މިނިވަން ދުވަހާ ގުޅިގެން ބޭއްވި ސިފައިންގެ ޕެރެޑްގައި ސިފައިންގެ ލަޝްކަރު މަޖީދީ މަގުގައި މަޑުކޮއްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
01 ޖޫން 2025 - 23:56
ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގެ ފާހާނާއެއްގެ ތެރޭގައި ސިފައިންގެ މީހަކު ދަންޖެހިގެން މިރޭ މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ ލ. މާމެންދު އަށް އުފަން އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސާޖެންޓެއްގެ ރޭންކުގައި ހުރި މީހެކެވެ.
ފާހާނާ ތެރޭގައި އެ ސިފައިންގެ މީހާ ދަންޖެހިފައި ހުއްޓާ ފެނިގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ.
ފުލުހުން މީޑިއާއަށް ބުނީ، ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާތީ އެ ކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
އެމްއެންޑީއެފުން ވަކި ޖަވާބެއް ނުދީ ބުނީ، އެއީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރާނީ ފުލުހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީން23
02 June 2025
إ نأ للله و إ نأ إليه راجعون މަރުޙޫމުގެ ފާފަ ފުއްސަވައި ދެއްވާ ޖަންނަތުލް ފިރުދައުސް ގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާ ޢާއިލާއާ އަށް ކެެއްތެރިކަމާއި ސާބިތުކަން ދެއްވާށި. އާމީން
ނަފުސ
02 June 2025
ކެންސަރަށްވުރެ ނުރައްކާތެރިޔެއްނު މިކަން
ބަބްސް
02 June 2025
ޕީރިޔޯޑިކް ސައިކޭޓްރީ ކޮންސަލްޓަންސީ އަކީ މުހިންމު ކަމެއް. ކުރިޔާލާ ދެންގަތުން މުހިންމު. އަބަދު އެހެން ކަމެއްނެތިފަ ތަނެއްގަ ބަންދުވެފަ ހުރީމަ ބޯގޮވާފާނެ. މިޤައުމުގަ ސިފައިން އެހެން ބޭތިއްބުމުގަ ބަދަލުގައި އިޖްތިމާއީ ކަންކަމުގައި ބައިވެރިކުރުން މުހިންމު. އެއީ އެއްވެސް މައްސަލައެއްނޫން. ރޯދައަށް މަސްދަޅު ބެހިދުވަސްވަރު އެމީހުންނާއި ބައްދަލުވި - ވަރަށް އުފާވި.
ކޮރަލް
02 June 2025
ވީހާ އަވަހަށް ތަފްސީލް ރައްޔިތުންނާ ހަމަ އަށް ހާމަ ކުރަން ޖެހޭ މައްސަލަ އެކެވެ.
ކެރެދި ބެއްޔާ
02 June 2025
މީގެ އަހަރު ތަކެއް ކުރިން " ސިފައިން އިސްލާމް ދީނަށް ހޭލުން ތެރިކުރުން" މިނަމުގައި ސިފައިންގެ މައިމަރުކަޒުގައި ކޮންމެ މަހަކު އެއްފަހަރު ފުންނާބު އުސް ޝޭހުން މެދުވެރިކޮށް ވަރަށް ފުރިހަމަ ދީނީ ޖަލްސާ އެއް ކުރިޔަށް ގެންދެވުނު. ސިފައިންގެ ތެރޭގައި ހިގާ މިފަދަ ނޭދެވޭ ކަންކަން ދީނީ ގޮތުން އޮންނަގޮތް ސިފައިންނަށް އަންގާ ދިނުމަށް މިޕްރޮގްރާމް އަވަހަށް ފެށުމަށް ދަންނަވަން.
ރިމާން
02 June 2025
މިފެނިގެން ދަނީ މިޤަައުމުގެ ޙާލަތު. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
ހެޔޮބަސް
02 June 2025
ތިކަހަލަ އަދި އެހެން މީހަކު ނޫނީ ބަޔަކު ތިބެދާނެ ކަމަށްޓަކާ މައްސަލަތައް ދެނެގަނެ ކައުންސެލް ކުރަންޖެހޭ. ވަޒީފާގެ މާހައުލުގަ ދިމާވާ ހިތްހަމަނުޖެހުމާއި އާއިލީ ނުވަތަ މާލީ މައްސަލަތަކުން މީހާގެ ސިކުނޑި ހަލާކުވެ ނަފްސުގެ ކޮންޓްރޯލް ގެއްލުނީމަ ތިފަދަ ކަންކަން ކުރުމަށް ފަސްނުޖެހޭނެ މީހުން ތިބޭނެ.. މައްޔިތާގެ ފާފަތައް ފުއްސަވާ ހެޔޮ ރަހްމަތް ލައްވާށި..
ޢާއިޝާއައޝާ
02 June 2025
ތި ވާހަކަ ދައްކަން ހެޔޮވާ ވަރު ބައެއް ނޫން. އަހަރެންގެ ކޮއްކޮ ވެސް ސޯޅަ އަހަރު ތިތާނގެ ޖޮބްގަ އުޅުން. ކޮންވެންޝަން ސެންޓަރ ހެދުމުގެ މަސައްކަތައް އައްޑޫއަށް ފިޮނުވާލާފަ އަނބުރާގެނައީ އެއްކޮން ބުއްދިފިލާގޮސް ދުނިޔޭން މޮޔަވެފައިވާ މީހެއްގެ ގޮތުގަ. ސިފައިންގެ ދެބޭކަލުން ދެއަތުގަ ހިފައިގެން ގެނެސް ގެޔަށްލީ. ވީގޮތެއް އަދި އަދަށް ދާންދެން ވެސް ނޭގެ. އެތަނުން އޭނގެ ހަބަރު ވެސް ބަލާނުލާ. އެއްވެސް އެލަވަންސެއް އެއްޗެއްވެސް ނުދީ މިހާރު އެހެރީ ކަނޑާލާފަ.
ސާޖެންޓް
02 June 2025
ސޯލްޖާސް ނެވަރ ޑައި. ދޭ ޖަސްޓް ފޭޑް އަވޭ.
ޕިސް
02 June 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ހިތާމަވެރި ޙަބަރެކެވެ،