ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕްލޭން އިފްތިތާހުކޮށްދެއްވާއިރު، އަރިހުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 މެއި 2025 - 15:04
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އެ އަވަށުން އިތުރަށް ބިން ހިއްކުމާ އެކު، ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާނެ ދަތިތައް ކުޑަކުރުމަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ހުޅުމާލޭގެ ފުރަތަމަ މާސްޓަޕްލޭން އެކުލަވައިލުމަށް މީގެ 24 އަހަރު ކުރިން އިސްކޮށް އުޅުއްވި މައުރޫފް ވިދާޅުވީ، ކޮންމެ މާސްޓަޕްލޭނަކީ ވެސް ޒަމާނާއި ތަރައްގީއާ އެއްގޮތަށް "ސްޓްރަކްޗާޑް" ގޮތަކަށް ބަދަލުވަމުން އަންނަން ޖެހޭނެ އެއްޗެއް ކަމަށެވެ.
މާސްޓަޕްލޭނަކީ އަބަދު އެއްގޮތަކަށް އޮންނަން ޖެހޭނެ އެއްޗެއް ނޫން ކަމަށާއި ހުޅުމާލޭގެ މާސްޓަޕްލޭން މިހާރު އޮތްގޮތަށް ބަލާއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް އެމަނިކުފާނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ އަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން އެ އަވަށުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހަދައި ރާއްޖޭގެ ފައިނޭންޝަލް ކެޕިޓަލްއަށް ހެދުމުގެ މަސައްކަތް ފަށާފައި ވާތީ، އެ މާސްޓަޕްލޭނަށް އިސްލާހީ ބަދަލުތަކެއް ގެނައުން މުހިންމު ކަމަށް މައުރޫފު ވިދާޅުވި އެވެ.
"ހުޅުމާލޭގެ މާސްޓަޕްލޭން ރިވައިޒް ކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލެ ބަނދަރުގެ ބޮޑު ބައެއް ހިއްކައި، ބަނދަރުގެ ސްޕޭސް ވަރަށް ބޮޑަށް ކޮމްޕްރޮމައިޒް ވުމުން. ރަށެއްގެ ބަނދަރަކީ އެ ރަށެއްގެ އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އަޅުގަނޑުމެންގެ އެހެން ވަސީލްތަކެއް ރަނގަޅަށް ނުހިނގާނެ،" މައުރޫފް ވިދާޅުވި އެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރު ވަނީ ހުޅުމާލޭގެ ބަނދަރު ސަރަހައްދުން ބޮޑު ބައެއް ހިއްކައި އެ ތަނުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމައިފަ އެވެ. އެހެންވެ، ހުޅުމާލޭގެ ބަނދަރުން ބޮޑު ބައެެއް ވަނީ ގެއްލިފަ އެވެ.
މައުރޫފް ވިދާޅުވިގޮތުގައި، އެޗްޑީސީން މިހާރު މަސައްކަތްކުރަމުން އަންނަނީ ބިންވެރިޔާ ސްކީމުން ދީފައި ހުރި އެއްވެސް ގޯއްޗެއް މަދު ނުވާނެ ގޮތަށް، ބަނދަރުގެ ޖާގަ ބޮޑުކުރެވެން އޮތް ގޮތަކަށް ބޮޑުކުރުމަށް ކަމަށެވެ. މި އާ މާސްޓަޕްލޭން އެކުލަވާލާފައި ވަނީ ބަނދަރުގެ ޖާގަ ބޮޑުވާނެ ގޮތަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިި އެވެ.
މި މާސްޓަޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި އާންމުންގެ ހިޔާލު ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު އިފްތިތާހުކުރި އެޗްޑީސީގެ އާ ވެބްސައިޓާއެކު ވެސް އެޗްޑީސީގެ ހިންގުން ހަރުދަނާވާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
އެޗްޑީސީގެ އާ ވެބްސައިޓުގައި ވަނީ ވިސުލްބްލޮވާސް އަށް ހާއްސަ ޕޯޓަލްއަކާއި ހުޅުމާލޭގެ ޕާޓްނާސް އަށް ހާއްސަ ބާބެއް އަދި އެ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް އިތުރުކޮށްފަ އެވެ. އިމާރާތްކުރުމުގެ ހުއްދަ ހޯދުމުގައި އަވަސް ލުއިތަކެއް ލިބޭނެ ނިޒާމަކާއި އާ ބިޑު ޕޯޓަލްއަކާއި އެޗްޑީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް ވެބްސައިޓުން ފެންނާނެ ގޮތް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޫނިރާއްޖެ ވ. ފަރުބަދަފުށި
27 May 2025
ސަރުކާރުން ކުރަން ބުނާ ކަމެއް ވާތަނެއް ނުފެނޭ، އެކަމަކު ފުލުފުލުގައި ބޮޑެތި މަޝްރޫޢުތައް އިޢުލާނުކުރޭ ، ކޮބާ ރަސްމާލެ، ކޮބާ އައްޑޫ ބުރިޖު، އެއްކަމެއްވެސް ވާތަނެއް ނުފެނޭ، ދައުލަތުގެ މުވައްޒަފުންގެ މުސާރަ ނުދެވި، މަސްވެރިން ބާނާ މަހަށް ލާރިނުދެވި، ފެނަކަ ކަހަލަ ކުންފުނިތައް މިލިޔަނުން ދަރަނިވެރި ވެފައިވާއިރުވެސް ސަރުކަރުން ޕްރޮޖެކްޓް އިޢުލާނުކުރުމުގައި އަވަދިނެތި،
ޖެނިން
26 May 2025
މޮޅުވާހަކަ ނުދައްކާ މުއްތޮލިބު ކައިރީގަ އަހާލަބަލަ މިއޮއް މަސްނިމެނީއޭ ، ގުޅީފަޅުގެ ގޯތިތަކުގެ ގުރުއަތުލުން އޮތީ ކޮންއިރަކުތޯއޭ؟ މަސްނިމުމުގެ ކުރިން ގުރުއަތުލާފަ އަދި ރަޖިސްޓްރީވެސް ހަވާލްކުރާނެ ވާގަކަވެސް މޮޅުވެލާފަ ބިންދާލަފައޮތީމަ
މެންގަލޫރު
26 May 2025
ބަލަ ކޮންމެ ވެރިއަކަށް ނުވަތަ ކޮންމެ އަހަރަކު މާސްޓަރ ޕްލޭން ބަދަލު ކުރަން ވެއްޖެއްޔާ އެއަށް ދެން މާސްޓަރ ޕްލޭނެކޭ ނުކިޔޭނެތާ، ހުޅުމާލެއަށް ގޮންޖެހުން ކުރިމަތިވީ ކުރިން ހެދި މާސްޓާރ ޕްލޭނާއި ޚިލާފަށް ހުޅުމާލޭގައި މީހުން އާބާދު ކުރަންފެށީމަ ނޫންތޯ،
ޒާހިރުޭ
26 May 2025
ބަލަ ތި ސީޕުލޭން ޖައްސާ ސަރަހައްދު ހިއްކާބަލަ އޭރުން އެއާޕޯޓް އާގުޅުނީ . ދެން ސީޕުލޭން ޖައްސާނީ ގުޅީފަޅައް ގެސްޓުން ގެންނާނީ ބުރިޖުން ބަހުގާ އެއާޕޯޓައް އެހާފަސޭހަކަމެއް އަދި ބިންބޮޑުވީ
ޣާޟަޜެ
26 May 2025
ބަލަ މަހިބަދޫ ދާއިރާގެ މެމްބަރ ތޯރިގުގެ ނުފޫޒު އެއީ އޭނާގެ 2 ސަފާރީ އޮވޭ އެހެންވެ ބަދަރު ކުޑަވެދާނެތީ . ތޯރިގުގެ ނުފޫޒުން