މުންޑޫ ސްކޫލު.
26 މެއި 2025 - 16:19
ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައެއްގައި އެ ސްކޫލްގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އާދަމް އަލީގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު، ސިވިލް ސާވިސް ގަވައިދާ އެއްގޮތަށް ވަޒީފާ އިން ވަކިނުކޮށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި އޭނާގެ ނަން ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އޭސީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު މުސާރަ ނެގީ އަލީ އާދަމް ކަމެއް ނުވަތަ އެ މުސާރަ ޖަމާވީ ވަކި ނުކޮށް ހުރި މުވައްޒަފަށް ކަމެއް ސާފެއް ނޫނެވެ.
އޭސީސީން ބުނި ގޮތުގައި 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރާ ހަމައަށް، މުސާރަ ދީފައިވެ އެވެ.
އެ މައްސަލާގައި އަލީ އާދަމްގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ދައުލަތަށް 28،317.99 ގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދުމަށް މުންޑޫ ސްކޫލަށް ވެސް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލި
26 May 2025
2015 ވަނަ އަހަރު ހިނގި ކަމެއް! ދައުވާ ކުރަންވީ މިއަދު! ދިވެހި ދައުލަތައް ވަރަށް ވެދުމާއިސަލާން! ފުރަތަމަ ދައުވާ ކުރަންވީ އެންޓީ ކޮރަޕްސަން ކޮމިސަނަށް! ތަހުގީގަށް 10 އަހަރު! އަދި މަޑުކޮށްލާ! އަދި އިތުރަށް 20 އަހަރު ނަގާލާ ތަހުގީގު ކުރަން! އޯކޭ ވާނެ! އެންޓި ކޮރަޕްސަން މީހުންގެ 10 އަހަރުގެ މުސާރަ ހިފަހައްޓާ! މަސަކަތް ކަތަށް ތިޔަހާ ސުލޯބަޔަކަށް މުސާރަވެސް ދޭނެ ކަމެއް ނެތް!
އައްބެ
26 May 2025
ތީގައި ޒިންމާވާންޖެހޭނީ މުސާރަ ޝީޓްތައްޔާރުކުރި ފަރާތާއި އިދާރީ މުވައްޒަފުން.
ދައިލް
26 May 2025
ގޯސް ކަމެއް... ބަލަން ޖެހޭ މައްސަލަ އެއް... އެކަމަކު އެމްއެމްޕީއާރްސީގެ މައްސަލައި ގައި އެތަށް މިލިއަން ޑޮލަރް ނެގި މީހުން އެ ފައިސާ ދައްކާ ކަށް ނުޖެހޭ... އެސްއެފްއޯ އައްލާމް އެ ފައިސާ ދައްކަން ޖެހޭ ގޮތެއް ވެސް ނެތް... އެކަމަކު 28 ހާސް ރުފިޔާ އާ ހުރެ ސަރުކާރަށް ގެއްލުން ވަނީ... މިލިޔަން ޑޮލަރު ގެ ހިޔާނާތުން ސަރުކާރަށް އެއްވެސް އުނދަގުލެއް ނުވޭ
މަބުނީ
26 May 2025
ކަލޭނޭ ބޮޑެއް ކުޑައެއް ކިޔާނެކަމެއްނެތް. ކެވުނުގޮތަކަށް ކެވޭތޯބަލަނީ.