ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލެއްވުން: ތިލަމާލެ ބްރިޖަކީ މި ވަގުތު ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 މެއި 2025 - 21:11
ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ހާއްސަ 100 ޕަސެންޓު ދައުލަތުގެ ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ ކުންފުނީގެ ގާނޫނުގެ ދަށުން "އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ރައީސް މުއިއްޒު ކުންފުންޏެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
އެ ކުންފުނި އުފައްދަވާފައި ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދައުލަތުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ "އާބަން" ސަރަހައްދުތަކާއި މަދުން އާބާދުވެފައިވާ "ރޫރަލް" ސަރަހައްދުތަކުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމެވެ.
ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީ އާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުން ހުރި އެހެން ކަންކަމާއި އެ މަސައްކަތްތަކާ ގުޅޭ ހުރިހާ ކަމެއް އެ ކުންފުނި މެދުވެރިކޮށް ތަންފީޒުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ "އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަށް ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 10 މިލިއަން ހިއްސާގެ މައްޗަށް ބަހާލާފައިވާ 100 މިލިއަން ރުފިޔާ ކަމަށެވެ.
އެއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމިއުނިސްޓް ރިޕަބްލިކް
01 June 2025
ތެމޫ ގެނެސް ކުދި ވިޔަފާރިތައް ފުނޑަމަށްފަހު އެންމެފަހުން ސަރުކާރުން ގާއަޅާ މީހުންވެސް ދާނެ! މިފްކޯ ޑައިވާރސިފައި ވީނުންގޮސް މަސްކައްކާ ރިހާކުރު ހަދާ މީހުންވެސް ގޮއްސި! ވެލިގަލަށް ދާބަޔަކުވެސް ތީގެން ދާނެ! ތެމޫ އިން ވިޔަފާރި ކުރީމާ ރައްޔިތުން އަތުން ލިބޭ ޓެކްސް ފައިސާކޮޅުވެސް މަދުވީ. ދެން ކޮމިއުނިސްޓް ގައުމެއްހެން ސަރުކާރު ކުންފުނިތަކުން ޓެކްސް ދައްކާ ހުރިހާ ކަމެއް ކުރޭ! ރިޓަޔާރޑް ސިފައިންގެ ވިސްނުން ތިފެންނަނީ. ދޯނި ދުއްވާ ކުންފުންޏެއްވެސް ހަދާ.
ޢެޑްމުންޑޯ
31 May 2025
ކުންފުނިތަށް ގިނަވެ އުވާލަން އެތަށްފަހަރަކު ވާހަކަ ދެކެވަމުން ދަނިކޮށްވެސް އަނެއްކާވެސް ބޭކާރު ކުންފުންޏެއް ތިއުފެއްދެވީ ، ކޮންމެވެސް ބަޔަކަށް ވަޒީފާދޭން އަދި އެމްޑީ ވައްކަންކޮށް މުއްސަދިވާން ،
ބޭކާރު
01 June 2025
އެއްކަލަ ޑިވްލޮޕްމަންޓްބޭންކަށްވީގޮތް ނުވެއްޖިއްޔާކިތަންމެހާވެސް ރަނގަޅު
ވަލީދާ
31 May 2025
މޯލްޑިވްސް އިންފްރާސްޓްރަކްޗަރ އެންޑް އެޅިގާ ކޮމްޕެނީ ލިމިޓެޑް ވެސް އަދި އުފައްދަން ފެނޭ.
ޢެކްސިް
31 May 2025
ރޯޑްސް ކޯޕަރޭޝަނާ އެމްޓީސީސީ އޮއްވާ . ބޭކާޜު
ބެޝާރާ
31 May 2025
ތިކުންފުނިން ސިމެންތިގާއަޅަން ފަށާތި
އަބްޑޫޅް +
31 May 2025
ޙޫމް، ސަރުކާރުގެ، ހާއްސޮ، ކުނިފުންޏެއް ދޯވ؟
ބޮލުރޮދިި
31 May 2025
އެންމެފަހުން ތިހެން ހެދީ ސްޓެލްކޯ ހުއްޓަ ފާޑެއްގެ ފެނަކައެއް. އިސްރާފު ކުރުމާއި ބޭކާރު ވަޒީފާތައް އުފެއްދުމާއި ކޮރަޕްޝަންގެ ހާއްޔެއް. ދެން ހެދި ރޯޑް ކޯޕަރޭޝަަނަކީ އެތައް އިސްރާފެއްކުރި ބޮޑު ފެއިލިޔަރ އެއް. ތި ވެސް ދާނީ ހަމަ އެމަގުން. ބައިތުލް މާލުން ލީކު ކުރާނެ އިތުރު ބާގަނޑެއް ހޯދީ.
ދޮންކަރާ
31 May 2025
ތީ ދެން ރައްޔިތުންނަށް ޖެއްސުން ކުރުން ނޫނީ ކޮންކަމެއް. ގިނަރަށްރަށުން އާމްދަނީ ހޯދާ އެއްވަސީލަތަކީ ކޮންސްޓަރަކްޝަން މަސައްކަތް. ރަށްރަށުގައި ސަރުކާރުން ހިންގާ މަސައްކަތްތައް ނަގައިގެން އެމީހުން އާމްދަނީ ހޯދާ.. ދެން ސަރުކާރުން ތި ކުންފުނި ހަދައިގެން އެތަށް ޚަރަދެއް ތި ކުންފުންޏަށް ކޮށް އިގްތިދާސީ ގެންއްލުންދޭން ތީ ދެން ކޮން ސަކަރާތެއް؟
ސިޔާސީދިޔާސީ
31 May 2025
ސަރުކާރަކުން ކުންފުނިތައް ގިނަކުރަންޔަ ބަލާނެ ކަމެއް ނެތް އޭގެ ފަހަތުން ހިނގާނީ ވައްކަމާ ކޮރަޕްޝަން
ސަރުކާރުން ވިޔަފާރިކުރުން
31 May 2025
ސަރުކާރުން ވިޔަފާރިކުރުން މަދު ކޮށްފައި އަމިއްލަ މީހުނަށް ދޭނީ ކޮންިރަކުންތަ