26 މެއި 2025 - 16:06
ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ބަދަލުތައް ގެންނަމުން އަންނަ ކަމަށާއި އޭގެ ފައިސާ އެޗްޑީސީން ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނައި ބަދަލުތައް އިފްތިތާހު ކޮށްދެއްވުމަށް ފަހު އެ މަނިކުފާނު ވިދާޅުވީ ކުންފުނިތަކުގެ ހިންގުމަށް ބަދަލުތައް ގެންނަ ކަމަށެވެ.
އޭގެ ތެރެއިން ކުންފުނި ހިންގާ މީހުން ނުވަތަ ޓީމަށް ބަދަލު ގެންނަވާ ކަމަށާއި އޭގެ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި، ގުޑް ގަވަނެންސް ކަށަވަރު ކުރުމާއި ދެފުށް ފެންނަކަން ޔަގީން ކުރުމާއި ކޮރަޕްޝަން ނައްތާލައި އާއްމުންނަށް ދޭ ހިދުމަތްތައް އަވަސްކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނި ހިންގާކަން ޔަގީން ކުރުމެވެ.
އެ ބަދަލުތަކުގެ ފައިދާ އެޗްޑީސީން މިހާރު ފެންނަން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ އިޝާރަތް ކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވި ދެއްވުމަށެވެ. ބިންވެރިޔާ ސްކީމުގެ ލިސްޓުގައި ނުހިމެނުނަސް ފަޒުލްގެ ކޮއްކޮ، ފަޒީލަށް ގޯތި ދިން މައްސަލައާއެކު ފާޑުކިޔުންތައް އަމާޒުވުމުން ފަޒުލް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅުން ހުރި ބަޔަކު އެޗްޑީސީން ވަކިކުރި އެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނަކީ އެންމެން ނޫނެކޭ ބުނާ ކަމަކަށް ހަދަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭގެ ތުރީޑީ މޮޑެލްއެއް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މުއައްސަސާތައް ހިނގަން ދެފުށް ފެންނަ ގޮތުގައި. އަޅުގަނޑު ދެންމެ ދެންނެވި ފަދައިން ކޮރަޕްޝަނާ ދުރުވުން. ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔާފައި ނޫނެކޭ ބުނާ ކަމަކަށް ވާން،" ރައީސް ވިދާޅުވި އެވެ.
"އެއީ ގައިމު ވެސް އަޅުގަނޑަށް އެނގިގެން މީހަކަށް ފުރުސަތު ދޭނެ ކަމެއް ނޫން. ހަމަ ހަގީގަތުގައި ވެސް ހުއްޓުމަކަށް ގެންނަން، އެއްވެސް ސުވާލެއް ނެތި ބޭނުންވާ ކަމެއް."
ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވެސް އާއްމުންނަށް ދޭ ހިދުމަތްތައް ރަނގަޅު ވާނީ ކޮރަޕްޝަންގެ ވަބާއިން ދުރުވި ވަރަކަށް ކަމަށާއި އެ ބޭފުޅުން ޓައި އަޅުއްވައިގެން މަސައްކަތަށް ނުކުމެ ތިއްބެވީ އާއްމުން ހަވާލުކުރި ޒިންމާތަކާއެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ އުސޫލުން އެޗްޑީސީ އާއި ސަރުކާރުގެ އިދާރާތަކުން ހިންގުމުގެ ނިޒާމު ރަނގަޅުކުރަން ކުރާ މަސައްކަތް ބަލައިގަންނަކަން ފާހަގަކުރެއްވި އެވެ.
"ރައްޔިތުންނަށް މި ކަންތައް ކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއް ވޭ މުސާރަ ލިބުނީމަ. އެކަމަކު އެ ހޯދާ މުސާރައަކީ އާމްދަނީއަކީ ވާން ޖެހޭ ހެޔޮ ގޮތުގައި ހޯދާ އެއްޗަކަށް. އޭގެން ބޭރުން ކަންތައްތައް ލިބިގަންނަ ފުރުސަތަކަށް އެ ވެގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން ދެފުށް ފެންނަ ގޮތެއްގައި އިހުލާސްތެރި ހިދުމަތެއް ކުރުމުގައި ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، މަސްއޫލިއްޔަތެއް."
އެޗްޑީސީން ބުނީ މާސްޓަ ޕްލޭނަށް ބަދަލުތައް ގެންނަނީ ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތައް މަގުފަހިކުރުމަށް ކަމަށެވެ. ރައީސް މުއިއްޒު ވަނީ އެ މާސްޓަ ޕްލޭން ހަގީގަތަކަށް ހަދަން އެންމެން އެއްގޮތަކަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބުން 300،000 އެއްހާ މީހުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
26 May 2025
އިއްޒަތްތެރި ރައީސްއަށްދަންނަވާލަންއޮތީ ތިޔަތަނުން ހުޅުމާލޭގައިދިރިއުޅޭ ބަޔަކާގުޅޭ ޚިދުމަތެއް އޮތްކަމަށް އިގޭ ވެރިއަކު ތިތާގައި މިހާރަކުވެސްނެތޭ. ނުވެސްކުރެޔޭ އަދި ނުވެސް ކުރާނޭ
މޯލްޑިވްސް 2.0 ވަރަށް ތަފާތެވެ.
26 May 2025
ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ބަދަލުތައް ގެންނަމުން އަންނަ ކަމަށާއި އޭގެ ފައިސާ އެޗްޑީސީން ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ތިޔަތަނުގެ ކުރީ އެމްޑީ ވަރަށް ހެޕީ ކޮށް އެބަ އުޅެ އެވެ.
1818
26 May 2025
ތި ފައިދާ ފެންނަނީ ޖައްވުގައި ހުރި “ސްޕޭސް ސްޓޭޝަނަށް”!
މެންކު
26 May 2025
އެހެންވެގެންތޯ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު ހައްޖަށް ގެެންދާ މީހުންގެ ތެރެއިން ކުރިން ކިއުގަ ޖެހި ފައިސާ ދައްކައިގެން ހައްޖަށްދާ މީހުންނާއި ސަރުކާރުން ދެއްވާ ޚާއްޞަ އިނާޔަތުގެ ދަށުން ފުރުސަތު ލިބިގެން ހައްޖަށްދާ މީހުންގެ އަދަދު ހާމަކޮށްދޭން އެ ކޯޕަރޭޝަނުން ދެކޮޅު ހަދަނީ، ހަމަ ދެފުށް ދައްކަން ބޭނުންވާލެއް ބޮޑުކަމުންތޯ، ނުވަތަ މަނިކުފާނު ބޭނުންވިޔަސް އެތަނުގައި ތިބޭ މީހުން ބޭނުންނުވަނީތޯ
އޮނަރަބްލް އަފީފު ދީދީ
26 May 2025
ވާހަކަ ބިނާވެފައި ވަނީ ތިތަން ހިންގެވުމަށް ކުރިން އައްޔަންކުރި އަދި މިހާރު މަޤާމުން ލުހެފައިވާ ކ.މާލޭ ހަނީސަކްލް އިބްރާހިމް ފަޒުލް ރަޝީދު ގެ ހިމާޔަތުގައި ނުވަތަ އޭނާ މަޤާމުން ދުރުކުރީ އެއްވެސް ހާލެއްގައި "މަޤާމްގެ ނާޖާއިޒު ބޭނުން ކޮށްގެން ވައްކަމާއި ޙިޔާނާތް ފަދަ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނޫންކަން" ހާމަކޮށް އެކަން ރައްޔިތުންނަށް އެންގުމަށްޓަކާ ނުރަސްމީކޮށް ކުރެއްވެވި "ރަސްމީ މަސައްކަތެއް" ކަމަށް ވުން އެކަށީގެންވޭ.
ސަސި
26 May 2025
ފައިދާވާނެ ރައީސް ވިދާޅުވާގޮތަށް ބަސްއަހައިގެން ތިބޭ ވެރިންނަށް
އަހުމަދުއަލޯ
26 May 2025
ސްޕްރީމް ކޯޓަކީވެސް ކުންފުންޏެއް ދޯ ރަސްގެފާނު.