31 މެއި 2025 - 13:59
މި ސަރުކާރުގެ ވައުދާ އެއްގޮތަށް މިހާރު އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ރަށްވެހިން ވެސް ހިމެނޭ ގޮތަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ގޯތި ނޫނީ ފްލެޓު ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.
"އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް، ފަސްޓް ހޯމްގެ ގޮތުގައި މާލެ ސަރަހައްދުން، ރަސްމާލެ ވެސް ހިމެނޭ ގޮތަށް ގޯތި ނޫނީ ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި، ހުޅުވާލާނަން އަޅުގަނޑުމެން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުޅުވާލައި، އެ ފަރާތްތައް ކުރިމަތިލައި، އެ ފަރާތްތަކަށް ރަސްމީގޮތުން އަޅުގަނޑުމެން ކަށަވަރު ކަމުގެ ލިޔުން ދޭނަން، މި އަހަރު ނިމުމުގެ ކުރިން. އެއީ ޓާގެޓަކީ."
މި އަހަރުގެ އަމާޒަކީ، ރައީސް ވިދާޅުވި ގޮތުގައި، މި އަހަރު ނިމޭއިރު، މާލޭގެ އެއްވެސް ރަށްވެއްސަކު އަމިއްލަ ވިޔަސް އަދި އާއިލީ ގޮތުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅުން ނިމުމަކަށް ގެނައުމެވެ.
އެ ވައުދާ އެކީގައި އަޅުގަނޑު ދެންނެވިން އާންމު އުސޫލުގެ މަތިން އެއްވެސް ފަރާތަކުން މަކަރު ހަދައިގެން، އޮޅުވާލައިގެން ނޫނިއްޔާ ޝަރުތު ހަމަނުވާ މީހަކު ޝަރުތު ހަމަވާ ކަމަށް އެއްވެސް ކަހަލަ ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވާ ނަމަ ކުރީގައި ވެސް ކެންސަލްވާ ގޮތަކަށް އެ މީހުން ކެންސަލް ވާނެއޭ. އެއީ މިއަދަކު ކުރާ ކަމެއް ނޫނޭ،"--- ރައީސް
އެފަދަ ފަރާތްތަކަށް ގޯތި ކަށަވަރުކޮށްދިނުމަށް ފަހު، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ރަސްމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ނިމެމުންދާ ވަރަކުން، އެ ތަންތަނުން އެ މީހުންނަށް ގޯތި ދޫކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ހާއްސަކޮށް ކޮންމެ ސަރުކާރަކުން ބަޔަކަށް ދީފައިވާ ގޯއްޗެއް އަދި ފްލެޓެއް ކަމަށް ވިޔަސް މި ސަރުކާރުން އެ އެއްޗެއް އަތުނުލާނެ ކަމަށް ވިދާޅުވެ އަބަދުވެސް ވެވަޑައިގަންނަވާ ވައުދު ރޭ ވެސް ހަނދާން އާ ކުރެއްވި އެވެ.
"އެ ވައުދާ އެކީގައި އަޅުގަނޑު ދެންނެވިން އާންމު އުސޫލުގެ މަތިން އެއްވެސް ފަރާތަކުން މަކަރު ހަދައިގެން، އޮޅުވާލައިގެން ނޫނިއްޔާ ޝަރުތު ހަމަނުވާ މީހަކު ޝަރުތު ހަމަވާ ކަމަށް އެއްވެސް ކަހަލަ ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވާ ނަމަ ކުރީގައި ވެސް ކެންސަލްވާ ގޮތަކަށް އެ މީހުން ކެންސަލް ވާނެއޭ. އެއީ މިއަދަކު ކުރާ ކަމެއް ނޫނޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރޮޔާ
01 June 2025
މީހާދަ ދެރަ މައްސަލައެކޭ. އިޚްލާޞްތެރިކަމެއް ނެތް ކަންކަމުގަ ރައްޔިތުން ގަނަތަޅުވަނީ ކީއް ކުރަންތޯ? ކޮންމެ ބޭފުޅަކުވެސް ކެވުނުވަރަކަށް ކައިގެން ގާތް މީހުންނަށް މަންފަޢާ ހޯދައިދީފަ ދިޔައިމަ ހުންނާނީ ރަނގަޅަށް. އަޅުގަނޑުމެން މިހާރުވެސް މި އުޅޭބގޮތަށް ކުލި ދައްކައިގެން ދިރިއުޅެ ނިންމާނަން އިންޝާ ﷲ.
މުހައިމިނު
01 June 2025
ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އުސޫލު ހަދައިގެން ގޯއްޗާއި ފުލެޓް ދިނީމާ ހަމަޔާއި އިންސާފުން ގޯއްޗާއި ފުލެޓް ލިބެންވާ ބަޔަކަށް ނުލިބޭ. މިއަދާއި ހަމައަށްވެސް ދައުލަތުގެ ހަރު މުދާ ރައްޔިތުންނަށް ދޭނެ ގޮތްތައް ކަނޑައަޅާފައިވާ ގާނޫނެއް ނުހެދިއޮތީ އެވަގުތަކު ވެރިކަމުގެ އިސްފަޑީގައި ތިބޭ ބަޔަކާއި އެމީހުންނާއި ގުޅިފައިވާ ބަޔަކަށް ކަންކަންކުރަން މަގުފަހިކުރަން.
ނަމެއްގަދިންގޯތި
01 June 2025
ކޮންމެ އިންތިހާބަކަށް ތިޔަވަރަށް ފޮނުއަރުވާ ރައްޔިތުންނަށް އަވާމެންދުރު ދައްކަން ހެޔޮވާނެތަ؟ އަދިވެސް މިއުޅެނީ ބިންވެރިޔާ ސްކީމްގެދަށުން ކުރީ ސަރުކާރުން ލިސްޓްކުރި ގޯތިތައް ހަވާލުނުކުރެވިގެން. ގޯތީގެ ހައްގުވެރިން ތަޅުވާތަން ބަލަން ހިނިއައިސްފަ އެތިބެނީ އެވެރިން
މޯޑު މޯޑު
01 June 2025
މާލޭ މީހުނަން ހުރިހާ މޮޅެއް އޮތީ
އެޑްމުންޑޯ
01 June 2025
ރައީސްގެ ވިސްނުން ވަރަށްވެސް ރަގަޅު ، އެހާމަ ފުރިހަމަ ، ނަމަވެސް ހިތާމައަކީ ބަސްފުޅާއި އަމަލުފުޅާއި ދިމާނުވުން ، 4000 ފްލެޓް ލިސްޓުން ކުރިން 79 ލިބިފައި އިންދާ މިހާރު އެއޮތީ 39 އަކަށް ބަދަލުކޮއްފައި ، އުޅެ އުޅެ ލިބިފައިވާ މާރކްސް ނުވަތަ ޕޮއިންޓް ދައްވިގޮތެއް ބުނެނުދެވުނު ، މާލޭގެ އުޅޭތާ 18 އަހަރު ފްލެޓެއް ބިމެއް ލިބިފައިނެތް ، ދަރިން ކާފަދަރިންވެސް އެބަތިބި ، އެހެންވީމާ ތިވިދާޅުވާ ފޮނިބަސްތަކަށް މާބޮޑު ޝައުގެއްނެތް ވާހަކަ ދަންނަވަން.
ބަޑިތަކުރު
01 June 2025
18 އަހަރުވެފައި މީހުންނާ އިނދެގެން ތިބި އަދި ދަރިން ލިބިފައިތިބި ގެދޮރު ނެތް އެންމެންނަށް މިހާރު ގެދޮރު ލިބި ނިމުނީ ބާވައެވެ. ނޫނީ އަނެއްކާވެސް މައިންބަފައިންގެ ގޭގައި އުޅޭ ކުދިންނަށް ކުއްޔަށްދީގެން އާމްދަނީ ލިބޭނެ ތަނެއް ދީގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ކުދިންކޮޅުގެ ވޯޓާއެކު ދެވަނަ ދައުރު އިތުރު ބުރަކަށް ނުގޮސް ކާމިޔާބުކުރުމަށް ކުރާކަމެއް ނޫންބާވައެވެ.
ބޮޑެތިކާށި
01 June 2025
މީގެކުރިން ބޯހިޔާވަހިކަން ދެމުން އައީ ކުޑަކުދިންނަށް ކަމެއް ނުދެނެހުރިން. އަދި ވެރިކަމަށް އައިސް ބޯހިޔާވަހިކަމަށް މޮހޮރެއްވެސް ޖެހުނީއެއްނޫން. ފެންނެތް ބޮޑެތި ކާށި ބިންނަމުން މިދަނީ.
ޗޫޤީ
01 June 2025
މިފަހަރު ގޯތި ދޭނީ ޓަނަލްގެ އެއްއަރިމަތިން ތޯއްޗެއް. އޭރުން ގޯތީގައި ތިބެގެން ޓަނަލްތެރެއިން ރޭލު ދަތުރުކުރާ މަންޒަރު ސާފުކޮށް ބަލާލެވޭނެ.
ތެފައާސާ.
01 June 2025
ލިއުމެެއް ދިނުމަކީ އޭގެ ޒާތުގައި އެހާ އުނދަގޫކަމެއް ނޫން. މިސާލަކަށް މާލެއާ ރަސްމާލެއާ ދެމެދު ކަނޑު އަޑިން ރޭލުގައި ދަތުރުކުރެވޭ ބޭރު ފެންނަ ޓަނަލެއް އަޅާނޭކަމަށްވެސް ބަޔަކަށް ލިއުމެއް ދެވިދާނެ. އަސްލު ކަމެއް ވީ ކަމަކަށްވާނީ ލިއުންތަކުގައި ޖަހާ ކަންކަން ލޮލަށް ފެންނަ އަތުން ހިފޭ ހިސާބަށް ތިލަކުރެވުމުން ދެއްތޯ؟؟
ކަނބިލި
01 June 2025
ދެން ބުނާނެ ވައުދު ފުއްދައިފީމެއް ނޫންހޭ. ވައުދުވީމެއް ނޫންހޭ އެންމެންނަށް ގެދޮރު ދޭނަމޭ. އެއޮތިއްޔޭ ލިޔުން ދީފައި. ސަޅި ދޯ
ރާބަނދި
01 June 2025
18 އަހަރު ވަނީ މާލޭގައި އުޅޭމީހުން އެކަނިތަ؟ އަޖައިބެ. ރަށްރަށުގައިވެސް އަމިއްލަ ރަށުގައި ކުއްޔަށް އުޅޭމީހުންނެއް މަދެއްނޫން މި ހިންނަވަރާއި ، ނައިފަރަށްވެސް ބަލާލަބަލަ،