ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ނިމިފައިވާ ބައެއް ޓަވަރުތައް.---ފޮޓޯ: ރައީސް އޮފީސް
19 ޑިސެމްބަރ 2025 - 19:51
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓާއި ކުލި މިއަދުން ފެށިގެން ކުޑަކޮށްފައި ވާތީ، މިހާތަނަށް ޑިޕޮސިޓް ދެއްކި މީހުންގެ ފައިސާ ކުލިން އުނިކޮށްދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓުތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކި ބޭއްވެވި ބައްދަލުވުންތަކުގައި ވެސް އެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އެންމެ ފަހުން ހުޅުމާލެ 2 ގައި އުޅޭ މީހުންނާ އެކު ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި ވެސް އެ ޝަކުވާ ކުރުމާ އެކު، ސަރުކާރުން ވަނީ މިއަދުން ފެށިގެން ފަހި ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ، ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ. ހަމަ އެ ގޮތަށް ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މިއަދު ގެނައި ބަދަލާ އެކު، ފަހި ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ މަހު ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ކުޑަކޮށްފަ އެވެ. މެއިންޓަނެންސް ފީީގެ ގޮތުގައި ނަގާނީ ކުރިއެކޭ އެއްގޮތަށް 1،000ރ. ކަމަށް ވާތީ ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މިއަދުން ފެށިގެން 7،000ރ. ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ކުރިން ނަމަ މަހު ކުއްޔަކީ ޑިޕޮސިޓާ އެކު 8،000ރ. އެވެ.
ތިން ކޮޓަރީގެ މަހު ކުލި ވެސް ވަނީ މިއަދުން ފެށިގެން 9،000ރ. އިން 8،500ރ. އަށް ކުޑަކޮށްފަ އެވެ. މެއިންޓަނެންސް ފީީގެ ގޮތުގައި ނަގާނީ ކުރިއެކޭ އެއްގޮތަށް 1،000ރ. ކަމަށް ވާތީ ތިން ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މިއަދުން ފެށިގެން 10،000ރ. ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ކުރިން ނަމަ މަހު ކުއްޔަކީ ޑިޕޮސިޓާ އެކު 10،500ރ. އެވެ
ހުޅުމާލޭ 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ގެނައި ބަދަލާ އެކު އާ އެއްބަސްވުންތައް ހަދާނެ އެވެ.
މި ސަރުކާރުގެ ކުރީކޮޅު ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ވެސް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާތީ އެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
20 December 2025
ކުންފުނިތައް ދަރަނިވެރިވެ، ބަގުރޫޓްވާއިރުވެސް ކުލި ކުޑަކުރަނީ ވޯޓަށް ، ފުލެޓް ދޭންވީ ހިލޭ ، ގޯތި ދޭންވީ ހިލޭ އެކަމަކު ސަރުކާރުން ބިން ހިއްކަނީ ބިލިޔަނުން ފައިސާ ޚަރަދުކޮށްގެން ދަރަނިވެރިވެގެން ،، މީ ޤަުދުރަތީ ބިމެއްނޫން ހިލޭ ބަހާކަން ، ވިސްނަށްވެއްޖެ ،
ރިމާހު
20 December 2025
ހަގީގަތުގައިވެސް މިއަދު ވަރަށް އުފާވެއްޖެ. އަނގަޔާއި އަތާއި ދިމާނުވެ ހުއްޓާ ރައީސް ތިގެންނެވީ ވަރަށް ހެޔޮ ބަދަލެއް
ވާހިދު މޫސާ
20 December 2025
ކިހާ އުފާވެރި ޙަބަރެއް މީ. ރައީސް މުއިއްޒު ވަރެއްނެތް. ޖެހިލުމަކާ ނުލާ ދެންވެސް ވޯޓު އަޅާނީ ރައީސް މުއިއްޒުއަށް
ނުއުމާންް
20 December 2025
ހަގީގަތުގައިވެސް ރައީސް ރައްޔިތުންނާ ދޭތެރޭ ތި ބަހައްޓަވާ އޯގާތެރިކަން ބަލައިގަންނަން
ޝާހިލްް
20 December 2025
މިސަރުކާރަކީ ރައްޔިތުންނަށް އޯގާތެރި ރައްޔިތުން ހިތްއެދޭ ގޮތަށް ހިންގަމުންދާ ސަރުކާރެއް
ނާހިލްް
20 December 2025
އިންސާފާ ހަމަހަކަން ފެނިގެންމިދަނީ. ވަކި ބަޔަކަށް ވަކި ގޮތެއް ނުހަދާ އެންމެނަށްވެސް އަދުލުވެރިވާތަން ފެނިގެންމިދަނީ
އޮނަރަބްލް އަފީފު ދީދީ
20 December 2025
މިއީ ޤާނޫނުއަސާސީގެ 41 ވަނަ މާއްދޭގެ ށ އަދި ނ އާއި ޙިލާފަށް "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ކ.މާލޭމީހުންގެ ކަށިމައްޗަށް ޕޮއިންޓްދޭ، ބޭއިންސާފު އުސޫލުތަކެއް ތައާރަފް ކޮށް" އޭގެ ދަށުން ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ (ދަފުތަރު ރެޖިސްޓްރީގައި ތިބި ޤާނޫނީގޮތުން މާލޭމީހުން) މާލޭމީހުންނާއި އަދި މާލޭސަރުކާރު ސިޔާސަތުގެސަބަބުން އަމިއްލަ ވަޒަންދޫކޮށް އެމީހުންގެ މުޅިދިރިއުޅުން މާލޭގައި ޤާއިމްކޮށްފައިވާ މީހުންބާކީކޮށް ވަރަށް ބޭއިންސާފުން ކުރާކަމެއް.
އޮނަރަބްލް އަފީފު ދީދީ
20 December 2025
ކ.މާލޭގެ ގިނަމީހުން ފުލެޓްހޯދަނީ ކަޑައެޅިގެން އެމީހުންގެ މައުލޫމާތު އޮޅުވާލައި މަކަރާއި ޙީލަތްހަދައި "ދޮގު މައުލޫމާތު ދީގެންކަން" މާލޭސަރުކާރަށް އިގޭއިރުވެސް އެކަން ހުއްޓުވުމަށްޓަކާ ހަދާންޖެހޭ ޤާނޫނު ހެދުމުގެ އިތުރަށް "ސޯޝަލް ހައުސިންގ ފުލެޓް ލިބޭ މީހާގެ މައުލޫމާތު އާންމު ކުރަންވެސް" މާލޭސަރުކާރުން ދަނީ ދެކޮޅު ހަދަމުން؟! އެހެންވީމާ "މަކަރާއި ޙީލަތް ހަދައިގެން ފުލެޓް ހޯދާމީހުން އެކަންކުރަނީ މާލޭސަރުކާރުގެ އެހީތެރިކަން ލިބިގެން" ކަމަށް ބުނެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
20 December 2025
ކ.މާލޭމީހުނާއި ކައިވެނިކޮށްގެން ތިބި ބިދޭސިން ހިމެނޭގޮތަށް އެޗްޑީސީގެ މިލްކުވެރި ބިންތައް އެމީހުނަށް ހިލޭ ބަހާފައި އަދި "މާލޭމީހާ ނޫންމީހަކަށް ޝަރުތުހަމަނުވާ" ޝަރުތުތަކެއް ހަދައިގެން "އެމީހުން އާމްދަނީހޯދާނެ ވަސީލަތެއްގެގޮތުގައި މާލޭސަރުކާރުން އެމީހުނަށް ވެދުންކުރި" ފުލެޓް ތަކަށްވެސް އެއްބަސްވުމާއި އެއްގޮތަށް މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާ ނުދައްކާ އިރުވެސް" މާލޭމީހުނަށް ވާތީ، އެފައިސާހޯދަން HDC އިން ވެސް މަސައްކަތް ނުކުރޭ.
އޮނަރަބްލް އަފީފު ދީދީ
20 December 2025
މިއީ ކ.މާލޭމީހުނަށް ބިން ބަހަންވެގެން ކުރާކަމެއްކަމުގެ ހެކީގެ މިސާލަކީ، ފަޔާޒުގެ މަންމައާއި ބައްޕަގެނަމުގައި މާލޭގައި 2 ގޯތި އޮތްއިރު އެމީހުން ވަންނާނެތަނެއް ނެތްކަމަށްބުނެ "ދޮގުމައުލޫމާތު ދީގެން" ހިޔާ ޓަވަރުން 2 ފުލެޓް ދެމީހުންވެސް ވަނީ ހޯދާފައި. ދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ފަޔާޒު ވަނީ ހުޅުމާލެއިން ޕެންޓަރ ހައުސްއެއް ގަނެފައި. އެކަމަކު މި "ފަޔާ ވަންނާނެތަނެއް ނެތިގެން" އިބްރާހިމް ސަރުކާރުން ބަހާލި ބިންތަކުން ފަޔާ އަށް ހިލޭ ބިން ލިބުނު؟!