ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު: އޭނާ އަށް ރިޝްވަތުގެ ދައުވާ ކޮށްދިނުމަށް އޭސީސީން އެދުނުއިރު މިހާރު ހުންނެވީ މިފްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި.
13 އޮކްޓޯބަރ 2025 - 11:50
ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓަކަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ ރިޝްވަތަށް އެދުނު މައްސަލާގައި ދައުވާކުރަން މި މަހުގެ 8 ވަނަ ދުވަހު ފޮނުވާފައި ވަނީ ހ. ނިއުހެޕިނަސް، މުއާޒު އަލީގެ މައްޗަށް ކަމަށެވެ.
އޭނާ މިހާރު ހުންނެވީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން މުއާޒުގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ހުށަހަޅާފައި ވަނީ އެނގި ހުރެ މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކާ ނުވަތަ އެހެން މީހަކަށް އެ މަންފާ ގަބޫލުކުރަން އެއްބަސްވުމުގެ ކުށާ ގުޅިގެންނެވެ.
އޭސީސީން ބުނި ގޮތުގައި 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެއަށް އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށް ފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީއެކްސްޕޯޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް، އެ ތަނުން އެ ތަކެތި ވަނީ ދޫކޮށްފަ އެވެ.
އޭސީސީން ބުނި ގޮތުގައި އެ ސިނގިރޭޓް ކޭސްތައް ރީއެކްސްޕޯޓް ނުކޮށް، ކަސްޓަމްސް އިން އެ ކުންފުންޏާ ގުޅިގެން ބަލަމުންދިޔަ މައްސަލައެއް ކުންފުންޏަށް ފަހިވާ ގޮތަށް ނިންމަން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަށަކީ މުއާޒު
15 October 2025
މުއާޒަކީ ކްލަބް ހައުސްގައި އިންޑިއާ އައުޓޭ ކިޔާފަ މީހުން އެއްކޮށްގެން މޮޑެޓޭޓަރެއްގެ ގޮތުގައި މޮޅެތި ވާހަކަ ދައްކައިގެން މީހުން ހައްލާލައިގެން ގެންގުޅުނު މަކަރުވެރި މީހެއް. މުއިއްޒުގެ ސަރުކާރުން ރަނގަޅު ސްލޮޓެއް ލިބުނީމަ ގެއްލުނީ އެއަށްފަހު މަގާމު ލިބުމުން ދެން މީނާ އުޅެންފެށީ ވަރަށްވެސް ލޯ ޕްރޮފައިލްކޮށް. އެކަމު ކުރީގަ ކަސްޓަމްސް ގެ އޮފިސަރަކަށް ހުރިއިރުވެސް ލައްކަ ވވ ކޮށް އެކަމުން ޕީ.އެޗް.ޑީއެއް އޮވޭ ތޯޗެއް
ރީނާ ގެ މުއާ
14 October 2025
އޭނަ ހުރޭ އޯޝަން ފްރަންޓުން އެޕާޓްމަންޓްވެސް ގަނެފަ.
70007
13 October 2025
ޔާމީން ޕާޓީގައި ހުރެފައި ކުއްލިއަކަށް ދިޔަ މީހުންތެރެއިން އެކަކު. ބެލެވެނީ މިކަމުން ސަލާމަތްވާން ދިޔައީކަމަށް. ހަނދާން ބަހައްޓަންވީކަމަކީ ވަކި މީހެއް އިސްތިސްނާ މުވެއްނެތި އެމީހަކު ކުރިކަމަކަށް ކުރިމަތިލާންޖެހޭނެ ދުވަހެއް ހަމަޔަގީނުންވެސް އަންނާނެކަން.
ތީ ހަމަ ބޮޑު ކޮރަޕްޓެއް
13 October 2025
ތީ ހަމަ ބޮޑު ކޮރަޕްޓެއް، ޔާމީނުގެ އަތެއް ތީ އަސްލު. ޔާމީނު ދުވަހަކުވެސް މީނަގެ ވާހަކަ އެ ޖަލްސާ ކޮޓަރީގަ ނުދައްކައެއްނު
ގެއްލުނު ކޮންޓެއިނަރ
13 October 2025
މިއޮތީ ގެއްލުނު ކޮންޓެއިނަރ ތަކުގެ ވާހަކަ ހިންދާލާފަތޯ
ޢެޑްމުންޑޯ
13 October 2025
ރަގަޅެއްނު ، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރިނަމަ އަދި މާރަގަޅުވީސް ، ނޫން އޭރުން ކެވޭލެއް ތަންކޮޅެއްމަދުވާނެދޯ
މުލޭ
13 October 2025
ކަސްޓަމަކީ އަބަދު ވެސް ކޮރަޕްޝަނޔގެ ތެރެއިން ކަންކަން ނިންމޭ ތަނެއްގެ ގޮތުގައި ލޭބަލް ވއފައި އޮތް ތަނެއް. މަތިފަޑި އެއްކޮށް އޮތީ އެ ސަގާފަތް. ދަށުން އަންނަން ތިބި މީހުންގެ ތެރޭގައި ވެސް އެކަން އޮތީ ހަރުލާފައި. މޫނަކަށް ކަނދުރާއަކަށް ނުބަލައި އަވަސް ފިޔަވަޅުތަކެއް އެޅިގެން ނޫނީ މި ސަގާފަތް ނައްތާނުލެވޭނެ. ފިޔަވަޅު މިއެޅެނީ ނުރުހޭ މީހާއަށް ކަމަށް ގަބޫލުކުރެވޭގޮތަށް ފިޔަވަޅު ވެސް މިއެޅެނީ. ބިދޭސީންގެ ކަންކަން ބަލަހައްޓާ މީހުންވެސް ހަމަ މިގޮތް.
101ސ
13 October 2025
ތީ ކުރިއްސުރެ ... މުޅިން ކަޓް ނެގުމުގާ އުޅޭނީ. ފޮޓޯ ޖެހީމާ މި އިނގުނީ
ކޮމޮޑަސް
13 October 2025
މިހެންވެގެނޭ މި ވާހަކަ މިދައްކަނީ. ތިޔަ ކަސްޓަމްސް އަކީ މިނިވަން މުސްތަގިއްލު ތަނަކަށް ހަދާށޭ. އެންމެ ރަނގަޅުވާނީ މީރާ ދަށަށްލާ، މޯލްޑިވްސް ރެވެނިއު އެންޑް ކަސްޓަމްސް ހެދިއްޔާއޭ. މަތިފަޑި އެއްކޮށް ސާފުކޮށްލާށޭ. ކަލްޗަރ މައްސަލައެއް ހައްލުކުރަން ދުވަސް ނަގާނެ.
ޑރ ވާންޗޯ
13 October 2025
މިހާރުވެސް ހުންނެވީ މަތީމަގާމެއްގަ، ތިއޮތީ އަނެއްކާ ޕްރޮމޯސަނަކަށް ސަރުތުހަމަވެފަ.