މާރުކޭޓުން މީހަކު މުދާ އުފުލަނީ. އޭޕްރީލް މަހުގެ އިންފްލެޝަން 6.2 ޕަސެންޓަށް އަރައިފި -- ފޮޓޯ: މިހާރު
02 ޖޫން 2025 - 09:53
މިދިޔަ އޭޕްރީލް މަހު ރާއްޖޭގައި އިންޕްލޭޝަން ހުރި ވަރު 6.2 ޕަސެންޓަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މި އަހަރުގެ މިހާތަނަށް އިންފްލޭޝަން އެންމެ މަތިވި މަހެވެ. މިދިޔަ މާޗް މަހު އިންފްލޭޝަން ހުރީ 5.9 ޕަސެންޓުގަ އެވެ. އަދި އަހަރު ފެށުނު އިރު އިންފްލެޝަން ހުރީ 5.5 ޕަސެންޓުގަ އެވެ.
އިންފްލޭޝަން އެހާ ބޮޑަށް އުފުލުނީ ފެނާއި ކަރަންޓާއި ތެލުގެ އަގުގެ އިތުރުން މަހުގެ ބާވަތްތަކުގެ އަގު ވެސް އުފުލުމުގެ ސަބަބުންނެވެ. އޭޕްރީލް މަހު، ހައުސިން އާއި ފެނާއި ކަރަންޓާއި ތެލުގެ އިންފްލޭޝަން ހުރީ 10.1 ޕަސެންޓުގަ އެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 7.5 ޕަސެންޓު އިތުރު އަދަދެކެވެ. މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހަށް ވުރެ 1.9 ޕަސެންޓު އިތުރުވެފަ އެވެ.
ނަމަވެސް އޭޕްރީލް މަހު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 5.8 ޕަސެންޓުގަ އެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 1.9 ޕަސެންޓު އިތުރު އަދަދެކެވެ. ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން ހުރީ 33 ޕަސެންޓުގަ އެވެ.
މިދިޔަ އަހަރު އިންފްލޭޝަން ހުރީ 1.3 ޕަސެންޓުގަ އެވެ. ވަކިވަކި މަސްތަކުގެ ތެރެއިން އެންމެ ބޮޑަށް އިންފްލޭޝަން އިތުރުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަހުގެ އިންފްލޭޝަން ހުރީ 5.6 ޕަސެންޓުގަ އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު އިންފްލޭޝަން ހުރީ 5.8 ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 June 2025
ޑޮލަރު ރޭޓް 19 އިން މަތީގަ ހުރި އިރު، ޕްރައިވެޓް ސެކްޓާގަ ހުރިހާ ކަމެއް އޮތީ ބޭރުމީހުންނަށެވެ!
ސޮނީ
02 June 2025
ގައުމުގައި ކޮރަޕްޝަން އެހާ އާންމުވެފައި ވާއިރު މަހަކު އެއްފަހަރު ގައުމުގެ ޕޮރޮކިއުމަންޓު އޮޑިޓް ރީޕޯީޓެއް ނޫނީ ހާލަތު ދެެނެގަނެވޭ ވިޖިލަންސް ރިޕޯޓެއް އެންމެންނަށް އެގޭކަހަަލަ ގޮތަކަށް އެބަ ނެރެންޖެހޭ ކަންނޭގޭ. ރައްޔަތުންގެ ޓެކްސްފައިސާ އަށް ވާނުވާ އެގުން އެއީ އެމީހުންގެ ހައްގެއް، ސަރުކާރުގެ ޒިންމާއެއް އެކަން އެގޭނެ ފަސޭހަ އިންތިޒާމެއް ގާއިމުކުރުމަކީ.