ރައީސް އޮފީސް: ރާއްޖޭގެ މިނިވަން ކަމާއި ހަމަޖެހުން ގާއިމްކުރަން ހިންގާ މަޝްރޫއުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް މިއަދު ވަނީ ބޮޑުކޮށްފައި
28 މެއި 2025 - 11:18
މިއަހަރުގެ ހައްޖު ދުވަސް ދިމާވާނީ މިހާރުވެސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތަށް ޖޫން މަހުގެ ފަސް ވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވާތީ އީދު ބަންދަށް މިހާރު އޮތް ގޮތް ބަދަލު ނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
"މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސައޫދީ އަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަމެވެ. ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކެވެ." ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ހައްޖު ދުވަސް އަންނަ ހަފްތާގެ ފުރަތަމަ ބުރާސްފަތި ދުވަހާ ދިމާވާތީ އީދު ދުވަހާއި އޭގެ އަނެއް ދުވަސް ދިމާވަނީ ހަފްތާ ބަންދަށެވެ. އީދު ދުވަހާއި އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހުގެ ތެރެއިން ދެ ދުވަހަކީ ހަފްތާ ބަންދެވެ. އެހެންވެ އީދު ބަންދަށް ލިބޭނީ ދެ ދުވަހެވެ. އެއީ އާދީއްތަ އަދި ހޯމަ ދުވަސް ކަމަށްވާ، ޖޫން މަހުގެ 8 އަދި 9 އެވެ.
ބޮޑު އީދަށް ބަންދަށް މިފަހަރު ދެ ދުވަސް ލިބުނަސް މިދިޔަ ކުޑަ އީދުގައި ރޯދަ މަހުގެ ފަހު 10 އާ އެކު ބަންދަށް 15 ދުވަސް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
29 May 2025
ތިޔައީ ސްޓަންޓެއް ފަހުވަގުތު ޖުމްހޫރިއްޔާ ހެޔޮފުޅުވެގެން މުޅިހަފްތާ ބަންދުކުރާނެ
ދޭ ތި
29 May 2025
ނުދޭތި ހަނދާންކޮށް؟ ދޭ
ޙޮގަޑް
29 May 2025
ޢަމިއްލައަށް ބަންދުކޮށްލީ މި، ތޭންކްސް. ވިލް އެންޖޯއީ
ހުސްނުބާނޫ
29 May 2025
މުއިއްޒުބެޔަށް އަދިކިރިޔާ ވިސްނެންފެށީ. ވެރިކަމުގެ ކުރީކޮޅު އުޅުނީ މުޅިންވެސް ޗުއްޓީ ނުދެވިގެން. މިހާރު އެބަވިސްނޭހެންހީވަނީ މަސައްކަތް ނުކޮށް ސަރުކާރު ނުހިންގޭނެކަން. ބިޒުނަސް ސުޓައިލަށް މަސައްކަތް ކޮށްގެންނޫނީ ކުރިއެރުން ނުލިބޭނެ. މިހާރުވެސް ސަރުކާރުގެ އާމްދަނީގެ ބޮޑުބައެއް ތިދުއްވާލަނީ މުސާރަޔަށް ވިއްޔާ.
ފަންކުޝަން
29 May 2025
ގިނަ ދިވެހީންނަކީ މަސައްކަތެއް ނުކޮށް ވާން އޮތިއްޔާ އެ ގޮތެއް ލިބޭތޯ އުޅޭ ބަޔެއް. އެހެނަސް ކުޑަ ޢީދު ބޮޑުކޮށްފަ ބޮޑު ޢީދު ކުޑަކުރީމާ އެދެވެނީ އެކޮޅުކޮޅުން ނޫންބާ. އަންނަ އަހަރު މިކަމަށް ސަމާލުވުން ރަނގަޅު ކަންނޭނެ، އަމިއްލަ އަމިއްލަޔަށް ނިންމާނުލާ
ސަލަފުއްސާލިހު
29 May 2025
ރޯދަ މަހު މީހުން ކަންނެތްކުރަން ރޯދަމަހުގެ އެއްބައި ބަންދުކުރުމަށް ތުރެ އިސްލާމިދީނުގައި އަންނަ ދެ އީދުގެ ބަންދު ދުވަސްތައް އިތުރުކުރުން މާ އައުލާކަން ބޮޑު!!!. ރޯދަ މަހު މަސައްކަތްނުކޮށް ހަމަ އެކަނި އަޅުކަން ކުރަން ތިބަކީ އިސްލާމް ދީން ދަންނަ އުސޫލެއް ނޫން.
އަހުމަދު ކަމީލް ލައްޗު
28 May 2025
އިސްލާމީ ގައުމެއްގައި އެންމެ ބޮޑު އީދު ފެސްޓިވަލަށް 4 ދުވަސް ބަންދުވުމަކީ ވަރަށްވދެރަކަމެއް. ނަސޯރާއިންވެސް އީދަށް އާއަހަރާއެއްކޮށް 10 ދުވަސް ބަންދުކުރޭ. 4 ދުވަސް ލިބުނީމަ އީދު ބަންދަށް މިލިބެނީ ދެކޮޅު ދަތުރަށް ކެނޑީމަ 3 ދުވަސް. ވަރަށް ދެރަވަރުމީ. މިފަހަރު މިޖެހުނީ މާލޭގައި ވައިވެފަ ތިބެން. ކޮންމެ ބޮޑުއީދަކަަށް ރަސްމީކޮށް 8 ދުވަސް ބަންދު ކުރަން މަޖިލިހުން ފާސްކުރަން ގޮވާލަން.
ހިއްލުން
29 May 2025
ނޫނޭ ހަމަ ރަނގަޅު. ދެން އިތުރަށް ބަންދުކޮށްލަން ބޭނުމިއްޔާ ޗުއްޓީއެއް ނަންގަވާ. ތިބުނާހެން ވިއްޔާ ހުސް ބަންދު ދުވަހެއްނު މިގައުމުގައި އޮންނާނީ.
ބޒވަޗ
28 May 2025
ކާކައްދެރަވާނީ. އާއިލީ ޒިންމާގައިވީމަ ނެތް ދެވޭކަށް.
ލުބްލާ2025
28 May 2025
ހާދަ ކަންނެތް މީހުން އުޅެ ގައުމެކޭމީ.
ޏަނާ
28 May 2025
ޢާންމު ގޮތެއްގައި ބޮޑު ޢީދު ބަންދަށް ސަރުކާރުން ދެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާ! މިހާރު މި ދިމާވި ގޮތުން ހުކުރު ހޮނިހިރަކީ ބަންދު ދުވަހެއް ކަމުގައި ވިޔަސް އާދީއްތަ ހޯމަ ބަންދުކޮށްލުމަކީ ރައްޔިތުން އުންމީދުކުރާނެ ކަމެއް ކަމުގައި ދެކެން!
ހުވާ
28 May 2025
ކޮލޯ ދޭބަލަ ކަލަންޑަރެއް ބަލާލަން.. އާދިއްތަ ހޯމަ ބަންދޭ...