ހުޅުމާލެ ޕޮލިސް ސްޓޭޝަން: ހުޅުމާލޭގައި އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިންގި މައްސަލާގައި އެ ދެ ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި --- މިހާރު ފޮޓޯ/ ފަޔާޒު މޫސާ
25 މެއި 2025 - 16:55
އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިންގައި، އެކަކުގެ ބޯ ފަޅާލައިފި އެވެ.
އެ މާރާމާރީ ހިންގީ ހުޅުމާލެ ބުރެވިގަސް މަގުގައި މިއަދު މެންދުރު 1:30 ހާއިރު އެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީ ހިންގައިގެން އުޅޭ ކަމަށާއި އެ މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އެކެއްގެ ބޯ ފެޅި، ކުދި އަނިޔާތައްވެސް ލިބިފައިވާ ކަަމަށެވެ. އަދި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ނުބުނި ނަމަވެސް އެ ދެ މީހުން ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސ11
26 May 2025
ާަކޮންލޯބިވެރިއޭ ކިޔާކަށްތަ. ހުޅަނގުކާފަރުންހެ ބަހުރުވަތީ. ހިތާވެގެންއުޅޭ މީހާއޭކިޔާ
ކޮން
26 May 2025
ހުޅަނގުގެ ގޮތަށް އުޅުން އޯކޭ ވަންޏާ، ބަހުރުވަވެސް ހުންނާނީ އެހެން ދޯ..
އަހައްމަދޫ
26 May 2025
މިވެވެނީ ހަގީގީ ލޯބި. އެހެންނޫނީ ނުވާނެ ހަގީގީ ލޯތަބަކަށް
ޖަރުމަނު
26 May 2025
އައްޗީ، ދީފަ އަތުލާ ފީފާ ބުރިއެއްތަ....
raajje
26 May 2025
ތީމައްސަލައެއްނޫން، އުމުރުގެ ބޮޑުބައެއް ކިޔެވުމުގެނަމުގާ ސުކޫލަށްދިއުމަށް ބޭކާރުކޮށްލާއިރުވެސް ދިރިއުޅުމުގައި ދިމާވާ މިފަދައެއްވެސްކަމަކާ ޑީލްކުރުމުގެ ހުނަރުދަސްކޮށްދެވިފައި ނުހުރޭ! ބޮނޑިބޮއެގެން ހިތާމަތަކުގައި އުމުރުގެބައެއް ބޭކާރުކޮށްލުމަށްފަހު އެއްބަޔަކު ދިރިއުޅެންދަސްކުރޭ، އަނެއްބަޔަކު މިފަދަކަންކަމުގާ ހަނާވެގެންދޭ، ތައުލީމީ ނިޒާމުގެތެރޭން ދިރިއުޅުމުގާ ދިމާވާ އުފަލާހިތާމައިގެ ވަގުތުގައި ކަންކުރާނެގޮތްދަސްވާންޖެހޭ
ފޮތާފަންސުރުހޯދަބަލަ
25 May 2025
އަންހެނުންނަކީ އެމީހުނާހެދި ތިވަރުވާންޖެހޭ ބަޔެއްނޫން. ދުނިޔެއިން އަންހެނުން ހުހެއްނުވެޔޭ. މޮޔަނުވެބަލަ. ޕަތެޓިކް!
ބުރުގާ
26 May 2025
މަށަކައް ނޭނގެ. މަދާނީ މަދާތާކައް. ބެންކޮކައް..
ސސހސހ
26 May 2025
މިހާރު މިގޮތް އޯކޭ! މާ ބިރު ބޮޑު ފިރިހެނުން ފިރިހެނުންނާއި ހެދީ މިވަރު ވާތީވެ. އެހެންވީމާ މިކަން ބަލައިގަންނަން ވާނެ.
ވެންގަބޯ
25 May 2025
އަހަރެން ބޭނުންނެތިގެން އެއްލާލާ އެއްޗެއް 2 ވަނަފަހަރަށް ފަސްއެބުރި ބަލާވެސް ނުލާނަން ފައިބުޑަށް ވެއްޓިފައި އޮތަސް ފިރިހެނުން ނަކީ ވަރައް ގަޓުވާން ޖެހޭބައެއް ފިރިހެނުން ނަށް ހުތުރު އަރުވަން އުޅޭ 2 މެމީހުން ތީ އަންހެނަކާހެދި ތިވަރުވާކަށް ނުވާނެއެވެ ބޭނުން ވަރަކަށް ބޭނުން ކުލައެއްގެ ބޭނުން ގައުމެއްގެ އަންހެނުން މިތިބީ ހުޅުމާލޭ ގައި ރަނގަޅު ކުއްޖަކު ހޯދާގެން އާބާބަކުން ފަށަމާ ހިނގާ ދޯ
ކިމް
26 May 2025
މެން އީގޯ
އަބުދުއްރައްޒާގު އަލީ
25 May 2025
ބަލަ ބޭނުން ނެތިގެން ދޫކޮށްދާ ތަކެތީގެ ފަހަތުން ތިގޮތަށް ބަލިކަށިވެ ނާއުއްމީދުވެގެން ނުގޮސް ތަންކޮޅެއް ހިއްވަރުލާ އިހުނަށް ވުރެން ފިލިވަސް ގަދަކޮށްލަބަލަ. ތިންތަނުން ކެކިކެކި ތިބޭ ހޫނުގަދަ ތަކެތިވެސް ފަހަތުން އަންނާނެ.
މޯޅި
25 May 2025
ހަދާން ވަނީ ހެނދުނު 6 ޖަހާއިރު އަންނަ ބޮޑުބެރު ލަވައެއްމަތިން "ދެބުޅާ ކޯޅިގަނެގެން...." ޙަހަހަހަ....
ސައުދާގަރު
25 May 2025
މިތާނގަ އަންހެނެއްގެ ކުރީގެ ފިރިމީހާއޭ ނުލިޔުނަސް ދެ ލޯބިވެރިއެއްގެ މެދުގަ މާރާމާރީ ހިންގައިފިއޭ ލިޔެފަ އޭގެ ފަހަތަށް ފިރިހެން މީހާއަކީ މީހަކާ އިނދެ ވަރިކޮށްފަ ހުރި މީހެކޭ ލިޔުނުނަމަ ތަންކޮޅެއް ބޮލަށް ފަސޭހަވީސް.
މުލޭ
25 May 2025
އަދި އެއްފަހަރު ކިޔާލަބަލަ. ތިބުނި ގޮތުން ދެލޯބި ވެރިންނަކީ ދއ ދިރިހެނުންތާ!!
ސުހާނާ
25 May 2025
ސައުދާގަރު ކަލޭގެއާ. މީހުން ދައްކާ ވާހަކައާއި ލިޔެފައި ހުންނަ އެއްޗެހި ކަލެއަށް ފަހުމު ނުވަންޏާ ހައްޕު ކިޔައިގެން މަޑުން ހުރެބަލަ. މާރާމާރީ ހިންގީ ދެ ލޯބިވެރިންނެއް ނޫން. އަންހެނަކު އިނދެ ވަރިކުުރި މީހަކާ (ކުރީގެ ފިރިމީހާއާ) އެ އަންހެންމީހާ މިހާރު ހިތާވެގެން އުޅޭ ފިރިހެންމީހާއާ 2 ފިރިހެނުން މާރާމާރީ ހިންގީ. ދެ ލޯބިވެރިންނެއް ނޫން މާރާމާރީ ހިންގީ. ބީތާވިޔަސް ތިޔައީ ބޮޑުވަރު.
ޢަލީ ބަލީ
25 May 2025
ފުލުހުން މާރާމާރީ ހިގި ސަބަބު ނުބުންޏަސް ތިއޮތީ އެގެން އެ މާރާމާރީ ހިގީ އަންހެނަކާ ހެދި ކަން