނަމަ މިކަމުގެ ހެޔޮ ނަތީޖާ ފެންނާން ހުންނާނެ އިގޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454