އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މުވައްޒަފުންތަކެއް ދަރުބާރުގޭގައި .-- ފޮޓޯ: ރައީސް އޮފީސް
22 މެއި 2025 - 15:23
ދަރުބާރުގޭގައި ހިންގާ ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނީގެ މައްސަލަ އިތުރަށް ގޯސްވީ ކުރީގެ ސަރުކާރުތަކުން ވެސް ކުރަން ޖެހޭ މަރާމާތުތައް ނުކުރުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފީސް ކުރިން ހިންގި ގްރީން ބިލްޑިންގްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރޯވެ، އަނދައިގެން ދިއުމުން މިހާރު ވަގުތީ ގޮތުން އެ އިދާރާ ހިންގަނީ ދަރުބާރުގޭގަ އެވެ. ދަރުބާރުގޭގައި ހިންގަނީ މިނިސްޓްރީގެ ތިމާވެއްޓާ ބެހޭ ބަޔާއި އެތަނުގެ ދަށުން ހިންގާ އީޕީއޭގެ މަސައްކަތްތަކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ކަތުރުފަނި އަޅައި މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އުނދަގޫވެ އިއްުޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީ ދަރުބާރުގެ އަށް ބަދަލުކުރިއިރު ވެސް ކަތުރުފަނީގެ މައްސަލަ ފާހަގަވި ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އަންނަ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މި އަހަރު ވެސް ޕެސްޓް ކޮންޓްރޯލް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޒިންމާއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އިދާރާތަކުގެ ޖާގަ ބެލެހެއްޓުމެވެ.
"އެހެންކަމުން ކަތުރުފަނީގެ މައްސަލަ ދިމާވާ ކަމުގައިވާ ނަމަ އެ މައްސަލަ ހައްލު ކުރަން ޖެހޭނީ އެ މިނިސްޓްރީއަކުން. އަދި ކަތުރުފަނީގެ މައްސަލައާ ގުޅިގެން މުވައްޒަފެއް އެލާޖިކް ވެގެން މި މިނިސްޓްރީ އަށް ރަސްމީކޮށް އަންގާފައެއް ނުވޭ،" ސުވާލުތަކުގެ ޖަވާބުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ރަސްމީ ބޮޑެތި ހަފުލާތަކާއި ޕާޓީތަކަށް ބޭނުން ކުރަމުން އައި ދަރުބާރުގޭގައި މީގެ ކުރިން ކަތުރުފަނީގެ މައްސަލަ މިހާރު ދިމާވެގެން އުޅޭ ވަރަށް ދިމާ ނުވާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކަތުރުފަނީގެ މައްސަލައާ ގުޅިގެން މުވައްޒަފަކު އެލާޖިކް ވެގެން މިނިސްޓްރީ އަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ،
ކަތުރުފަނީގެ މައްސަލަ މި ފަހަރު ބޮޑުވި ސަބަބެއް ކަމަށް އެ އޮފިޝަލް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވެސް ދަރުބާރުގެ އަށް ބޭނުންވާ މަރާމާތުތަކާއި މެއިންޓެނަންސްގެ ކަންކަން ކުރިއަށް ގެންދިޔަ ވަރު މަދުވުމުން ކަމަށެވެ.
"މިދިޔަ އަހަރު ތެރޭގައި މި މިނިސްޓްރީގެ ފަރާތުން ވެސް ދަރުބާރުގޭގެ ގިނަ މަރާމާތުގެ މަސައްކަތްތަކެއް ކުރެވުނު. ނަމަވެސް ކުރީގެ ސަރުކާރުތަކުން ވެސް ދަރުބާރުގެ އަށް ބޭނުންވާ މަރާމާތުތަކާއި މެއިންޓެނަންސް މަސައްކަތްތައް އެ ދައުރުތަކުގައި ކުރިއަށް ގެންގޮސްފައިވާ މިންވަރު ވަރަށް މަދު. މިއީ ވެސް މިފަދަ މައްސަލަތައް އިތުރަށް ގޯސްވާން ދިމާވި ސަބަބެއް،" އޮފިޝަލް ވިދާޅުވި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒަށް ފޮނުވި ޕެޓިޝަނުގައި ބުނީ، ދަރުބާރުގޭގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ، މަސައްކަތްކުރާ ވަގުތު މުވައްޒަފުންގެ ބޮލަށާއި ގަޔަށް އަދި ގެންގުޅޭ ސާމާނަށް ވެސް ކަތުރުފަނި އަރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. މުވައްޒަފުންގެ ގައިގައި ކަތުރުފަނި ހެފުމުގެ ސަބަބުން އެކި ކަހަލަ އެލާޖީ މައްސަލަތައް ދިމާވަމުންދާ ކަމަށް ޕެޓިޝަނުގައި ވެ އެވެ.
ދަރުބާރުގޭގައި މަސައްކަތްކުރަން ދީފައިވާ ގޮނޑި އާއި މޭޒަކީ އެންމެ އެކަށޭނެ ފެންވަރެއްގައި ހުރި އެއްޗެހި ކަމަށް ނުވާތީ، މުވައްޒަފުންގެ އަތާއި ކޮނޑު އަދި އުނަގަނޑަށް އެކި ކަހަލަ ގެއްލުން ލިބި ފިޒިއޯތެރަޕީ ނަގާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓުރޭ
24 May 2025
ކަލޭމެނަށް 6 ދައުރު ލިބުނަސް ކުރީ ސަރުކާރަކުން ނުނެއްޓޭނެ. ވެރިކަން ދެބައިވާއިރު ކަތުރުފަނިވެސް މި ހަވާލުކުރީ ކުރީ ސަރުކާރުތަކާ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތަ ހަމަ؟
ބަޖޭ
24 May 2025
ކަތުރުފަނި އުޅޭކަށް އެގޭއިރު ޒަމާންވީ ބާއިމާރާތަކަށް މުވައްޒަފުން ފުރަތަމަ ވެއްދުމަކީ ވެސް ގޯހެއް. ބޭކާރު އެތަކެއް ހަރަދެއް ސަރުކާރުން ކުރާއިރު ކީއްވެ ވަގުތީ ގޮތުންވެސް ސޭފް ތަނެއް ކުއްޔައް ނުހިފީ؟؟ އެއާޕޯޓެއް ހުޅުވާލަންވެސް ސަތޭކަ މީހުން ގެންދަަ ސަރުކާރެއް މީ.
ފަނިފަކުސާ
24 May 2025
މީ ރޭވިގެން ކ.މާލެ ބިންވެރިން އިތުރައް މުއްސަދިކުރުމުގެ ޖަރީމާއެއް. މިހާރުވެސް ސަރުކާރު އެތައް އޮފީހެއް މާލޭގެ އެމްޕީއަކަ ގުޅުން އޮއްނަ މ.ސްޓާކުލައުޑްގައި ހިންގާ. އެއްވެސް ސަރުކާރަކުން އޮފީސްތައް ހިންގަން އިމާރަތެއް އަޅާކަށް ބޭނުމެއް ނުވޭ. އަޅާނަމޭ ކިޔާ ކަޑަނީ ބައިސާ އަނދުން އަޅުވަންް. 5 ބުރީގެ އިމާރަަތެއް މިޒަމާނުގައި 5 މަހުން ވެސް ނިމޭނެ. ބޯކޮއް ސިޔާސީ ވަޒީފާ ހަދާ 30 ހާހުން 40 ހާހުން އެ ސިޔާސީންނަށް މުސާރަ ދެވެންޔަ އިމާރާތް ވެސް އެޅޭނެ.
ސައިޓް
23 May 2025
އެންވަރެމެންޓް މިނިސްޓްރީ ރަގަޅު ކުރަން މިވަގުތު ކުރަންޖެހޭ އެންމެ މުހިންމުކަމަކީ އެތަނައް އާ ޕީއެސް އެއް ހޯދުން މިހާރު ހުންނެވި ބޭފުޅާއަކީ ތަނުގެ އިދާރީ ކަންކަން ބެލެހެއްޓުމައްވުރެ އޭނަގެ އަމިއްލަ ވަޒީފާގެ ކަންކަމުގައި ވަގުތު ދޭމީހެކެވެ. މިހިސާބައް މިކަން ދިއުމުގެ މައިގަނޑު ސަބަބަކީ 14 އަހަރު މިމަގާމުގައި މީނަ ބެހެއްޓުމެވެ.
އޮގް
24 May 2025
އަމިއްލަ މަސައްކަތް ކުރުމެއް ނޫން މައްސަލައަކީ. މައްސަލަ އަކަށް ވަނީ އަދާކުރާ ވަޒީފާއާ މަގާމުގެ ޒިންމާތަކައް އެކަމުން ބުރޫއެރުން. އެހެންވަންޔަ އެއީ އިޝޫއެއް.
ދަބަރު ޖަހާފަ
24 May 2025
ޕީއެސް އިން 5 އަހަރައް ވުރެ ގިނައިން ނުހުރެވޭ ގޮތް ހަދަންވީ. އެގޮތިން ފަށަންވީ އިކްނަމިކް މިނިސްޓުރީ އިން. 20 އަހަރު ވެއްޖެ އެބޭޅާ. އޮފީހުގައި ފިތުނަ އުފެއްދުމާ އަމިއްލަ ގޮތް ފެތުރުން އޮންނަނީ.
ސާބަސްދެން
23 May 2025
ކުރީ ސަރުކާރުތަކާ ހެދި ކަމެއްދެން ނުކުރެވެންޏާ ތިކަމުން ސަލާމަތްވާން އިސްތިއުފާ ދޭން ވީނު؟
އަންދަލޫ
23 May 2025
ވަރަށް ރަނގަޅަށް ޕާޓީއާ ހަފްލާތައް ބާއްވަ ބާއްވާ އޮއްވާ ކޮންމެސް ކުރީ ސަރުކާރެއްގެ ހައުސިން މިނިސްޓަރެއް އެތަން ދިނީ ޕާޓީ ޖަގަހަ ހަދަން
ކޮރަލް
23 May 2025
ދަރުބާރުގޭގައި މަސައްކަތްކުރަން ދީފައިވާ ގޮނޑި އާއި މޭޒަކީ އެންމެ އެކަށޭނެ ފެންވަރެއްގައި ހުރި އެއްޗެހި ކަމަށް ނުވާތީ، މުވައްޒަފުންގެ އަތާއި ކޮނޑު އަދި އުނަގަނޑަށް އެކި ކަހަލަ ގެއްލުން ލިބި ފިޒިއޯތެރަޕީ ނަގާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ. ސުނާމީގަ ވެސް ވ ޝާކުވާ ގިނަ ވިއެވެ. ބައެއް މީހުން ކާ އެއްޗެހި ގޯސް ވެގެންނެވެ. މިހާރު މިއޮތީ ޢާއްމު ހާލަތަކު ނޫނެވެ. ވަގުތީ ތަނެއްގަ އެވެ.
މުރަކަ
23 May 2025
އާއްމު ހާލަތެއްގައި ގައިމުވެސް ދައުލަތުގައި ފައިސާ ހުރީމަ ދޯ ބޭކާރު 2000 އަށް ވުރެ ގިނަ ސިޔާސީ ބޮލައް މިލިއަނުން މުސާރަ ދެވޭނީ؟ ދެން 2 ލައްކަ ވެސް ނުދާނެ އެގޮޑިތަކާ މޭޒު ބަދަލު ކުރަން. ކުރެވޭނެ ކުރީމަ. ޕުރިއޮރިޓީ މައްސަލަ އެއް އުޅެނީ.
ލިޔާގަތު
24 May 2025
އާ ރަނގަޅަށް ތިބުނީ. ބޭކާރު ހަރަދުކޮއް ސިޔާސީ މަގާމުތަކައް ޓެކްސް ފައިސާ ތަޅާ ބުރުވުމަކީ އާއްމު ހާލަތެއް ނޫން ބޭފުޅާ.
ހައްޖަ.
23 May 2025
ދެން ކުޜީ ސަރުކާރު ނުކިޔާ ފައިބަން ވީނު .އެހެންކިޔަން އެރުވި ސަރުކާރެއް ތަ؟
ނަމުން އެއް މިނިސްޓުރީ އެކޯ
22 May 2025
މުއިއްޒު އައިސް ދެ މިނިސްޓުރީ އެއް ކޮއްލީ. އެކަމަކު ދެ މިނިސްޓުރީގެ މުވައްޒަފުންގެ މެދުގައި ސަރުކާރުން ތަފާތުކުރާ ވަރު މީ. ޓުވަރިޒަމް ސްޓާފުން ވެލާނާ ގޭގަ ޒަމާނީ ގޮނޑިމޭޒާ އެކު. އެންވަރަމަންޓު ސްޓާފުން ޓިނު ގުދަނުން ކަތުރުފަނި ހާލިތަކުން ދެން ނޭގެ ބުޅާ ކޮއްޓައް ނޫން ކަމެއްވެސް ލާނީ
އަހަރެމެން
22 May 2025
3 މިނިސްޓްރީ އެނދީވެސް ކުރީ ސަރުކާރުން އަލިފާން ގެންގުޅުނީމަ ކަމައް މިނިސްޓަރު މުއްތޮލިބު ބުނާނެ އަދި މިވަރުން ދާނަމަ