ހައްޔަރު ކުރި މީހަކު ފުލުހުންގެ ކާރަށް އަރުވަނީ---
28 މެއި 2025 - 14:32
ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ޓީޗަރު ހައްޔަރު ކޮށްފި އެވެ.
އިންޑިއާ ޓީޗަރަކަށް ތުހުމަތު ކުރާ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުވާ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. ނަމަވެސް އަދި ބަންދުގެ މުއްދަތު އިތުރު ނުކުރާ ކަމަށް ބުންޏެވެ.
ފުލުހުން ކުރިން ބުނީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައިގައި އެ ކުއްޖާއަށް ވޭމަންޑޫ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައިވާ ކަމަށެވެ.
ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ފެން ފުޅިއަކުން ޖެހުމުން ކަމަސެވެ.
"ޖެހުނީމާ ކުލިއަކަށް އެނބުރިފައި މި ހިފުނީ އެ ދަރިވަރުގެ އިނގިލީގައި އެ ޓީޗަރަށް. އެއީ ވީގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ހާދިސާއަށް ފަހު ދަރިވަރުގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން "ޒުވާބު ކޮށްފައި" ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްޔަރުބެ
29 May 2025
ކީއްވެ ޓީޗަރު ހައްޔަރު ކުރި ގޮތަށް އިސްވެ ހަމަލާ ދިން ކުއްޖާ ހައްޔަރު ނުކުރީ؟ ޢެއީ ލައިސަންސް ދީފަ އޮތް ކުއްޖެއްތަ؟ ޢިންސާފަކީ ކޮބާ؟
ދިވެހި ސްޓައިލް
29 May 2025
ދަރިވަރު ޓީޗަރުގައިގައި ޖެހުމްކީ ދަރިވަރުގެ ހައްގެއް. އޭގެ ބަދަލުގައި ޓީޗަރު ކުރަންޖެހޭނެ ކަމަކީ ދަރިވަރާއި އެދަރިވަރުގެ ބެލެނިވެރިންގެ ކިބައިން މާފަށްއެދުން.
ކުއްަޖާ
29 May 2025
ތިޖެހި ކުއްޖާޔަށް ވެސް އަދަބު ލިބެން ޖެހޭ. ޢެހެން ބޭނުން އިރަކު މީހުން ގައިގަ އެއްޗެހިން ޖެހޭތަ.
ކުޑަ ކަތީބެ
28 May 2025
މިޒަމާނު ދަރިން ތޮބޭނޭ މައިންބަފައިންގެ މަތީގަ ދަތިވަރުން ތިބޭނީ ޓީޗަރުންގެ މަތީގަ. ކުދިންގެ އަދަބެއް އަހުލާގެއް ނެތް. އައިޕެޑް ދީ ފޯނު ދީ ބުނާހާ ކަމެއް ކޮއްދީ ދަރިން ލުރާ ނުބައި ކަންތައްތައް ދިފާއުކޮއް ޖީލެއް ހަލާކުކޮއްފި ބެލެނިވެރިން.
ރަދީފްއޮފިޝަލް / ތަފްސީލު
28 May 2025
ފުލުހުންގެ ކާރުގެ ދޮރުފަތް / ފުރޮޅު / ކްރިމިނަލް ކޯޓުގެ ފުރާޅުގެ ފޮޓޯ ނޫން އެއްޗެއް މިކަހަލަ އާޓިކަލްތަކުން ނުފެންނާނެ.ވ.ވެދުން
ރަދީފްއޮފިޝަލް / ކްލާސްރޫމް
28 May 2025
ނަސީބެއް ދޯ އެހެން އިނގިއްޔެއް އަނބުރާނުލިކަން. ދަރިވަރުން ވެސް ޓީޗަރުން ވެސް އެއްވެސް ގޮތަކަށް ގަޔަށް އަތް ލައިގެން ނުވާނެ.
ޒެންޖީ
28 May 2025
ޓީޒަރުގެ ހައްގުގައި އަޑު އުފުލާނީ ކޮން ޖެނެރޭޝަން އެއް!؟
ފަރަންޖީ
28 May 2025
ސްކޫލް ތެރެއަށް ވަދެ ހަޑި ހުތުރުބަހުން ޒުވާބު ކުރި ބެލެނިވެރިން ހައްޔަރު ކުރާކަށް ނުޖެހޭބާ؟ ސްކޫލް ތަކަކީ އެހެން ބޭނުހާ ގޮތަކަށް ހުރުމަތް ކެނޑޭ ތަނކަށް ހެދިގެން ނުވާނެ.
ޓީޗަރު.
28 May 2025
ވަރަށް ތާއީދު
ބަލްމް
28 May 2025
ސްކޫލަކީ އިންޑިއާ މީހުން ދަރިންގެ އިނގިލި ބިންދާ ތަނެއްތަ؟
ބަކުރުބޭ
28 May 2025
ދެން ކޮންއިރަކުންތަ މައްސަލަ ފުލުހުންނަށް ހުށަހަޅަނީ